ރައީސް ސިރިސެނާގެ އަރިހަށް ރައީސް ނަޝީދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އިންތިޚާބުވެވަޑައިގެންނެވި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ރައީސް މުޙައްމަދު ނަޝީދު ކުރައްވައިފިއެވެ. ލަންކާގެ ރައީސް ސިރިސޭނައައާ ރައީސް ނަޝީދު ބައްދަލުކޮށްލެއްވީ މިއަދު ހެނދުނު ސްރީލަންކާގެ ރައީސް އޮފީހުގައެވެ. ލަންކާގެ އިންތިޚާބު އަމާންކަމާ އެކު ބޭއްވި ސުލްޙަވެރިގޮތުގައި ސަރުކާރުގެ ހިންގުން ބަދަލުވެގެން ދިޔަކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ލަންކާގެ އާސަރުކާރަށް މަރުހަބާ... އިތުރަށް ވިދާޅުވޭ

ޤާނޫނު އަސާސީ ނެގެހެއްޓެވުމުގައި ޑީއާރުޕީއަކީ މުހިއްމު ބައިވެރިއެއް – ރައީސް ނަޝީދު

ޤާނޫނު އަސާސީ ނެގެހެއްޓުމުގައި ސިޔާސީ ޕާޓީތަކުން އެކުވެރިވެ އެއްބާރުލެއްވުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމުގައި ޑީއާރުޕީގެ ނަން ވިދާޅުނުވެވިވާތީ އެޕާޓީގެ ރައީސް އެކަން ފާހަގަ ކުރައްވައި ގުޅުއްވާފައިވާތީ އެކަން އެއީ ޤަސްދުގައި ހިނގިކަމެއްނޫންކަން ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ. ރައީސް ނަޝީދުވަނީ އެކަން ފާހަގަކުރައްވައި ޑީއާރުޕީގެ ލީޑަރ މުޙައްމަދު ނަޝީދުއަށް ފޯނު ކުރައްވައި ޤާނޫނު އަސާސީ ނެގެހެއްޓެވުމަށް ޑީއާރުޕީއަކީވެސް ވަރަށް... އިތުރަށް ވިދާޅުވޭ

އާސަރުކާރާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު ސްރީލަންކާއަށް މިއަދު ފުރާވަޑައިގަންނަވާނެ

2015 ޖަނަވަރީ 9 ވަނަ ދުވަހު ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އިންތިޚާބުވެވަޑައިގެންނެވި އާސަރުކާރާ ބައްދަލުކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ކޮލޮމްބޯއަށް ފުރާވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވާނެއެވެ. ހުކުރުދުވަހު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެއްވުމާއެކު ރައީސް ނަޝީދުވަނީ ފޯނުން ގުޅުއްވައި ޔުނައިޓެޑް ނެޝަންލް ޕާޓީގެ ލީޑަރ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް... އިތުރަށް ވިދާޅުވޭ

ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭ ޚަރަދުތައް އޮޅުން ފިލުމަކީ ރައްޔިތުންގެ ޙައްޤެއް – ރައީސް ނަޝީދު

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް ކުރެވޭ އެންމެހައި ޚަރަދުތަކުގެ ތަފްޞީލް އޮޅުން ފިލުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމިންއަމިއްލަފުޅު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ގިނަވެ އަދި އެދަތުރުފުޅުތަކުގެ ތަފްޞީލް ރައްޔިތުންނަށް ހާމަނުކުރައްވާކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ ޓެކްސްއިން ދައުލަތުގެ ބަޖެޓަށް ލިބޭ... އިތުރަށް ވިދާޅުވޭ

ކުރިއަރާފައިވާ މުޖުތަމައެއްގެ ބިންގަލަކީ ވަށާޖެހޭ ތަޢުލީމު – ރައީސް ނަޝީދު

ކުރިއަރާފައިވާ މުޖުތަމައެއްގެ ބިންގަލަކީ ވަށާޖެހޭ ތަޢުލީމު ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ މުހިއްމު ކަމެއް ދީފައިވަނީ ވަށާޖެހޭ ތަޢުލީމު ފޯރުކޮށްދިނުމަށް ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާ ގުޅިގެންނެވެ. ވަށާ ޖެހޭ ތަޢުލީމު ފޯރުކޮށްދިނުމުގައި ދަރިވަރުންގެ ވިސްނުމާއި ހުނަރާއި އުގެނުން ކުރިއެރުވުމަށް... އިތުރަށް ވިދާޅުވޭ

President Nasheed Congratulates the President-elect of Sri Lanka

On Friday morning, President Mohamed Nasheed congratulated the President-elect of the Democratic Socialist Republic of Sri Lanka, H.E. Mr. Maithripala Sirisena. Commenting on the historic election, President Nasheed said, “The election underscores the maturity and robustness of Sri Lanka’s democracy.” Speaking to the leader of the United National Party (UNP), H.E. Mr. Ranil Wickremesinghe on… Read more

ރައީސް ނަޝީދު ހުންނެވީ ޗުއްޓީގައި

ރައީސް މުޙައްމަދު ނަޝީދު 2014 ޑިސެމްބަރ 16 ވަނަ ދުވަހުން ފެށިގެން ހުންނެވީ 3 ހަފްތާގެ މުއްދަތުގެ ޗުއްޓީއެއްގައި ޢާއިލާއާއެކު ރާއްޖޭއިން ބޭރުގައެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ނެރުއްވާ ބަޔާން

މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހެވެ. މިދުވަހު ރާއްޖޭގެ އެންމެ ބޭފުޅުންގެ އަރިހު އަދަބު އިހްތިރާމްއާއި އެކު ދަންނަވަމެވެ. ޒަމާންތަކެއްވަންދެން މިދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުހަނު އަނިޔާއާއި ގެއްލުން ލިބިފައިވެއެވެ. ރާއްޖޭގެ ވެރިންގެ ނުރުހުން ރައްދުވާ ފަރާތްތަކަށް ދެވިފައިވާ އަނިޔާއާއި ގެއްލުމެވެ. ވެރިކަމުގެ ބާރު ބޭނުންކޮށްގެން ސަރުކާރުގެ އިންތިޒާމްގެ ދަށުން ދެވިފައިވާ އަނިޔާއާއި ގެއްލުމެވެ. އަޅުގަނޑު މިއަދު ރައީސްކަމުގައި މިހުރި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް... އިތުރަށް ވިދާޅުވޭ