ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށް އިނިގިރޭސިވިލާތުގެ ބޮޑުވަޒީރު ގޮވާލައްވައިފި

ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން މިއަދު ގޮވާލައްވައިފިއެވެ. ރައީސް މުޙައްމަދުގެ އަނބިކަނބަލުން ލައިލާ ޢަލީ އާއި ޤާނޫނީ ވަކީލު އަމާލް ކްލޫނީއާ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިހުގައި ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ބޮޑުވަޒީރު ގޮވާލެއްވިއެވެ.

ޑޭވިޑް ކެމެރެންއާއެކު ބައްދަލުކުރައްވައި ލައިލާ ޢަލީ އަދި އަމާލް ކްލުނީ ވަނީ ރައީސް ނަޝީދުގެ މައްޗަށް ބޭއިންސާފުން ކުރެވުނު ޝަރީޢަތާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

ބޮޑުވަޒީރުގެ އިތުރުން އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ ސްޓޭޓް މިނިސްޓަރ ހޫގޯ ސްވަޔަރ އާވެސް ލައިލާ ޢަލީ އަދި އަމާލް ކްލޫނީ ބައްދަލުކުރެއްވިއެވެ. މިއަދު މެންދުރުފަހު ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގައި ބައްދަލުކުރައްވައި ރައީސް ނަޝީދާއި ސިޔާސީ ހައްޔާރީން މިނިވަން ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރ އަރިހުގައި އެދިވަޑައިގަތެވެ.

ބޮޑުވަޒީރާއި މިނިސްޓަރގެ އިތުރުން ޤާނޫނު ހަދާ މަޖިލިހުގެ ގިނަ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންނާ ލައިލާ ޢަލީ އާއި އަމާލް ކްލޫނީ މިއަދު ލަންޑަންގައި ބައްދަލުކުރެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :