ރައީސް މުޙައްމަދު ނަޝީދުގެ ކެންޑިޑަސީ ސައްޙަކަމަށާއި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ނިންމަވައިފި

ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައިވަނީ 18 ޖުލައި 2013 ވަނަ ދުވަހުއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އަންގަވާފައިވަނީ ކެންޑިޑަސީ ފޯމު ހުށަހެޅޭތާ 5 ދުވަސް ތެރޭގައި ކެންޑިޑަސީއާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހެޅިފައިނުވާނަމަ ކެންޑޭޓުގެ ޝަރުތު ހަމަވާކަމަށް ކަމަށް އިއުލާން... އިތުރަށް ވިދާޅުވޭ

“އަޅުގަނޑުމެންގެ ސަރުކާރުގައި ފައިސާ ޚަރަދުކޮށްފައިހުރީ ރަނގަޅަށްތޯ ނުވަތަ ގޯސްކޮށްތޯ ބެލުމަށް ކުރެވޭ އޮޑިޓް”ތަކުގެ އޮޑިޓް ރިޕޯޓުތައް އޮޑިޓަރ ޖެނެރަލް ނެރުއްވަމުން ގެންދަވާކަމީ އުފާކުރާ ކަމެއް – ރައީސް ނަޝީދު

“އަޅުގަނޑުމެންގެ ސަރުކާރުގައި ފައިސާ ޚަރަދުކޮށްފައިހުރީ ރަނގަޅަށްތޯ ނުވަތަ ގޯސްކޮށްތޯ ބެލުމަށް ކުރެވޭ އޮޑިޓް”ތަކުގެ އޮޑިޓް ރިޕޯޓުތައް އޮޑިޓަރ ޖެނެރަލް ނެރުއްވަމުން ގެންދަވާކަމީ އުފާފުޅުކުރައްވާކަމެއްކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ހދ. ވައިކަރަދޫއަށް ކުރެއްވި ކެންޕެއިން ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ ބައެއް ތަޙްޤީޤުތަކުން... އިތުރަށް ވިދާޅުވޭ

ފުލުހުންނާއި ސިފައިންގެ މަދަދުވެރިކަމާއިނުލާ ދިވެހިރާއްޖެއަށް ތަރައްޤީ ހޯދެން ނޯންނާނެކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ފުލުހުންނާއި ސިފައިންގެ މަދަދުވެރިކަމާއިނުލާ ދިވެހިރާއްޖެއަށް ތަރައްޤީ ހޯދެން ނޯންނާނެކަމަށް މޯލްޑީވިއަން ޑެމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓުތައް އެދާއިރާތަކުގެ ކެމްޕޭން ކޯޑިނޭޓަރުންނާއި ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ “އަޅުގަނޑުމެން ފުލުހުންނާ ދިމާލަށް ބާޣީއިންނޭ ކިޔަނީ”ކަމަށް އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ވިދާޅުވިނަމަވެސް ދަންނަވަމުން މިގެންދަވަނީ ޢަބްދުﷲ ރިޔާޒަކީ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ހދ. ނޭކުރެންދޫއަށެވެ. ނޭކުރެންދޫގައި އެމްޑީޕީގެ ކެމްޕޭން ޓީމާ ބައްދަލުކުރައްވާއި އެރަށުގައި ކެމްޕޭން ހަރަކާތްތައް ހިނގަމުންދާގޮތް ބައްލަވާލައްވާނެއެވެ. އެއަށްފަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ ވައިކަރަދޫއަށެވެ. ވައިކަރަދޫގައިވެސް ރައްޔިތުންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާ ބައްދަލުކުރައްވާނެއެވެ. ވައިކަރަދޫއަށްދަހު... އިތުރަށް ވިދާޅުވޭ

ވަޒީރުންގެ މަޖިލީހަކީ ސައުދާގަރުންނާއި، މާހިރުންގެ މެދުގައި ބަހާލެވިފައި އޮންނަ ތަނަކަށް ވެގެން އަޅުގަނޑުމެން މިއެދޭ ތަރައްޤީ ނުހޯދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ވަޒީރުންގެ މަޖިލީހަކީ ސައުދާގަރުންނާއި، ވަކިވަކި މާބޮޑެތި ބޭފުޅުންނާއި، މާހިރުންގެ މެދުގައި ބަހާލެވިފައި އޮންނަ ތަނަކަށް ވެގެން އަޅުގަނޑުމެން މިއެދޭ ތަރައްޤީ ނުހޯދޭނެކަމަށް މޯލްޑިވއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ބ. ގޮއިދޫއަށް 19 ޖުލައިވީ ހުކުރު ދުވަހު ކުރެއްވި ކެންޕެއިން ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ވަޒީރުންގެ މަޖިލިސް... އިތުރަށް ވިދާޅުވޭ

