ކެންޕޭނުގެ ނަމުގައި ބަޣާވާތުގެ ބައިވެރިން ކުރާ ހުރިހާ ކަމަކީވެސް ބަޣާވާތުން ހޯދި ހަރާމް ވެރިކަން ދަމަހައްޓަން ކުރާ މަސައްކަތް ތަކެއް: ރައީސް މުޙައްމަދު ނަޝީދު

ހަރާމް ވެގެންވާ ބޮޑު ބަޣާވާތަކުން ހޯދާފައި ނަހަލާލް ވެރިކަމުގައި ތިބި މީހުން ފުޅާ ކޯލިޝަންގެ ނަމުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ނަމުގައި މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކީވެސް ބަޣާވާތުން ހޯދި ވެރިކަން ދިފާއު ކުރުމުގެ މަސައްކަތް ކަމުގައި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުހައަމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “އެއްބުރުން ބޯޑިންޕާސް” ގެ ނަމުގައި އެމްޑީޕީގެ އައްޑޫ ސިޓީ... އިތުރަށް ވިދާޅުވޭ

ދިވެހި ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށްޓަކައި ކައުންސިލްތަށް ވަރުގަދަކޮށް ބާރުވެރި ކުރުވަން ޖެހޭ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ދިވެހި ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށްޓަކައި ކައުންސިލްތަށް ވަރުގަދަކޮށް ބާރުވެރި ކުރުވަން ޖެހޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ހއ. ހޯރަފުށީ އެމްޑީޕީގެ “މެނިފެސްޓޯ އޮޑި” އިފްތިތާޙްކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމަށް، ކައުންސިލްތަކަށް ބާރުދީ ވަރުގަދަ ކުރަން ޖެހޭކަމަށާއި އެކައުންސިލްތަކަށް ޢާމްދަނީ ލިބޭނެ ގޮތް... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ހޯރަފުއްޓަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތި އުތުރުބުރީ ހޯރަފުއްޓަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު ހޯރަފުއްޓަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ޘަޤާފީ ކުޅިވަރާއެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ހޯރަފުށީގައި ރައީސް ނަޝީދު މިއަދު ހަވީރު ހޯރަފުށީ އެމްޑީޕީ އޮފީސް ހުޅުވައިދެއްވައި ޤައުމީ ދިދައާއި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވިއެވެ. އެއަށްފަހު ރައީސް ނަޝީދު އެރަށުގެ... އިތުރަށް ވިދާޅުވޭ

މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުމަށް ވެވުނު އެއްބަސްވުން ނިމުމަކަށް ގެނައުމުން ބޭރުގެ ގުޅުންތަކަށް ހީނަރުކަން އައިސްވާތީ އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު އަލުން އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލިސް މެދުވެރިވެ އެއެއްބަސްވުން އިއާދަކުރުމަށް އިލްތިމާސްކުރަން.

މާލޭ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމަށް އިންޑިއާގެ ޖީއެމްއާރު-މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގސް ކޮންސޯޓިއަމްއާ ހަވާލުކުރަން ޤާއިމުކުރި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން ނުހަނު ގިނަގުނަ ފައިދާ ކުރާނެ އެއްބަސްވުމެއްކަމަށާއި އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓު ކުރާ މިންވަރު އިތުރުވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރަމެވެ. މިއެއްބަސްވުން އެކުލަވާލެވުނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބިޑްކޮށް، ވަރލްޑް ބޭންކާއި... އިތުރަށް ވިދާޅުވޭ

ކޮޅުމަޑުލާއި ހުވަދު އަތޮޅުގެ 13 ރަށަކަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލާއި ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެއަށް މިއަދު އެނބުރި ވަޑައިގަންނަވައިފިއެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ކޮޅުމަޑުލު ބުރުނި، ގުރައިދޫ، ވިލުފުށި، ދިޔަމިގިލި، މަޑިފުށި، ގާދިއްފުށި، ވަނދޫ، ހިރިލަންދޫ، ކަނޑޫދޫ، ވޭމަންޑޫ، އޮމަޑޫއަށެވެ. އަދި ބުރުނި، މަޑިފުށި، ދިޔަމިގިލި، ވަންދޫ، ހިރިލަންދޫގައި ވަނީ އެމްޑީޕީގެ ކެމްޕެއިން... އިތުރަށް ވިދާޅުވޭ

އެމްޑީޕީ ސަރުކާރުން ތަރައްޤީގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވައި ކެނޑިނޭޅި އެމަސައްކަތް ކުރައްވާނެކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރުގައި ތަރައްޤީގެ ހުރިހާ މަސައްކަތެއްވެސް ބާރަށް ކުރިއަށް ގެންދަވައި ކެނޑިނޭޅި އެމެސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭ ހުވަދުއަތޮޅު ވިލިގިލީގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް ރާއްޖޭގެ ހިންގުން ކުރިއަށް ގެންދިއުމަށް ސިޔާސަތުތަކެއް... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ހުވަދުއަތޮޅު މާމެންދޫ އަދި ވިލިނގިއްޔަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑީމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހުވަދުއަތޮޅު މާމެންދޫއަށާއި ވިލިނގިއްޔަށް މިއަދު ވަޑައިގަންނަވައިފިއެވެ. މިއަދު އެންމެ ފުރަތަމަ ރައީސް ނަޝީދު ވަޑައިގެންނެވީ ގއ. މާމެންދޫއަށެވެ. މާމެންދޫއިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މާމެންދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވަވާ ރާއްޖޭގައި މިހާރު މަހުގެ އަގު ހުރި ވަރަށް އަލިއަޅުއްވާލައްވާ ދެއްކެވި... އިތުރަށް ވިދާޅުވޭ

އެމްޑީޕީގެ ސަރުކާރުގައި ރޯމަސް ކިލޯއެއް 20ރ އަށް އަދި ހިކިމަސް ކިލޯއެއް 80ރ އަށްވުރެ ދަށުން ނުވިއްކޭނެ ސިޔާސަތު ތަންފީޒުކޮށްދެއްވާނެ ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރެއްގައި ރޯމަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް އަދި ހިކިމަސް ކިލޯއެއް 80 ރުފިޔާއަށްވުރެ ދަށުން ނުވިއްކޭނެ ސިޔާސަތު ތަންފީޒުކޮށްދެއްވާނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ގއ. މާމެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް މަހު ހަމަ އަގުގައި ވިޔާފާރި ކުރެވޭނެ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ވޭމަންޑޫ އަދި އޮމަދޫއަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ވޭމަންޑޫ އަދި އޮމަދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ހުށައަޅާ ސިޔާސަތުތައް ތަޢާރަފްކުރައްވައި، ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭންގައި އެހީތެރިވާ ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމެވެ. މިއަދު އެންމެ ފުރަތަމަ ރައީސް ނަޝިދު ވަޑައިގެންނެވީ ތ. ވޭމަންޑޫއަށެވެ. ވޭމަންޑޫއިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް... އިތުރަށް ވިދާޅުވޭ

ބަޣާވާތަށްފަހު ލާމަރުކަޒީ ނިޒާމު ގަޑުބަޑުވެފައިވާކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ވެރިކަން 7 ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ބަޣާވާތްކޮށްގެން ވައްޓާލުމަށްފަހު ފާއިތުވީ އަހަރުގެ ތެރޭގައި ލާމަރުކަޒީ އުސޫލު ގަޑުބަޑު ކުރަން ފަށާފައިވާކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ.ކަނޑޫދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ލާމަރުކަޒީ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ވަންދޫ، ހިރިލަންދޫ އަދި ކަނޑޫދޫއަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑީމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ވަންދޫ، ހިރިލަންދޫ، އަދި ކަނޑޫދޫ މިއަދު ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ސިޔާސަތުތައް ހުށައަޅުއްވައި، ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭންގައި މަސައްކަތް ކުރައްވާ ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމެވެ. މިއަދު އެންމެ ފުރަތަމަ ރައީސް ނަޝީދު ވަޑައިގެންނެވީ ތ. ވަންދޫއަށެވެ. ވަންދޫއިން އެމަނިކުފާނަށް... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ދިޔަމިގިލި، މަޑިފުށި، ގާދިއްފުށި އަދި ކިނބިދޫއަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ދިޔަމިގިލި، މަޑިފުށި، ގާދިއްފުށި އަދި ކިނބިދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ސިޔާސަތުތައް ހުށައަޅުއްވައި، ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭންގައި މަސައްކަތް ކުރައްވާ ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމެވެ. މިއަދު އެންމެ ފުރަތަމަ ރައީސް ނަޝިދު ވަޑައިގެންނެވީ ތ. ދިޔަމިގިއްޔަށެވެ. ދިޔަމިގިލިން... އިތުރަށް ވިދާޅުވޭ