ފުލުހުންނާއި ސިފައިންނަކީ ދިވެހިރާއްޖެއަށް ކޮންމެހެން ބޭނުންތެރި ބައެއްކަމަށާއި އެއީ ޤައުމީ ޚިދުމަތެއް ކުރަން ޖެހޭ ބައެއްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ފުލުހުންނާއި ސިފައިންނަކީ ކޮންމެހެންވެސް ދިވެހިރާއްޖެއަށް ބޭނުންތެރި ބައެއްކަމަށާއި އެއީ ވަރަށް ބޮޑެތި އަދި ވަރަށް ރަނގަޅު ޤައުމީ ޚިދުމަތެއް ކުރަން ޖެހޭ ބައެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ތ.ވިލުފުށީގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ބުރުނި، ގުރައިދޫ އަދި ވިލުފުއްޓަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ބުރުނި، ގުރައިދޫ އަދި ވިލުފުއްޓަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ކުރައްވާނެ ކަންކަމާއި އަދި ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭން ކުރައްވާ ހަރަކާތްތެރިންނާ ބައްދަލުކުރެއްވުމެވެ. މިއަދު އެންމެ ފުރަތަމަ ރައީސް ނަޝީދު ވަޑައިގެންނެވީ ތ.ބުރުންޏަށެވެ. ބުރުނީގައި ރައީސް ނަޝީދު އެރަށުގެ ސްކޫލް ޕީޓީއޭއާއި ބައްދަލުކުރެއްވިއެވެ. އަދި... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުނެްގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުހައްމަދު ނަޝީދު ކޮޅުމަޑުލުގެ ރަށްތަކަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފިއެވެ. މިއަދު މެންދުރު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތ. ބުރުންޏަށެވެ.  ބުރުނީއަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެރަށުން އެމަނިކްފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެރަށުގައި ރައީސް ނަޝީދު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. އެއަށް ފަހު އެމަނިކުފާނު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ  ތ.... އިތުރަށް ވިދާޅުވޭ

ޞިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވައިފި

ޞިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިއަދު އައްޑޫ ސިޓީގެ ހިދަތޫ ރޯމާ ގޭގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި  ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ބަލިމީހާ އާއި އޭނަގެ އާއިލާ ގޮތް ހުސްވާން ދޫކޮށްނުލުން ކަމުގައި ކަމަށެވެ.... އިތުރަށް ވިދާޅުވޭ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް، އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން”ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު އައްޑޫ ސިޓިގެ ހިތަދޫގަ އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. ހިތަދޫގައި މިއަދު ރައީސް ނަޝީދު ފައްޓަވައިދެއްވާ މި ޙަފްލާއާ އެކުއެކީ ރާއްޖޭގެ... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދު ރ. އަތޮޅު ދުވާފަރު، އިންނަމާދޫ، ރަސްމާދޫ އަދި މީދުއަށް ވަޑައިގެންފި

ރައީސް ނަޝީދު މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގައި މިއަދުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. ދުވާފަރަށެވެ. ރ. ދުވާފަރަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން ދުވާފަރުގެ ރައްޔިތުން ވަނީ ރައީސް ނަޝީދުއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ނަޝީދު ދުވާފަރަށް ވަޑައިގެން ދުވާފަރުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި އެމްޑީޕީ ސަރުކާރުން މިހާރު ރައްޔިތުންނަށް ހުށަހަޅާދެމުން... އިތުރަށް ވިދާޅުވޭ

ރައީސް މުޙަންމަދު ނަޝީދު ހައިކޯޓަށް ހުށަހޅުއްވާފައިވާ މައްސަލައިގެ އަޑުއެހުން ކެންސެލް ކުރުމާ ގުޅިގެން ރައީސް ނަޝީދުގެ އޮފީހުން ނެރޭ ބަޔާން

ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިންގަމުން ގެންދާ ޝަރީޢަތުގެ ޤަޟިއްޔާ ބެއްލެވުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ފަނޑިޔާރުންގެ ބެންޗްގެ މައްސަލައާ ގުޅޭ ގޮތުން، ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު މެންދުރުފަހު 2.45 އަށް ތާވަލުކުރައްވައި ކުއްލިގޮތަކަށް އެއަޑުއެހުން ވަނީ ކެންސަލް ކުރައްވާފައެވެ. ހައިކޯޓުން ވިދާޅުވެފައިވަނީ އެމައްސަލައިގެ... އިތުރަށް ވިދާޅުވޭ

އެމްޑީޕީން ރައްޔިތުންނަށް ހުށައަޅަނީ ތަރައްޤީ ހޯދައިދޭނެ ސިޔާސަތުތަކެއް – ރައީސް ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓިން ރައްޔިތުންނަށް ހުށައަޅަނީ ކަންކަން ކުރެވޭނެ ސިޔާސަތު ތަކެއް ކަމަށާއި މި ރާއްޖެ ތަރައްޤީގެ މަގުގައި ދާނެ ސިޔާސަތު ތަކެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. މަޑުއްވަރީގައި “އެއްބުރުން” މިނަމުގައި ރޭ... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދު ރ. އަތޮޅު ހުޅުދުއްފާރު، އުނގޫފާރު، މާކުރަތު އަދި މަޑުއްވަރީއަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. ހުޅުދުއްފާރު، އުނގޫފާރު، މާކުރަތު އަދި މަޑުއްވަރީއަށް ވަޑައިގަންނަވައިފިއެވެ. މިއަދު ހެނދުނު އަލިފުށީގައި އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ މަސައްކަތް ކުރިއަށް ގެންދާ ޓީމާ ބައްދަލުކުރައްވިއެވެ. އަދި އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދޮރުން ދޮރަށް ހިންގެވިއެވެ. ރ. އަލިއްފުއްޓަށްފަހު ރައީސް... އިތުރަށް ވިދާޅުވޭ

ދިވެހިރާއްޖޭގެ ތަރައްޤީގައި ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭ ސިޔާސީ ނިޒާމަކީ އެމްޑީޕީގެ ބުރަ މަސައްކަތް ކަމަށާއި ދިވެހިރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ އެމްޑީޕީގެ ތަރަޙައިގެ މަތީގައި ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ދިވެހިރާއްޖޭ ދެކެމުންމިދާ ބަދަލަކީ ތަރައްޤީގެ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭ ނިޒާމެއް ތަޢާރަފް ކުރެވި އެނިޒާމް ރާއްޖޭގައި ހިނގަމުންދިއުމުގެ މަސައްކަތް ކަމަށާއި އެނިޒާމު ދިވެހިރާއްޖެއަށް ތަޢާރަފް ކުރީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ބުރަ މަސައްކަތުން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު އުތުބުރި ރަސްގެތީމް، އަނގޮޅިތީމު، ވާދޫ އަދި އަލިފުށްޓަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު މާޅޮސްމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. ރަސްގެތީމްއަށެވެ. ރަސްގެތީމަށް ވަޑައިގަތުމުން ރަސްގެތީމުގެ ރައްޔިތުންވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ނަޝީދު ރަސްގެތީމަށް ވަޑައިގެން ރެސްގެތީމްގެ ރައްޔިތުންނާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި ރަސްގެތީމަކީ ދިވެހި... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފި

މާޅޮސްމަޑުލު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދު މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ރ.ރަސްގެތީމަށެވެ. ރަސްގެތީމަށްފަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ ވާދޫއަށެވެ. ރަސްގެތީމާއި ވާދޫގައި ރައްޔިތުންނާ ބައްދަލު ކުރައްވާ އެމްޑީޕީގެ ކެމްޕެއިން ޓީމާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. ވާދޫއަށްފަހު ދެން ރައީސް ނަޝީދު... އިތުރަށް ވިދާޅުވޭ