އެއަރޕޯޓް ޖީ.އެމް.އާރް އަތުން އަތުލުމަށް ދެކެވޭ ވާހަކަތަކަކީ ވަރަށް ޒިންމާދާރު ކުޑަގޮތަކަށް ދެކެވޭ ވާހަކަތަކެއް – ރައީސް މުޙައްމަދު ނަޝީދު
އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް، އިންޑިޔާގެ ޖީ.އެމް.އާރް ކުންފުނި އަތުން އަތުލުމަށް ދެކެވޭ ވާހަކަތަކަކީ ވަރަށް ޒިންމާދާރު ކުޑަގޮތަކަށް ދެކެވޭ ވާހަކަ ތަކެއް ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެ މިކަމާއި ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް ރޭ އުސްފަސްގަނޑުގައި އެމް.ޑީ.ޕީ ގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވައިފިއެވެ. އެއަރޕޯޓް ޖީ.އެމް.އާރް އަތުން އަތުލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ދަނީ... އިތުރަށް ވިދާޅުވޭ
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ސާދާކަމާއިއެކު ކާމިޔާބު ކޮށްދޭނަން – ރައީސް ނަޝީދު
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ސާދާ ކަމާއިއެކު ކާމިޔާބުކޮށްދެއްވާނޭކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އުސްފަސްގަނޑުގައި އެމް.ޑީ.ޕީ ގެ ފަރާތުން ބޭއްވި ޙާއްޞަ ޖަލްސާގައި އެޕާޓީގެ މެންބަރުންނާއި އަދި ސަޕޯޓަރުންނާއި މުޙާތަބު ކުރައްވަމުންނެވެ. އިންތިޙާބުގައި ކެންޑިޑޭޓުންގެ ލިސްޓްގައި ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ހިމެނިފައި އޮންނާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމަށް ވެސް ރޭގެ ޖަލްސާގައި... އިތުރަށް ވިދާޅުވޭ
ދައުލަތް ހިންގެވުމުގައި ހަމަހަމަކަމާއި ޤާނޫނުތަކަށް އިޙްތިރާމް ކުރެއްވުމާއި އިޚްލާސްތެރިކަމާއެކު އެކަން ކުރެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރަން
ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުގެ ޚަރަދުތައް ފޯރުކޮށްދެއްވުމުގައި ޤާނޫނުން ދައުލަތައް ލާޒިމްކުރާ ޒިންމާއަށް ދައުލަތުން އިހުމާލުވެފައިވާކަން ހިތާމަޔާ އަދި ކަންބޮޑުވުމާއެކު މިއޮފީހުން ފާހަގަ ކުރަމެވެ. ޤާނޫން ނަމްބަރ 2009/9 ގެ 8 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން އޮފީސް ހިންގުމުގެ ޚަރަދުތައް ދައުލަތުން ދެއްވަން ވާނެ ކަމަށް ކަޑައަޅުއްވައި ބަޔާން ކޮށްފައިވަނީ “ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖްތަމާއަށް ފައިދާ ހުރި... އިތުރަށް ވިދާޅުވޭ
ނޫސްބަޔާން
މޫސުމަށް އަންނަ ބަދަލުގެ ނޭދެވޭ އަސަރާއި އިންތިހާއަށް ކުރިމަތިލުމަށް މަޖުބޫރުވެފައިވާ މިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ގެއްލުން މިވަނީ ކުރިމަތިވެފައެވެ. ދަތުރުފަތުރާއި މުޢާސަލާތާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ހިންގުންތަކަށްވަނީ ބުރޫއަރާފައެވެ. މިއެންމެހާ ގެއްލުންތަކަށްވުރެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ނަފްސާ ގެދޮރާއި މުދަލަށް މީގެ އަސަރު ނިހާޔަތަށް ފޯރާފައިވުމެވެ. އަދި ވަކިން ހއ. ހޯރަފުއްޓާއި ބާރަށާއި ހަނިމާދޫ އާއި އައްޑޫ ސިޓީގެ ހުޅުދޫ އާއި... އިތުރަށް ވިދާޅުވޭ
މިހާރުފެންނަމުންދާ މަންޒަރުތަކުން އަންނަ ރިޔާސީ އިންތިޙާބު އެއްބުރުން ކާމިޔާބު ކުރެވޭނެ – ރައީސް ނަޝީދު
މިހާރު ފެންނަމުންދާ މަންޒަރުތަކުން އަންނަ ރިޔާސީ އިންތިޙާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކުރީގައި އެމް.ޑީ.ޕީ އަށް މާބޮޑު ކާމިޔާބެއް ނުލިބޭ ދާއިރާތަކުން މިހާރު ވަރަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާކަމަށް އެމަނިކުފާނު ވިދާޅުވީ މިއަދު މެންދުރާއި ގާތްވެފައިވަނިކޮށް ފ. ބިލެތްދޫގައި މާދަމާ ނެގުމަށް ހަމަޖެހިފައިވާ ކައުންސިލްގެ ބައި އިލެކްޝަންއަށް ކެމްޕޭންކޮށްދެއްވުމަށް ބިލެތްދޫއަށް ވަޑައިގަތުމަށްފަހު މާލެ... އިތުރަށް ވިދާޅުވޭ
