ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އެމްޑީޕީގެ “ވަޢުދާ ހިނގުން” މެދު ހެންވޭރު ދާއިރާގައި މިއަދު ހެނދުނު ފައްޓަވައިދެއްވައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އެމްޑީޕީގެ “ވަޢުދާ ހިނގުން” މެދު ހެންވޭރު ދާއިރާގައި މިއަދު
ހެނދުނު ފައްޓަވައިދެއްވައިފިއެވެ.

މެދު ހެންވޭރު ދާއިރާގެ “ވަޢުދާ ހިނގުން” ރައީސް ނަޝީދު މިއަދު ފައްޓަވައިދެއްވީ ސޯސަންމަގުގައި ހުންނަ ހެންވޭރު މާދިލްގައި އޮތް ރަސްމިއްޔާތަކަށްފަހުގައެވެ. މިރަސްމިއްޔާތުގައި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ ކެމްޕެއިން އޭޖެންޓުންނާއި އަދި ބްލޮކް އޭޖެންޓުންނާ އެމަނިކުފާނު ބައްދަލުކުރައްވާ އެ ދާއިރާގައި ކެމްޕެއިންގެ ޚަރަކާތްތައް ރޭވިފައިވާ ގޮތާއި އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުތައް އެމަނިކުފާނަށް ދެއްވިއެވެ. އަދި މިހަރަކާތުގައި “ދޮރުން ދޮރަށް” ހިނގުމުގެ ކެމްޕެއިން ރޭވިފައިވާ ގޮތް އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

މެދު ހެންވޭރުގައި މިއަދު ރައީސް ނަޝީދު ފައްޓަވައިދެއްވި “ވަޢުދާ ހިނގުމުގެ” ކެމްޕެއިންގެ ދަށުން މިއަދު އެމަނިކުފާނު އެދާއިރާގެ ގޭގެއަށް ޒިޔާރަތްކުރައްވާނެއެވެ.

އެމްޑީޕީއިން ކުރިއަށް ގެންދާ “ވަޢުދާ ހިނގުމުގެ” ކެމްޕެއިންއަކީ ރައްޔިތުންގެ ހާލު އަހުވާލާއި ރައްޔިތުންގެ ބޭނުންތައް ރައްޔިތުންގެ ފަރާތުން އަޑުއެހުމަށް އެމްޑީޕީއިން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތެކެވެ. މި ހަރަކާތުގައި އެއްކުރެވޭ މައުލޫމާތުތަކަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީއިން އެކުލަވާލާ މެނިފެސްޓޯގައި ހިމެނުމަށް އެއްކުރެވޭ މައުލޫމާތުތަކެކެވެ.

މެދުހެންވޭރު ދާއިރާގެ ކަންމަތީ ބައްދަލުވުން އޮންނާނީ މިރޭ ނުވައެއް ޖަހާއިރު ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ހަތަރުއަނގޮޅި ކަންމަތީގައެވެ. މި ބައްދަލުވުމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :