އެމްޑީޕީގެ ދަބަހަށް ރިޔާސީ އިންތިޚާބު ވަދެ ނިމިއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ދަބަހަށް އިންތިޚާބު ވަދެ ނިމިއްޖެ ކަމަށާއި އިންތިހާބު އޮތީ ކިހިލި ޖަހައިލައިގެން މޮޅުވާ ގޮތަށް ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް އެމްޑީޕީން ވީ ވައުދުތައް ފުއްދާފައިވާތީ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މާލޭ ރާޅުގަނޑު ސަރަޙައްދުގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަ... އިތުރަށް ވިދާޅުވޭ
“އެމްޑީޕީ އަކީ ވައުދުވާ ޕާޓީއެއް، އެމްޑީޕާ އަކީ ވައުދު ފުއްދާ ޕާޓީ އެއް” – ރައީސް ނަޝީދު
އެމްޑީޕީ އަކީ ވައުދުވާ ޕާޓީއެއްކަމަށާއި އެމްޑީޕާ އަކީ ވައުދު ފުއްދާ ޕާޓީ އެއް ކަމަށް ރޭ ގައްދޫގައި ބޭއްވި ޖަލްސާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ގައްދޫ ގައި 11 އޯގަސްޓް 2013 ވަނަ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ގެ ކުރީގެ ސަރުކާރުގައި ރައްޔިތުންނަށް ވެފައިވާ... އިތުރަށް ވިދާޅުވޭ
ފުވައްމުލަކުގައި ފުޅާގޮތެއްގައި ޑައިވް ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވައިފި
ފުވައްމުލަކުގައި ހުރިހާ އުމުރެއްގެ މީހުންނަށް ހުޅުވާލެވިގެން ފުޅާގޮތެއްފައި ޑައިވްކުރުމުގެ ޕްރޮގްރާމެއް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިޕްރޮގްރާމް އިފްތިތާޙްކުރުމުގެ ގޮތުން ފުވައްމުލަކުގައި މިއަދު ހެނދުނު ރާއްޖޭގެ އެންމެ ތަޖުރިބާހުރި ބައެއް ޑައިވަރުންނާއި ފުވައްމުލަކުގެ ޒުވާނުން ގުޅިގެން އިންތިޒާމް ކުރި ޑައިވެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ފުވައްމުލަކުގެ ބޭރުން 18 މީޓަރުގެ ޑައިވްގައި ޖުމްލް 9... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދު ފުވައްމުލަކަށް ވަޑައިގަންނަވައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ދެކުނުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދު ފުވައްމުލަކަށް ވަޑައިގަންނަވައިފިއެވެ. ފުވައްމުލަކަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނުް މރުޙަބާއެއް ދެންނެވިއެވެ. މިއަދު ހެނދުނު ފުވައްމުލަކުގެ ދޫނޑިގަމް އަވަށުގައި އެމްޑީޕީ ހަރުގެއެއް ރައީސް ނަޝީދު ހުޅުވައިދެއްވިއެވެ. އަދި ރިޔާސީ ކެމްޕޭންގެ ހަރާކާތްތައް ކުރިއަށްދާގޮތް... އިތުރަށް ވިދާޅުވޭ
“އަޅުގަނޑުގެ އެންމެހާ ހެޔޮ އެދުންތައް” ފޮޓޯ އެގްޒިބިޝަން ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވާނެ
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު “އަޅުގަނޑުގެ އެންމެހާ ހެޔޮ އެދުންތައް” މިނަމުގައި ބޭއްވޭ ފޮޓޯ އެގްޒިބިޝަން އިފްތިތާޙްކޮށްދެއްވާނެއެވެ. މިރޭ 9 ޖަހާއިރު މިޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވާނީ މާލޭ ސިޓީ ހޯލްގައެވެ. މިއީ ރައީސް ނަޝީދު މުޅި ރާއްޖޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާއި ބައްދަލުކުރައްވާ މަންޒަރު ފެނިގެންދާނެ މައުރަޒެކެވެ. ރައީސް ނަޝީދުގެ ކެމްޕޭނުގައި ވޮލަންޓިއަރ ފޮޓޯގްރަފަރުން... އިތުރަށް ވިދާޅުވޭ
އިންޑިޔާގެ ބޮޑުވަޒީރާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑރ. މަންމޯހަން ސިން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ. ބޮޑުވަޒީރާއި ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙާއި، އިޤްތިޞާދީ ޙާލަތާއި އިންޑީޔާއާއި ދިވެހިރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅުން ހަރުދަނާކޮށް އެގުޅުން މުސްތަޤްބަލުގައި ދަމަހައްޓަވައިދެއްވާނެ ކަމުގައި... އިތުރަށް ވިދާޅުވޭ
