ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ތިލަދުންމައްޗަށް ވަޑައިގެންނެވީ އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށް ހދ. ކުޅުދުއްފުށިގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށެވެ. ރައީސް ނަޝީދު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ހއ. ކެލާ އަށާއި ހއ. ފިއްލަދޫ އަދި ހއ.ބާރަށަށް ވަނީ ވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދު ވަޑައިގެންނެވި ރަށްރަށުގެ ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވާ ގޭގެއަށް ޒިޔާރަތް ކުރައްވާ އެރައްޔިތުންގެ ހާލުއަހުވާލު އޮޅުފިލުއްވެވިއެވެ. އަދި އެމްޑީޕީގެ ކެންޕެއިން މަސައްކަތުގައި އުޅުއްވާ ފަރާތްތަކާއި ބައްދަލުކުރައްްވައި ކަމާގުޅޭ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.