މަންމާ ފޫހިވަނީ” ބުނާއަޑު އަހާންނުޖެހޭ މަގުން ޅަކުދިންނާއި، ޒުވާނުންނަށް ކުޅިވަރުކުޅެ، މިއުޒިކާއި، މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

“މަންމާ ފޫހިވަނީ” ބުނާއަޑު އަހާންނުޖެހޭ މަގުން ޅަކުދިންނާއި، ޒުވާނުންނަށް ކުޅިވަރުކުޅެ، މިއުޒިކާއި، މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް މޯލްޑީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. “މަޖާކުރުން – ބިރަކާއިނުލާ މުނިފޫހިފިލުވުން” ސިޔާސަތު އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ ޢުމްރާނީ ތަރައްޤީގެގޮތުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުގެ... އިތުރަށް ވިދާޅުވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށާއި ތުޅާދޫއަށް މިއަދު ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށާއި ތުޅާދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު ކެންދުއަށް ވަޑައިގެންނެވުމުން އެމަނިކްފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ކެންދޫގައި ރައީސް ނަޝީދު ވަނީ އެރަށުގައި އެމްޑީޕީގެ ކެންދޫ ޖަގަހަ ހުޅުއްވައިދެއްވިއެވެ. އަދި ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. ކެންދޫގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2012 ވަނަ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ރިޔާސީ ކެމްޕޭންގެ ދަތުރުފުޅެއްގައި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކެންދޫއަށެވެ. އެއަށްފަހު މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ ތުޅާދޫއަށެވެ. އަދި މިރޭ ތުޅާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ‘އެއްބުރުން’ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދު މާދަމާ... އިތުރަށް ވިދާޅުވޭ

ފަނޑިޔާރުންނާއި، ފަނޑިޔާރުގޭގެ ޤަދަރުވެރިކަމާއި، ޢިއްޒަތާ ގުޅޭގޮތުން ހިތާމަވެރި އަދި ކަންބޮޑުކުރުވަނި ގިނަގުނަ ކަންކަން ތިލަވަމުންއަންނަކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ފަނޑިޔާރުންނާއި، ފަނޑިޔާރުގޭގެ ޤަދަރުވެރިކަމާއި، ޢިއްޒަތާ ގުޅޭގޮތުން ހިތާމަވެރި އަދި ކަންބޮޑުކުރުވަނި ގިނަގުނަ ކަންކަން ތިލަވަމުންއަންނަކަމަށާއި، ކުރިއަތް މިއޮތް 68 ދުވަހުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އިސްލާޙުކުރާންޖެހޭކަމަށް ސިޓީ ހޯލްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މިއަދު މޯލްޑީވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގައި ޤަދަރުވެރިކަމާއި، ޢިއްޒަތާއި ގުޅޭގޮތުން ޒަމާނުއްސުރެން ފެށިގެންވެސް މިންގަނޑުތަކެއް ކަނޑައެޅިފައި އެބަހުރިކަމަށާއި،... އިތުރަށް ވިދާޅުވޭ

މިހާރު ކޮމިޝަނަރ އޮފް ޕޮލިސްކަމުގައި ހުންނެވި ޢަބްދުﷲ ރިޔާޒަކީ ބާޣީއެއްކަމަށާއި، އިންތިޚާބު ޚަރާބުކުރެއްވުމަށް އޭނާ ފުލުހުންގެ ތެރެއިން ބަޔަކު އެބަގެންގުޅުއްވާކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

މިހާރު ކޮމިޝަނަރ އޮފް ޕޮލިސްކަމުގައި ހުންނެވި ޢަބްދުﷲ ރިޔާޒަކީ ބާޣީއެއްކަމަށާއި، އިންތިޚާބު ޚަރާބުކުރެއްވުމަށް އޭނާ ފުލުހުންގެ ތެރެއިން ބަޔަކު އެބަގެންގުޅުއްވާކަމަށް ގަލޮޅުކަންމަތީ މާހެފުމުގެ ބައްދަލުވުމުގައި ރައްޔިތުންނާ ބައްދަލުކުރައްވާ މޯލްޑީވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މުޙައްމަދު ނަޝީދު އިތުރަށް ވިދާޅުވީ ޢަބްދުﷲ ރިޔާޒު ގެންދަވަނީ “މިދެންނެވި ފުލުހުންނާ އެކީގައި މަޝްވަރާތައް ކުރާ”ކަމަށާއި، “އެބޭފުޅާ... އިތުރަށް ވިދާޅުވޭ