އެމްޑީޕީގެ ޚާއްޞަ ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު

ދިވެހިރާއްޖޭގެ ރައްޔިތުން ގެމަޖްލިހުގެ ރައީސް އޮނަރަބަލް އަބްދުﷲ ޝާހިދު، އެމްޑީޕީގެ ޗެއަރޕާރސަން މޫސާ މަނިކް، އަޅުގަނޑުގެ ރަނިންގ މޭޓް ޑރ. ލުތުފީ، އެމްޑީޕީ ޕާރލަމަންޓަރީ ގްރޫޕޫގެ ލީޑަރ އިބްރާހިމް މުޙައްމަދު ސާލިޙް، ޕާރޓީގެ ގައުމީ މަޖްލިހުގެ އެންމެ ބޭފުޅުންނާއި އަދި ވަކިން ޙާއްސަކޮށް މި ބައްދަލުވުން ބައްލަވަމުން އަޑުއައްސަވަމުން އަދި މިތަނުގައި ތިއްބެވި އެންމެހައި ބޭފުޅުން އައްސަލާމް އަލައިކުމް. ގިނަ ޕާރޓީ... އިތުރަށް ވިދާޅުވޭ

ކެންޑީޑޭޓުކަމުގެ ފޯމުތަކާއި ގުޅޭގޮތުން ހުރިހާ މައްސަލަތަކެއް ކޯޓުތަކުން ސާފުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ސެޕްޓެމްބަރ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް މިހާރު ހުރަހެއް ނެތް ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް މިހާރު ދައުލަތުގެ ހުރިހާ މުވައްސަސާތަކުންވެސް ލިބިވަޑައިގެންފައިވާކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކްފާން މިހެން ވިދާޅުވީ މިއަދު ހަވީރު މޫކާއި ސުއީޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނޫސްވެރިންނާ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ޔޫއެންގެ ރެޒިޑެންޓް ކޯޑިނޭޓަރާއި މިއަދު ބައްދަލުކުރަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ ޓޯނީ ލައިލްއާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު މިބައްދަލުކޮށްލެއްވުން އޮތީ ދިވެހިރާއްޖޭގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ. އދ.ގެ އިސްއޮފިޝަލުންނާއި އެކު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖޭގައި ސެޕްޓެމްބަރ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ބެހޭ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު މެލޭޝީޔާގެ ބޮޑުވަޒީރާއި މިއަދު ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސިރި ނަޖީބު ތުން ރައްޒާޤާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކޮށްލެއްވުން އޮތީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ސެރި ޕެދާނާ ޕުތްރަޖާޔާގައެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނު ވާހަކަފުޅުގެ ތެރޭގައި ދިވެހި ސަރުކާރާއެކު މެލޭޝީޔާގެ އިންވެސްޓްމަންޓްތަކުން ކުރެވިފައިވާ ކޮންޓްރެކްޓްތަކަށް ބަގާވާތުގެ ސަރުކާރު އައުމަށްފަހު ކަންތައްތައް ހިނގާފައިވާ ގޮތާމެދު ރައީސް... އިތުރަށް ވިދާޅުވޭ

އެމްޑީޕީ މެލޭޝީޔާ ބޮޑު ރޯދަ ވީއްލުމުގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރވެވަޑައިގަންނަވައިފި

އެމްޑީޕީ މެލޭޝީޔާ ބޮޑު ރޯދަ ވީއްލުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ބައިވެރވެވަޑައިގަންނަވައިފިއެވެ. އެމްޑީޕީގެ ފަރާތުން މިއަދު ކުއަލަލަމްޕޫރުގެ JW Marriot ހޮޓަލުގައި ބޭއްވި ރޯދަ ވީއްލުމުގައި ރައީސް ނަޝީދަށާއި އެމްޑީޕީއަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ. ރަައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އޮނަރަބްލް އަބްދުﷲ ޝާހިދާއި އެމްޑީޕީ ޕާރލިމެންޓަރީ ގްރޫޕްގެ ރައީސް... އިތުރަށް ވިދާޅުވޭ

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިހާރު މެލޭޝީޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު މެލޭޝީޔާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި JW މެރިއެޓް ހޮޓެލްގައި ބައްދަލުކުރައްވައިފިއެވެ. މިބައްދަކޮށްލެއްވުމުގައި އެމްޑީޕީގެ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރަށް ހުށައަޅާ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އަދި މިހާރު ކިޔަވާ ކުދިންނަށް ދިމާވާ ދަތިތައް... އިތުރަށް ވިދާޅުވޭ

ރައީސް މުހައްމަދު ނަޝީދު ގެ އުމުރާ ދަތުރުފުޅަށް ބައެއް ސިޔާސީ ފަރާތްތަކުން ހުރަސް އަޅަން މަސައްކަތްކުރާ ވާހަކަ އިވި އެކަމާ ހިތާމަ ފާޅު ކުރައްވާ އެފަދަ ނޭއްގާނި އަމަލު ހުއްޓާލުމަށް އިލްތިމާސް ކުރައްވައިފި

ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރާއްޖޭއަށް ކަނޑައަޅާފައިވާ ބޭރުގެ ސަފީރުންނާއި އެކި އެކި ޑިޕްލޮމެޓުންނާއި ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބާރު އަޅައިދިނުމަށާއި އަދި އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމުން ވެރިކަން ހަވާލު ކުރުމުގެ ކަންތައް ސުލްހަވެރި ކަމާއިއެކު ގެންދެވޭނެ އިންތިޒާމުތަކެއް ހަނމަޖެއްސުމަށް ބާރު އަޅައިދިނުމަށް... އިތުރަށް ވިދާޅުވޭ