ޢީދުގެ ތަހުނިޔާ
އުފާވެރި ބޮޑު ޢީދުގެ ތަޙްނިޔާ ހުރިހާ ދިވެހިނަށާއި އެންމެހާ މުސްލިމުންނަށް ދަންނަވަމެވެ. މުޙަންމަދު ނަޝީދު
ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމަށް އިނގިރޭސިވިލާތުގެ ދެ ލޯފަރމަކުން ދެ ޤާނޫނީ ވަކީލަކު އައްޔަން ކުރައްވައިފި
ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމަށް އިނގިރޭސިވިލާތުގެ ދެ ލޯފަރމަކުން ދެ ޤާނޫނީ ވަކީލަކު އައްޔަން ކުރައްވައިފިއެވެ. އެ ދެ ޤާނޫނީ ވަކީލުންނަކީ، ސަރ އިވާން ލޯރެންސް (ކިޔު.ސީ) އާއި، މރ. ޢަލީ މުޙައްމަދު އަޒްހަރު އެވެ. ސަރ އިވާން ލޯރަންސް (ކިޔު.ސީ) އަކީ، އިނގިރޭސިވިލާތުގެ ކްރިމިނަލް ލޯޔަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޤާނޫނީ ވަކީލެވެ. ސަރ އިވާން ލޯރަންސް... އިތުރަށް ވިދާޅުވޭ
ނޫސްބަޔާން
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ 07 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ 16:00 އަށް ރައީސް ނަޝީދު އެކޯޓަށް ޙާޟިރުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ކޯޓުއަމުރެއް ނެރުއްވާފައެވެ. އެކޯޓުން ނެރުއްވާފައިވާ ޢަމުރާ ގުޅޭ ގޮތުން އިސްތިޢުނާފު ކުރަން ބޭނުން ކަންތައްތަކެއް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ ހުށަހެޅުމަށް މިއަދު (06 އޮކްޓޯބަރު 2012) ގެ ހެނދުނުއްސުރެ ވަނީ ރައީސް ނަޝީދުގެ... އިތުރަށް ވިދާޅުވޭ
ނޫސްބަޔާން
7 އޮކްޓޯބަރ 2012 ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް ރައީސް ނަޝީދު ޙާޟިރުކޮށްދިނުމަށް އަންގައި، އެކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރެއް ނެރެފައިވާކަމުގެ މައުލޫމާތުވަނީ މިއޮފީހަށް މީޑިޔާއިން ލިބިފައެވެ. އެ މައްސަލައިގެ ޝަރީޢަތުގެ އެ އަޑުއެހުމަށް ޙާޟިރުވުމަށް އަންގާ ކޯޓު އަމުރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ރައީސް ނަޝީދަށް މިއަދާ ހަމައަށްވެސް ފޮނުއްވާފައެއް ނުވެއެވެ. އަދި،... އިތުރަށް ވިދާޅުވޭ
ނޫސް ބަޔާން
މިއަދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ރައީސް ނަޝީދުގެ މައްޗަށް ދަޢުވާކުރެވޭ މައްސލައިގެ ޝަރީޢަތުގެ މަޖިލީހަށް ރައީސް ނަޝީދު ޙާޟިރުވެވަޑައިނުގެންނެވީ އެމް.ޑީ.ޕީގެ 27 ސެޕްޓެމްބަރ 2012 ވަން ދުވަހު ފާސްކޮށްފައިވާ ޤާރާރާ އެއްގޮތަށް ޢަމަލުކުރެއްވުމަށެވެ. އެއީ، ޤައުމީ ހިންގާ ކޮމިޓީގެ ޤަރާރުތަކަކީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ނަޝީދު އެ ޤަރާރުތަކުގެ ރޫޙާ އެއްގޮތަށް ޢަމަލުކުރެއްވުން މުހިއްމު ނިންމުންތަކެއް ކަމަށް ދެކިވަޑައިގަންނަވާތީއެވެ.... އިތުރަށް ވިދާޅުވޭ
ނޫސް ބަޔާން
ޕްރޮސެކިއުޓަރ ޖެނެރަލް ރައީސް ނަޝީދުގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުރައްވާ ދަޢުވާގެ ޝަރީޢަތް ކުރުމަށް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން ދަންނަވަމެވެ. 1- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، އަދުލްއިންސާފު ޤާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި އަދި ޤާނޫނަކުން ކަނޑައަޅާފައިވާ... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދު ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ވާހަކަފުޅު ދައްކަވައިފި
ރައީސް މުޙަންމަދު ނަޝީދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ވާހަކަފުޅުދައްކަވައިފިއެވެ. ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވީ ގޮތާއި، މިހިސާބުން ދެން ކުރިޔަށް ގެންދާނޭ ގޮތެއް ކަނޑައަޅައި، އެ ގޮތުގައި ކުރިޔަށް ދިއުމުގެ މުހިންމު ކަމާބެހޭ ގޮތުން އަލިއަޅުވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރެވެން އޮތް... އިތުރަށް ވިދާޅުވޭ
