ރައީސް މުޙައްމަދު ނަޝީދުގެ ސިއްޙީ ޙާލުކޮޅާމެދު ކަންބޮޑުވޭ
2015 މާޗް 13 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް މާފުށީ ޖަލުގައި ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް 2015 ޖޫން 23 ވަނަ ދުވަހު ދެ މަސްދުވަހަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގޭބަންދަށް ބަދަލު ކުރީ އެމް.އާރު.އައި. ސްކޭން ހެދުމަށްފަހު ނިއުރޯ ސަރޖަންގެ ލަފާގެ މަތިން ދެ މަސް ދުވަހަށް ފިޒިއޯތެރެޕީ ހެދުމަށާއި ހަމަހިމޭން... އިތުރަށް ވިދާޅުވޭ
ރައީސް މުޙަައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހާޒިރުވުމަށް އަންގަވައިފި
ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަތީފް މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހާޒިރުވުމަށް ޗިޓު ފޮނުއްވައިފިއެވެ. 2015 އޮގަސްޓު 25 ވަނަ ދުވަހު 20:30 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އުސާމަތު ސޮއި ކުރައްވައި ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ހަސަން ލަޠީފާ ޗިޓު ހަވާލުކުރެއްވީ މިރޭގެ ވަގުތެއްގައެވެ.... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދު އަނބުރާ ޖަލަށް ގެންދިއުމަކީ ޣައިރު ޤަނޫނީ ހައްޔަރެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި
އާދީއްތަ ދުވަހުގެރޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ މ.ޔާގޫތުގެއަށް ވަޑައިގެން އެއްވެސް ލިޔެކިޔުމެއް ނެތި، ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް އަލުން އަނބުރާ ޖަލު ބަންދަށް ގެންދިއުމަކީ ޣައިރު ޤާނޫނީ ބަންދެއްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިް ކްރިމިނަލް ކޯޓަށް ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުން މިއަދު ހެނދުނު މައްސަލަ ހުށަހަޅުއްވައިފިއެވެ. ރައީސް... އިތުރަށް ވިދާޅުވޭ
Maldives Regime Illegally Sends President Nasheed Back To Jail Despite Commutation Of His Detention To House Arrest
Male’, Maldives – The regime of President Yameen has taken former president Mohamed Nasheed back to jail despite having formally commuted his detention to house arrest on 19 July. Police officers and officials from the Department of Corrections arrived in force at President Nasheed’s house at approximately 9pm local time to take him back to prison. They forcibly entered… Read more
President Nasheed’s International Legal Team to Visit Maldives
President Nasheed’s international legal team will travel to the Maldives in September, after authorities confirmed in writing the lawyers’ business visas have been granted. President Nasheed’s international legal team comprises of Ben Emmerson (QC) QC, Amal Clooney and Jared Genser. The three lawyers – who represent President Nasheed pro bono – took up the case… Read more
ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤަނޫނީ ވަކީލުން ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ
ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމް އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުން ބެން އެމަރސަން (ކިއު.ސީ)، އަމާލް ކްލޫނީ އަދި ޖެރެޑް ގެންސަރ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ބިޒްނަސް ވިސާ ހަމަޖެހިފައިވާ ކަމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ރައީސް މުޙައްމަދު ނަޝީދުގެ... އިތުރަށް ވިދާޅުވޭ
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރައީސް ނަޝީދަށް ސިޓީފުޅެއް ފޮނުއްވަވައިފި