ކުދި އާބާދީގެ ރަށްތަކުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމުން ތަރައްޤީގެ ރަންޒަމާނެއް އެރަށްތަކަށް ލިބިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ކުދި ރަށް ރަށަކީ މަސައްކަތްކުރާ އިޤްތިޞާދީ ޔުނިޓެއް ކަމަށާއި ހަމައެކަނި މަސައްކަތް ކުރަނީ ބޮޑު ބައްރުތަކާއި ބޮޑެތި ސިޓީތަކެއް ނޫންކަމަށާއި ކުދި ރަށްތަކުގައް އެމްޑީޕީގެ ސިޔާސަތުތައް ހިންގުމުން ތަރައްްޤީގެ ރަންޒަމާނެއް އެރަށްތަކުގައިވެސް ފެނިގެންދާނެކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިމޭރުމުން ވާހަކަފުޅުދެއްކެވީ ފެލިދެ އަތޮޅު ކެޔޮދޫގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގަައެވެ. ކެޔޮދޫގައި... އިތުރަށް ވިދާޅުވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ މުއްސަނދި ޕާޓީކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ އަކީ މި ރާއްޖޭގައަ ހަމައެކަނި އޮތް އެންމެ މީހުން، މެމްބަރުން ގިނަ ޕާރޓީއެއް ނޫންކަމަށާއި އެއީ މިރާއްޖޭގައި އޮތް އެންމެ މުއްސަނދި ޕާރޓީ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. “ފައިސާގެގޮތުންވެސް ޚިޔާލުގެ ގޮތުންވެސް މެމްބަރުންގެ ގޮތުންވެސް” ރައީސް ނަޝީދު ރޭ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަދައްކަވަމުން... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު އަރިއަތޮޅު ދެކުނުބުރީ ދިގުރަށް، ދަގެނތި، ކުނބުރުދޫ، އަދި މަހިބަދޫއަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ރިޔާސީ ކެމްޕޭންގެ ދަތުފުޅެއްގައި އަރިއަތޮޅު ދެކުނުބުރީ ދިގުރަށް، ދަގެނތި، ކުނބުރުދޫ، އަދި މަހިބަދޫއަށް ވަޑައިގަންނަވައިފިއެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އދ. ދިގުރަށަށެވެ. ދިގުރަށުން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި ދިގުރަށުގައި އެމްޑީޕީގެ ބޮޑު ދިދަ ނަންގަވައިދެއްވައި އެމްޑީޕީގެ ޖަގަހަ ހުޅުއްވަވައިދެއްވިއެވެ. ދަގެނތީގައި... އިތުރަށް ވިދާޅުވޭ

އެމްޑީޕީއަށް 8 އަހަރު ފުރުން ފާހަގަ ކުރުން

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަކީ ރައްޔިތުންގެ ތަރައްޤީއަށް ބިނާކުރެވުނު އެންމެ މުހިންމު ވަސީލަތަށް 8 އަހަރު ފުރުނު ދުވަސްކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ އެމްޑީޕީއަށް 8 އަހަރުފުރުމުގެ މުނާސަބަތުގައި މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ޕެރޭޑު އުސްފަސްގަނޑަށް ނިންމާލުމަށްފަހު، އެތަނުގައި ޕެރޭޑުގެ ބައިވެރިންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވައެވެ. އަޅުގަނޑުމެންގެ... އިތުރަށް ވިދާޅުވޭ

ތަރައްޤީއަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ބައެއް ސިޔާސީ ވެރިން ހަމައެކަނި ވެރިކަމަށްޓަކައި ސިޔާސީ ޙަރަކާތް ހިންގެވުންކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

މިއަދު ދިމާވެފައިވާ އެންމެ ބޮޑު މަސްއަލައަކީ ހަމައެކަނި ވެރިކަމަށްޓަކައި ބައެއް ވެރިން ސިޔާސީ ޙަރަކާތް ހިންގަވަމުން ގެންދެވުމުގެ ސަބަބުން ތަރައްޤީއަށްޓަކައި ހިންގޭ ޙަރަކާތެއް ނެތުންކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރިޔާސީ ކެންޕެއިންގެ ދަތުރުފުޅުގައި 25 ޖޫންވީ އަންގާރަ ދުވަހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށު މާދަޑު އަވަށު ބޯޅަދަނޑުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ފުވައްމުލަކަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ގދ. ތިނަދޫއަށާއި ފުވައްމުލަކަށް ކުރައްވަވާ ދަތުރުފުޅުގައި މިއަދު ކަންނެލި އޮޑިއެއްގައި ފުވައްމުލަކަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ކުރައްވާނެ ކަންކަމާއި މެދު މަޝްވަރާ ކުރެއްވުމެވެ. އަދި އޭގެ އިތުރުން ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭން ކުރައްވާ ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމެވެ. ފުވައްމުލަކުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއަކާއި... އިތުރަށް ވިދާޅުވޭ

ފަސް އަހަރުގެ ތެރޭގައި ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ އަކީ ތިނަދޫގެ ތަރައްޤީގެ ތަސައްވަރާއި އެކުގައި ނުކުމެ ތިބި ޕާރޓީއެއް ކަމަށާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ އުއްމީދަކީ ތިނަދޫ އާއި ހުވަދު އަތޮޅާއި މި ރާއްޖެއަށް ތަރައްޤީ ހޯދައި ދިނުން ކަމަށާއި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ތިނަދޫ އަކީ ސިޓީގެ ދަރަޖައިގެ ރަށެއް ކަމުގައި ހައްދަވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް... އިތުރަށް ވިދާޅުވޭ