ހެޔޮލަފާ ދީނީ ނަސޭޙަތް ރައްޔިތުންނަށް ލިބެން ޖެހޭނީ އޭގެ ސާދާކަން މަތީގައިކަމަށާއި އިތުރު ކިލަނބު ކަމެއް އޭގައި ވެގެން ނުވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ހެޔޮލަފާ ދީނީ ނަސޭޙަތް ރައްޔިތުންނަށް ލިބެން ޖެހޭނީ އޭގެ ސާދާކަން މަތީގައި އިތުރު ކިލަނބު ކަމެއް އެހެންނޫން ގޮތަކަށް ހިމެނިގެންނުވާނެ ގޮތަށްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ޝެއިޚް ހުސައިން ރަޝީދު އަހްމަދު ލިޔުއްވާފައިވާ “ޝަހީހުލް މުސްލިމް”ގެ ތަރުޖަމާއާ ޝަރަހައިގެ ދެވަނަ ބައި ނެރުއްވުމަށް ރޭ މާލޭ ސިޓީ... އިތުރަށް ވިދާޅުވޭ

އެމް.ޑީ.ޕީ ސަރުކާރުގެ ޢަމާޒަކީ ކޮޅުމަޑުލުގައި 2000 ޓުއަރިސްޓް އެނދު 2 އަހަރުގެ ތެރޭގައި ބިނާކޮށް ހުޅުވުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ.

އެމް.ޑީ.ޕީގެ ސަރުކާރުގެ ޢަމާޒަކީ ކޮޅުމަޑުލުގައި 2000 ޓުއަރިސްޓް އެނދު 2 އަހަރުގެ ތެރޭގައި ބިނާކޮށް ހުޅުވުން ކަމަށް ދިވެހި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ދިވެހިރާއްޖޭގެ ރިޔާސި ކެންޑިޑޭޓް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކޮޅުމަޑުލު މަޑިފުއްޓަށް ޒިޔާރަތް ކުރައްވާ އެރަށުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގެސްޓްހައުސްގެ ވިޔަފާރި ފަހިކޮށްދޭނީ ދަތުރުފަތުރު ކުރުމުގެ ނިޒާމުން ހުރިހައި ރަށްތަކެއް ގުޅައިލީމައި... އިތުރަށް ވިދާޅުވޭ

ޖީ.އެމް.އާރަށް ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ނަގައިދިނުމުން ދިވެހިރާއްޖޭގެ އުފެއްދުންތެރި ކަމުގެ ބޮޑު ޕަސަންޓޭޖެއް ގެއްލިގެންދާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ޖީ.އެމް.އާރް ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން ބަދަލުގެ ގޮތުގައި އެކުންފުނިން ނަގައިދިނުމަށް ބަޢިނަލް އަޤުވާމީ ކޯޓުތަކުގައި އެދިފައިވާ 1.4 ބިލިއަން ޑޮލަރު ދައްކަން ޖެހުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އުފެއްދުންތެރި ކަމުގެ ބޮޑު ޕަސަންޓޭޖެއް ގެއްލިގެންދާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުޙައްމަދް ނަޝީދު ވިދާޅުވެއްޖެއެވެ. ކޮޅުމަޑުލު ތިމަރަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، މާލޭ... އިތުރަށް ވިދާޅުވޭ

ޤައުމު ތަރައްޤީ ކުރުމުގެ ސިޔާސަތުތަކަށް ޒުވާނުން ވޯޓް ދެއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ޤައުމު ތަރައްޤީ ކުރުމުގެ ސިޔާސަތުތަކަށް ޒުވާނުން ވޯޓް ދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ. ރޭ ތިމަރަފުށީ ހިއްކި ބިމުގައި ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގައި ފިކުރެއް އެބަ ހުރި ކަމަށާއި އެ ފިކުރަކީ، ދިވެހިރާއްޖެ ތަރައްޤީ ކުރުމުގެ ފިކުރު ކަމަށާއި މިއަދު ލިބޭ މިންވަރަށް ވުރެ، މާ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ތިމަރަފުށްޓަށާއި މަޑިފުށްޓަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ތިމަރަފުށްޓަށާއި މަޑިފުށްޓަށް މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވުމަށް ހަޖަޖެހިފައިވަނީ ތިމަރަފުށްޓަށެވެ. އަދި އެއަށްފަހު ހޮނިހިރުދުވަހު މަޑިފުށްޓަށް ވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅަކީ އެމްޑީޕީގެ ރިޔާސީ ކެމްޕޭންގެ ތެރެއިން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ކެމްޕޭންގައި ޙަރަކާތްރިވާ ވޮލަންޓިއަރުންނާއި ބައްދަލުކުރައްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި... އިތުރަށް ވިދާޅުވޭ

ރައްޔިތުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުކުރިކަމުގައިވިޔަސް އެރައްޔިތުންގެ ހިތްތަކެއް ނުގެންދެވޭނެ – ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންނަށް ނޭނގި އެ ރައްޔިތުންގެ ނަންތައް ސިޔާސީ ޕާރޓީތަކުގެ ދަފްތަރުތަކުގައި ބަދަލުކުރަމުން ގެންދެވިދާނެކަމަށާއި އެހެންނަމަވެސް އެ ރައްޔިތުންގެ ހިތްތަކެއް ނުގެންދެވޭނެ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މާފަންނު އުތުރުގައި ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ރައްޔިތުންގެ ހިތްތައް ވަނީ ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް... އިތުރަށް ވިދާޅުވޭ

އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރައްވާފައިވާ ކަންކަން ބެއްލެވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނާއި ޤަވަޢިދާ ޙިލާފަށް ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުތައް ފާހަގަކުރައްވާފައިވާ ހުރިހާ ކަންކަން އޭސީސީންވެސް ބައްލަވާ ޕްރޮސެކިއުޓަރ ޖެނެރަލްވެސް ބައްލަވައި އެކަމުގައި ފިޔަވަޅު އެޅުއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ “ހެންވޭރު އެއްބުރުން” މި ނަމުގައި ސޯސަންމަގުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ މުއްދަތުގައި 31 ބިލިއަން... އިތުރަށް ވިދާޅުވޭ

ރިޔާސީ އިންތިޚާބުގައި ހެންވޭރުން 25,000 ވޯޓު ހޯއްދަވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މުޅި ހެންވޭރުން 25,000 ވޯޓު ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރޭ ބޭއްވި “މުޅި ހެންވޭރު އެއްބުރުން” އެއްވުމުގައި ވާހަކަދައްކަވަމުންނެވެ. “ރިޔަސީ އިންތިޚާބުގައި 25000 ވޯޓު ހެންވޭރުގައި ދިރިއުޅޭ ރައްޔިތުން އަޅުގަނޑުމެންނަށް ދޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއި... އިތުރަށް ވިދާޅުވޭ

އެމްޑީޕީން މިއުޅެނީ ހަމައެކަނި އިންތިޚާބު ކާމިޔާބު ކުރާކަށް ނޫން ކަމަށާއި އެމްޑީޕީގެ އަމާޒަކީ ޤައުމިއްޔަތާއި ދީނާއި ޤައުމުގެ ތަރައްޤީ ހޯދައިދިނުން ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ބޭނުމަކީ ހަމައެކަނި އެއިންތިޚާބުކޮށް ރާއްޖޭގެ ވެރިކަމަށް އައުން ނޫން ކަމަށާއި އެއަށްވުރެ މުހިއްމީ ދިވެހިންގެ ޤައުމިއްޔަތާއި އިސްލާމްދީން ދިފާއުވެ ރާއްޖެ ތަރައްޤީ ވެގެންދާނޭ ފަދަ ޑިމޮކްރެޓިކް ހަމަތަކެއް ޤާއިމް ވެގެން ދިއުން ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކު ފާނު މިހެން ވިދާޅުވީ... އިތުރަށް ވިދާޅުވޭ

ޖީއެމްއާރ ކޮންސޯޓިއަމްގެ އެގްރިމަންޓުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށާއި ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ބޭރުގެ ގުޅުންތަކަށް ބެލުމެއްނެތި ސަރުކާރުން އެއެގްރިމްންޓް ބާޠިލްކޮށްފައިވަނީ ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށްކަމުގައިވާތީ އެމައްސަލަ ވީއެންމެ އަވަހަށް ޙައްލުކުރުމަށް އިލްތިމާސް ކުރަން.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށް ޖީއެމްއާރ އިންފްރާސްޓްރަކްޗަރ ލިމިޓެޑް/އެމްއޭއެޗްބީ އާއި ޙަވާލު ކުރުމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަޙްޤީޤްގެ ރިޕޯޓަށް މަރުޙަބާ ކިޔައި އެއަރޕޯޓު އެގްރިމަންޓާއި ގުޅޭގޮތުން މަޖިލިހުގައި ވީއެންމެ އަވަސް ފުރުޞަތެއްގައި ބަހުސްކުރެވި އެމައްސައަށް އަވަސް ޙައްލެއް ގެނައުމަށް ގޮވާލަމެވެ. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ޖީއެމްއާރއަށް ކުއްޔަށްދީފައިވަނީ ކޮރަޕްޝަން އެކުލެވޭގޮތަށްކަމަށް ބުނެ ހުށައަޅާފައިވާ މައްސަލާގައި ދިވެހިރާއްޖޭގެ އެންޓި... އިތުރަށް ވިދާޅުވޭ

ރާއްޖޭގެ ކައުންސިލުތަކުގެ ބާރުވެރިކަން މިއަދު މިދަނީ ގެއްލެމުން ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ކައުންސިލްތަކުން ހިންގަމުން ދިޔަ ބާރުވެރިކަން މިއަދު މިދަނީ ގެއްލެމުންކަމަށާއި ރާއްޖޭގެ ކައުންސިލްތައް މެދުވެރިކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާ އަދި ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް ދިނުމުގެ އިންތިޒާމްތައް ފުރިހަމަ ކުރަމުން އައި އައުމަށް މިއަދު ހުރަސް އެޅިފައިވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އަދި ރަށުގެ ރައްޔިތުން ކަންކަމަށް ބޭނުންވާ މިންވާރާއި... އިތުރަށް ވިދާޅުވޭ

މަތީ ތަޢުލީމުގެ ރަންޒަމާނެއް އަލުން އާލާ ކުރައްވާނެ ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ވެރިކަމެއްގައި މަތީ ތަޢުލީމުގެ ރަންޒަމާނެއް އަލުން އާލާ ކުރައްވާނެކަމަށާއި މަތީ ތަޢުލީމުގެ ފުރުޞަތަށް އެދޭ ހުރިހާ ދިވެހިރައްޔިތުންނަށް އެފުރުޞަތު ހޯއްދަވައިދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާދިއްޕޮޅު ނައިފަރުގައި “ދިވެހި ޢިލްމުވެރީން: ދިވެހީންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށް”، އެމްޑީޕީގެ މަތީ ތަޢުލީމުގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް މަދަރުއްސަތުލް... އިތުރަށް ވިދާޅުވޭ