އިންޑިޔާގެ އެކްސްޓަރނަލް މިނިސްޓަރާއި ފައިނޭންސް މިނިސްޓަރާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު އިންޑިޔާގެ މިނިސްޓަރ އޮފް ފައިނޭންސް ހިޒް އެކްސެލެންސީ މިސްޓަރ ޕީ. ޗިދަންބަރަމް އާއި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ ސަލްމާން ޚުރްޝީދާއި ބައްދަލުކުރައްވައިފިއެވެ. އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކުރައްވާ ދިވެހި ކިޔަވާ ކުދިންނަށް އަމާޒުކުރެވިގެން އިންޑިޔާ ސަރުކާރުން އިތުރު ސްކޮލަރޝިޕްގެ ފުރުޞަތު ފޯރުކޮށްދެއްވުމަށް ރައީސް... އިތުރަށް ވިދާޅުވޭ
ވާދަވެރި ސިޔާސީ ނިޒާމެއް ރަނގަޅަށް ޤާއިމުކުރެވުމުން މެނުވީ ބާއްޖަވެރި، ފާގަތި ދިރިއުޅުމެއް ލިބެން ނޯންނާނެކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ
ވާދަވެރި ސިޔާސީ ނިޒާމެއް ރަނގަޅަށް ޤާއިމުކުރެވުމުން މެނުވީ ބާއްޖަވެރި، ފާގަތި ދިރިއުޅުމެއް ލިބެން ނޯންނާނެކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ޓްރިވެންޑްރަމްގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ވާދަވެރިން ހައްޔަރުކުރައްވާ، ރައީސް މައުމޫން އިބްރާހިމް ނާސިރުގެ ގާތްބޭފުޅުން ހައްޔަރުކުރެއްވި ފަދައިން ހައްޔަރުކޮށް، ވެރިކަމުގެ... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދު ނިއުދިއްލީއަށް ވަޑައިގެންފި
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީގެ ރިޔާސީ ކެންޑިިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވެރިކަން ކުރާ ނިއު ދިއްލީއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އިންޑިޔާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. މިއަދު މެންދުރު ފަހު އިންޑިޔާގެ ފިނޭންސް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ ޕީ. ޗިދަންބަރަމް އާއި ބައްދަލުކުރައްވާނެއެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާ... އިތުރަށް ވިދާޅުވޭ
ަބައެއް ނުވަތަ މީހެއްގެ މޮޅުކަމަކީ އެފަރާތެއް ގޮސް ހުރި ހިސާބަށްވުރެން، ވެއްޓުމުން އެފަރާތެއް ތެދުވާ އަވަސް މިންވަރުކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.
ައެއް ނުވަތަ މީހެއްގެ މޮޅުކަމަކީ އެފަރާތެއް ގޮސް ހުރި ހިސާބަށްވުރެން، ވެއްޓުމުން އެފަރާތެއް ތެދުވާ އަވަސް މިންވަރުކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. “ދެފިޔަވަޅު ފަހަތަށް” ޝިޢާރުގެ ދަށުން ރާއްޖެޓީވީއިން ރާވާ އިންތިޒާމުކުރި ކުރެހުންތެރިންގެ ހުނަރު ދައްކާލުމުގެ މަޢުރަޒު ހުޅުއްވައިދެއްވަމުން ނެޝަނަލް އާޓް ގެލެރީގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ... އިތުރަށް ވިދާޅުވޭ
“އަޅުގަނޑުމެންނާ އެއްވެސް ސިޔާސީ ޕާޓީއަކަށް ވާދަކޮށްނުލެވިގެން އެދަނީ އަޅުގަނޑުމެންގެ ސްޕީޑަށްޓަކައި” – ރައީސް ނަޝީދު
“އަޅުގަނޑުމެންނާ އެއްވެސް ސިޔާސީ ޕާޓީއަކަށް ވާދަކޮށްނުލެވިގެން އެދަނީ އަޅުގަނޑުމެންގެ ސްޕީޑަށްޓަކައި”ކަމަށާއި، ބައިފިޔަވަޅުގައި، މަޑުޖެހި، ފަހަތަށްޖެހި، ހުއްޓި ތިބެވެން ނެތްކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މާލޭގައި ޤާއިމުކުރެވުނު އދ، އއ އަދި ވ އަތޮޅުގެ ޖަގަހަ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދާ،... އިތުރަށް ވިދާޅުވޭ
މަޝްރޫޢުތަކާއި، ތަރައްޤީގެ ޙަރަކާތްތައް ހުއްޓިފައި މިހިރީ ބަޖެޓު ނެތިގެން ނޫންކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ
މަޝްރޫޢުތަކާއި، ތަރައްޤީގެ ޙަރަކާތްތައް ހުއްޓިފައި މިހިރީ ބަޖެޓު ނެތިގެން ނޫންކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މުލަކު އަތޮޅު ކޮޅުފުއްޓަށް ކުރެއްވި ކެންޕެއިން ޒިޔާރަތެއްގައި އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ 2011 ވަނައަހަރަށްވުރެން 2012 ވަނައަހަރުގެ ބަޖެޓު ބޮޑުއިރު، 2013 ވަނައަހަރުގެ ބަޖެޓު އެއަށްވުރެންވެސް ބޮޑުކަމަށާއި،... އިތުރަށް ވިދާޅުވޭ
