ރައީސް ނަޝީދު އިގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީއާއި ބައްދަލުކުރައްވަައިފި

ރައީސް މުޙައްމަދު ނަޝީދު އިގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ހޮނަރަބްލް ވިލިއަމް ހޭގްއާއި ބައްދަލުކުރައްވައިފިއެވެ. ހޯމަ ދުވަހު ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގައި ބޭއްވި މިބައްދަލުވުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ކަންކަން ހިނގަމުން އަންނަ ގޮތާއި ދިވެހިރާއްޖޭގެ ޅަފަތުގައިވާ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތާގުޅޭގޮތުން މަޝްވަރާކުރެެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އަދި ދިވެހިރާއްޖޭގެ ހީނަރުވަމުން އަންނަ އިންސާނީ ޙައްޤުތަކުގެ ޙާލަތާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދު އިގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައީސް މުޙައްމަދު ނަޝީދު މިއަދު އިގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ދިވެހިރާއްޖޭގައި މިހާރު ހިނގަމުންމިދާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އިގިރޭސިވިލާތުގެ ސަރުކާރުގެ އިސްބޭފުޅުންނާއި އަދި ޕާލިމެންޓްގެ މެމްބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ކޮމަންވެލްތު ސެކެޓްރީ ޖެނެރެލްއާއި ކޮމަންވެލްތް ރޯޔަލް ސޮސައިޓީގެ ދައުވަތަކަށް ލަންޑަން އަދި ސްކޮޓްލެންޑްގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި ގުޅޭގޮތުން ތަގުރީރުކުރައްވާނެއެވެ. މީގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ އެކިއެކި ޖަމްޢިއްޔާތަކާވެސް... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ނޫސް ބަޔާން

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މަގާމުގައި ހުންނެވި މުޙައްމަދު ނާޒިމް އާއި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒު އަކީ ބަޣާވާތް ކުރައްވައިގެން ތިއްބެވި ދެބޭފުޅުންކަމަށް އަޅުގަނޑު ބުނާތީ އެދެބޭފުޅުން އަޅުގަނޑުގެ މައްޗަށް ސިވިލް ކޯޓުގައި އަބުރުގެ ދަޢުވާ ކުރައްވާފައިވާކަމަށް މީޑިޔާއިން ޚަބަރު ލިބެއެވެ. އަޅުގަނޑު ޤަބޫލު ކުރާގޮތުގައި މިއީ ދިވެހި ރައްޔިތުންގެ ލޯކުރިމަތީ ހިނގައިދިޔަ... އިތުރަށް ވިދާޅުވޭ

ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ރިޕޯޓާއި ގުޅިގެން ރައީސް ނަޝީދުގެ ވާހަކަފުޅު

އައްސަލާމް ޢަލައިކުމް އެގިވަޑައިގަންނަވާނޭ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހރާއްޖޭގެ ވެރިކަން ބަދަލުވެ ދިޔަގޮތާއި ގުޅޭގޮތުން ހިނގުނު ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ރިޕޯޓް މިހާރު މިވަނީ ޢާއްމު ކުރެވިފަ. ރިޕޯޓް ޢާއްމު ކުރުމުގެ ދުވަހެއް ކުރީގައި ކޮމިޝަންގައި ހިމެނޭ އެއްބޭފުޅެއްކަމަށްވާ އަޙްމަދު ސަޢީދު ކޮމިޝަންގެ ކަންތައްތައް ކުރިއަށްދާގޮތާއި ގުޅޭގޮތުން އެބޭފުޅާ ހިތްހަމަޖެހިވަޑައި ނުގަންނަވާތީވެ، އެބޭފުޅާ ވަރަށް ގިނަ ކަންތައްތަކެއް... އިތުރަށް ވިދާޅުވޭ

ޢީދު ތަހުނިޔާ

ޙަޔާތުގެ ޢާންމު ތަރުތީބާއި ، ހަވާ ނަފްސުގެ އެތަކެއް އެދުންތައް ޤުރުބާންކޮށް، އަޅުގަނޑުމެން ހިފި ރޯދަ ޤަބޫލު ކުރައްވާ، މަތިވެރި ރަޙުމަތާ ސަވާބުން ، އެންމެހާ މުސްލިމުންގެ މުރާދު ޙާޞިލު ކުރައްވާށިއެވެ. އަދި ޒަކާތުގެ ދީލަތި ކަމުން އަޅުތަކުންގެ މައްޗަށް ދީލަތިވެ ވޮޑިގަންނަވާށިއެވެ. ފުރިހަމަ ރޯދަމަހެއްގެ ނިޢުމަތަށް ފަހު އައި އުފާވެރި ޢީދާ ކުރިމަތިލާ ހިނދު ، ރާއްޖެއާ ދުނިޔޭގެ ކަންކޮޅުތަކުގައިވާ... އިތުރަށް ވިދާޅުވޭ