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ރައީސް މުޙައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވަވައިފިއެވެ. ރައީސް ނަޝީދަށް ފޮނުއްވެވި ސިޓީފުޅުގައި ބޮޑުވަޒީރު ކެމެރަން ވިދާޅުވެފައިވަނީ ނިމިގެންދިޔަ އިންތިޚާބުގައި އެމަނިކުފާނަށާއި އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ކޮންޒަރވެޓިވް ޕާޓީއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބާއެކު ޒިންމާދާރު ކަމާއެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިޔާސަތުތަކާ މެނިފެސްޓޯ ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގައެވެ. ރައީސް ނަޝީދުގެ ތާޢީދާއި... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ދަޢުވާ އަދި ޝަރީޢަތާ ގުޅޭ އިސްތިޢުނާފީ މައްސަލައިގައި ހިމަނުއްވައި ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވާ ނުކުތާތައް މިއަދު ޕްރޮސެކިއުޓަރ ޖެނެރެލްއަށް ފޮނުއްވަވައިފި
13 މާޗް 2015 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާތީއާއި، އެމައްސަލަ އިސްތިއުނާފްކުރައްވަނީ ރައީސް މުޙައްމަދު ނަޝީދަށް އިންސާފު ހޯއްދަވައި ދެއްވުމަށް ކަމަށް ވިދާޅުވެފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާ އިސްތިއުނާފީ މައްސަލައިގައި ހިމަނުއްވައި ދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެން 30 ޖުލައި 2015 ދުވަހު... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެއްވި ދަޢުވާއަކީ ބާޠިލް ދަޢުވާއެއްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރެލް އަރިހުގައި އެދިވަޑައިގެންފި
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެއްވި ބާޠިލު ‘ދަޢުވާ’ އަކީ ބާޠިލު ދަޢުވާއެއްކަން ކަނޑައަޅުއްވައި ދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރެލް އަށް ފޮނުވި ސިޓީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެއްވި ބާޠިލު ‘ދަޢުވާ’ އަކީ ބާޠިލު ދަޢުވާއެއްކަން ކަނޑައަޅުއްވައި ދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރެލް އަށް ފޮނުވި ނުކުތާތައް
އދގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް އާ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްދަލުކުރައްވައިފި
އދ ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ޒެއިދް ރަޢާދް އަލް ހުސެއިން އާ ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްދަލުކުރައްވައިފިއެވެ. ޖެނީވާގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރގެ އޮފީހުގައި ބުދަ ދުވަހު އޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދިވެހިރާއްޖޭގެ ހަނިވެ ހީނަރުވަމުން އަންނަ އިންސާނީ ޙައްޤުތަކުގެ ޙާލަތާމެދުއެވެ. ބޭއިންސާފުން ޝަރީޢަތް ހިންގައި... އިތުރަށް ވިދާޅުވޭ
އީޔޫ ޕާރލިމަންޓުގެ ރައީސް އާ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްދަލުކުރައްވައިފި
ޔޫރަޕިއަން ޕާލިމަންޓުގެ ރައީސް މާރޓިން ޝޯލްޓްޒްއާއި ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ އަންގާރަ ދުވަހުގެ މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. ސްޓްރަސްބޯރގްގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ޤާނޫނު ހަދާ މަޖިލިހުގައި އޮތް މި ބައްދަލުވުމުގައި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އީޔޫ ޕާލިމަންޓުން ފާސްކޮށްފައިވާ ޤާރާރު ފާހަގަ ކުރައްވައި ޤަރާރުގައި ހިމަނާފައިވާ ކަންކަމާމެދު މަޝްވަރާ ކުރެވުނެވެ. ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާ... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށް އިނިގިރޭސިވިލާތުގެ ބޮޑުވަޒީރު ގޮވާލައްވައިފި
ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން މިއަދު ގޮވާލައްވައިފިއެވެ. ރައީސް މުޙައްމަދުގެ އަނބިކަނބަލުން ލައިލާ ޢަލީ އާއި ޤާނޫނީ ވަކީލު އަމާލް ކްލޫނީއާ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިހުގައި ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ބޮޑުވަޒީރު ގޮވާލެއްވިއެވެ. ޑޭވިޑް ކެމެރެންއާއެކު ބައްދަލުކުރައްވައި ލައިލާ ޢަލީ އަދި އަމާލް ކްލުނީ... އިތުރަށް ވިދާޅުވޭ
