ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތި އުތުރުބުރި އިހަވަންދޫއަށް ވަޑައިގަންނަވައިފި

“އެއްބުރުން ބޮޑުތިލަދުންމަތި” އެމްޑީޕީގެ ކެމްޕެއިން ދަތުރުފުޅުގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫއަށް މިއަދު ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު އިހަވަންދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސް ނަޝީދަށާއި އެމްޑީޕީގެ އިސްފަރާތްތަކަށް މަރުޙަބާ ދެންނެވުމަށް އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ވަޑައިގަތެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އިހަވަންދޫގެ ޒުވާނުންނާއި ބައްދަލުކުރައްވާފައެވެ. ޒުވާނުންނާއި މުހާތަބުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހުނަރު ޕްރޮގްރާމް އުނގަންނައިދިނުމަށް މަރުކަޒެއް ގާއިމް ކޮއްދެއްވާނެ ކަމުގައެވެ. އަދި އޭގެ އިތުރުން އިހަވަންދިއްޕޮޅުގައި އެއާޕޯޓެއް ގާއިމް ކޮއްދޭވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިހަވަންދޫއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ރައީސް ނަޝީދުގެ ކެމްޕެއިން ދަތުރުފުޅާއި ގުޅިވަޑައިގެންފައެވެ. އަދި އެއައްފަހު އިހަވަންދޫގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި ރައީސް ނަޝީދު އަރިހު ބައިވެރިވެވަޑައިގެންނެވިއެވެ. މި ކުޑަކުދިންގެހަވީރުގައި ބޮޑުބެރު ޖެހުމާއި ފުޅި މާލި ފަދަ ކުޅިވަރުތައެ ކުރިއަށް ދިޔައެވެ.

އިހަވަންދޫގައި ވަނީ އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ވޯރކްޝޮޕެއް ހިންގަވައި އެރަށުގެ އެމްޑީޕީގެ ކެމްޕެއިން ޓީމާއެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ.

What do you think?

Name (required) :

Email (required) :

Website :