ޤައުމީ ރޫޙުގައި ތިއްބެވި ދިފާޢީ ބާރުތަކުގެ ބޭފުޅުންނާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ގައުމީ ރޫހުގައި ތިބި ފުލުހުންނާއި ސިފައިންނާއެކުގައި މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެ މިދެމުވައްސަސާ އިޞްލާޙްކުރެއްވުމަށް ކުރާން ހުރި ހުރިހާ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެޖެއެވެ. އަދި ދިވެހިރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ ތަހުޒީބު ސަލާމަތީ ބާރުތަކެއް ރާއްޖޭގައި ޤާއިމުކުރުމަށްކަމުގައިވެސް ވިދާޅުވިއެވެ. ސަލާމަތީ ބާރުތަކުގެ މދެމުވައްސަސާކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މޯލްޑިވސް ނެޝަނަލް ޑިފެންސް ފޯރސް އިސްލާހުކުރުމަށް ކިތަންމެ ބަޔަކު... އިތުރަށް ވިދާޅުވޭ

އޮގަސްޓު 12/13 ވަނަ ދުވަހަކީ ދިވެހި ރައްޔިތުންނަށް ހިތްވަރު ލިބުނު ދުވަހެއް – ރައީސް ނަޝީދު

އޮގަސްޓު 12/13 ވަނަ ދުވަހު ހިގައިދިޔަ ހާދިސާތަކާއި އެދުވަހުގެ ހަނދާނުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އާރޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެދުވަހަކީ ދިވެހި ރައްޔިތުންނަށް އަނިޔާވެރިކަމާއި ޚުދުމުހުތާރު ވެރިކަން ދިވެހިރާއްޖެއިން ނައްތާލުމަށް ހިތްވަރު ލިބުނު ދުވަހެއްކަމަށެވެ. ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “2004 ވަނަ އަހަރުގެ އޮގަސްޓު މަހުގެ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ނޫސް ބަޔާން

ނޫސް ބަޔާން 7 ފެބްރުއަރީ 2012 ވަނަ ދުވަހު ވެރިކަން ބަދަލުވެގެންދިޔަގޮތާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތައް ބައިވެރިވާ އިންކުއަރީއެއް ނިންމުގެ ތާރީޚަކީ 31 އޮގަސްޓް 2012 ވަނަ ދުވަސް ކަމުގައި ކަނޑައަޅާފައިވަނިކޮށް ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ދެމުވައްސަސާކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި މަސައްކަތް ކުރައްވާ އެކިފެންވަރުގެ ބޭފުޅުން ވަޒީފާތަކުން ވަކިކުރައްވަމުން ގެންދަވާކަމީ އަޅުގަނޑު ނުހަނު... އިތުރަށް ވިދާޅުވޭ

ޖަމާއަތުގެ ފުލުހުން އުފެއްދުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ދިވެހިރާއްޖޭގައި ލާމަރުކަޒީ އުސޫލުން ހަރަކާތްތެރިވާ ޖަމާއަތުގެ ފުލުހުން އުފެއްދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ އާރޓިފިޝަލް ބީޗްގައި ރޭބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން މިހާރުގެ ފުލުހުންގެ މުވައްސަސާއަކީ ރަޔަޓް ޕޮލިސްގެ ގޮތުގައި ތަމްރީންވެފައިވާ، ރައްޔިތުން ބިރުގަންނަވަންއޮތް ފުލުހުންގެ މުވައްސަސާއެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން އެދެނީ އެފަދަ... އިތުރަށް ވިދާޅުވޭ

އާސަންދައަކީ ދިވެހިރާއްޖޭގައި ފަގީރުކަމާއި ނިކަމެތިކަން ނައްތާލުމުގެ ނިޒާމްގެ ނާރެސް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން 1 އޮގަސްޓު 2012ގައި އަރޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަގީރުކަން ނައްތާލުމަށާއި ނިކަމެތިންނަށް އެހީވެދިނުމަށްޓަކައި އެމަނިކްފާނުގެ ވެރިކަމުގައި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ތަޢާރަފު ކުރެވުނުކަމުގައެވެ. އަދި މިނިޒާމުގެ ނާރެހަކީ އާސަންދަ ޕްރޮގްރާމްކަމުގައެވެ. އާސަންދައިގެ އަމާޒަކަށްވީ ދުނިޔޭގެ އެހެންވެސް ގައުމުތަކެކޭ އެއްފަދައިން މީހަކު ބަލިވީމާ އެބައްޔަށް... އިތުރަށް ވިދާޅުވޭ

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވުން

ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމާއި ފަރުދީ މަސަލަސްކަމާއި އިންސާނީ ކަރާމަތް އަބަދަށްޓަކައި ހިފަހައްޓާ، ނަގަހައްޓާ، ދެމެހެއްޓުމަށް ހިންމަތްކުރާ ދިވެހިރައްޔިތުންނަށް މިނިވަންދުވަހުގެ ތަހްނިޔާ ދަންނަވަމެވެ. ދުނިޔޭގެ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެގޮތުގައި އޮތުމަކީ އަޅުގަޑުމެންގެ ފަޙުރެކެވެ. ހަމައެހެންމެ، ޤައުމީ މިނިވަންކަމުގެ އެންމެހާ ބަހާތަކުގެ ޙަޤީޤަތްތައް ޖީލުތަކަށްޓަކާ ކަށަވަރުވެ އޮތުމަކީ މިނިވަން ޤައުމެއްގެ ލާޒިމް ސިފައެކެވެ. މަޢާފްކުރުމާއި އޯގާތެރިކަމާއިއެކު މުޢާމަލާތްކުރުމަކީ މިނިވަން ރައްޔިތަކު އަޅުވެތިކުރާނެ... އިތުރަށް ވިދާޅުވޭ