އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުން ތަންފީޛުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ

ރައީސް މުޙައްމަދު ނަޝީދު 22 ޑިސެމްބަރު 2015 ދުވަހު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވިކަމަށް ތުހުމަތުކޮށްފައިވާ ޢަމަލަކީ ޓެރަރިޒަމްގެ ޢަމަލަކަށްނުވާތީ، ސަރުކާރުގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރަން ޖެހޭނެކަމަށް އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން 17 ސެޕްޓެމްބަރު 2015... އިތުރަށް ވިދާޅުވޭ

އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ތައުޒިޔާ ދަންނަވައިފި

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު 19 ޑިސެމްބަރ 2015 ގައި ސިންގަޕޫރުގައި އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމާގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެޑައިގަންނަވައި ޢަލީ އުމަރު މަނިކުގެ ޢާއިލާއަށް ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ. އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު ދިވެހިރާއްޖެއަށް ކުރައްވާފައިވާ ޚިދުމަތްތަކަކީ އަގުކުރެވޭނެ ކަންކަމެއް ނޫނެވެ. އަލްމަރުހޫމް އިބްރާހީމް... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް ކްރިމިނަލް ކޯޓުން ނިންމާފަައިވާ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށް ހުށަހެޅުން

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް ކްރިމިނަލް ކޯޓުން 13 މާޗް 2015 ގައި ނިންމި މައްސަލައަށް ޝަރުޢީ ޙައްލެއް ހޯދުމަށްޓަކައި އެމައްސަލަ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައެވެ. މިމައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކްރިމިނަލް ކޯޓުގައި ކުރެވުނު ޓެރަރިޒަމްގެ ކުށުގެ ދަޢުވާއަކީ... އިތުރަށް ވިދާޅުވޭ

19 ޖުލައި 2015 ދުވަހު ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސައްޙަ ތައްގަނޑު ޖަހާފައިވާ ސިޓީއަކީ 17 އޮގަސްޓް 2015 ދުވަހު ސަރުކާރުން ތަންފީޛްކުރަން ފަށާފައިވާ ސިޓީއެއްކަމަށްވާތީ، ރައީސް މުޙައްމަދު ނަޝީދު މިހިނދުން މިހިނދަށް އަނބުރާ ގެއަށް ބަދަލުކުރަން ގޮވާލާ ނެރޭ ނޫސްބަޔާން

  ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެވުނު ޙުކުމް ތަންފީޒްކުރަމުން ދަނިކޮށް، އެމަނިކުފާނު 8 ހަފްތާއަށް ގޭބަންދަށް ބަދަލުކުރިކަމަށް ސަރުކާރުން 23 ޖޫން 2015 ދުވަހު ދިން ލިޔުމުގެ ދަށުން ގޭ ބަންދުގައި ހުންނަވަނިކޮށް، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޛުކުރުން ދާއިމީކޮށް ގޭބަންދަށް ބަދަލުކުރެވުނުކަމަށް 19 ޖުލައި 2015 ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދޫކުރި ލިޔުމަކީ، މޯލްޑިވްސް ކަރެކްޝަނަލް... އިތުރަށް ވިދާޅުވޭ

ރައީސް މުޙަންމަދު ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ މަޢުލޫމާތު އެމަނިކުފާނުގެ ހުއްދަ ނެތި ޢާންމު ނުކުރަމަށް ސަރުކާރަށް އިލްތިމާސް ދަންނަވަން

ރައީސް މުޙަންމަދު ނަޝީދުގެ އާލާސްކަންފުޅާއި ގުޅޭގޮތުން ރައީސް މުޙަންމަދު ނަޝީދު ބެއްލެވި ޑޮކްޓަރުން ރައީސް މުޙައްމަދު ނަޝީދަށް ދެއްވާ ލަފައާއި ރައީސް މުޙައްމަދު ނަޝީދުގެ ބައްޔާގުޅޭ އެކިއެކި މަޢުލޫމާތު ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަސީރު ޢާންމު ކުރައްވަމުން ގެންދަވާ ކަމީ މިއޮފީހުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި ސަރުކާރުގެ ޒިންމާދާރުކަން ކުޑަ އެ ޢަމަލު މިއޮފީހުން... އިތުރަށް ވިދާޅުވޭ

ނޫސް ބަޔާން

ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޛުކު ގެންދަނިކޮށް، އެޙުކުމުގެ ބާކީ އޮތް ބައި ދާއިމީކޮށް ގޭބަންދަށް ބަދަލުކޮށް، 19 ޖުލައި 2015 ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ނަންބަރު 167-OPC/SM/INDIV/2015/1412 ‘ބަންދު މީހުންގެ އިޤްރާރު’ އިން ވަނީ ރައީސް މުޙައްމަދު ނަޝީދަށް އެކަން އަންގާފައެވެ.... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ ޙައްޤުތައް ހިފެހެއްޓުމަށްފަހު ސުޕްރީމް ކޯޓުގައި އެމަނިކުފާނުގެ ޝަރީޢަތް ހިންގަން ފެއްޓުން.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ޝަރީޢަތުގައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް ހިނގާފައިވޭތޯ ކަށަވަރުކޮށްދިނުމަށް އެދި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރެލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިޖްރާޢީ އަޑުއެހުމެއް ބުދަ ދުވަހު މެންދުރު 1.30 ގައި ތާވަލުކޮށް، އެ އަޑުއެހުން ބާއްވައި، އަދި އެކަން ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ޢާންމުކޮށްަފައިވާހިނދު، ބުނެވިދަ މައްސަލާގައި ދައުވާލިބޭ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް މަޙްފޫޒް ސަޢީދުގެ ނޫސް ބަޔާން

4 ސެޕްޓެމްބަރު 2015 ދުވަހު އަޅުގަނޑަށް ދިން ޙަމަލާއާ ގުޅޭ. 4 ސެޕްޓެމްބަރު 2015 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަޅުގަނޑަށް ދިން ހަމަލާއަށް ފަހު، މިހާރު އަޅުގަނޑުގެ ހާލު ރަނގަޅުވަމުން އަންނަ ވާހަކަ ހެޔޮއެދޭ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑަށް ދިން ހަމަލާ ކުށްވެރިކޮށް، އަޅުގަނޑަށް ހެޔޮ ދުޢާ ކުރެއްވި އެންމެހައި ފަރާތްތަކަށް ހިތުގެ އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި... އިތުރަށް ވިދާޅުވޭ

ނޫސް ބަޔާން

  ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ޝަރީޢަތާއި، އެމައްސަލައިގެ އިސްތިއުނާފާއި، އަދި ޖުމްލަކޮށް ރައީސް މުޙައްމަދު ނަޝީދާ ގުޅޭ ގޮތުން ކެނޑިނޭޅި ސަރުކާރުން ދަނީ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ދޮގު މައުލޫމާތު ފޯރުކުރަމުންނެވެ. އެގޮތުން، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް އިސްތިއުނާފު ކުރުމަށް ރައީސް މުޙައްމަދު ނަޝީދަށް ފުރުޞަތު ދެއްވާފައިވާ ކަމަށާއި،... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން އދ.ގެ ވަރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުއްވި މައްސަަލައިގައި ވަރކިން ގްރޫޕުގެ ނިންމުންތައް

ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން އދ.ގެ ވަރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުއްވި މައްސަަލައިގައި ވަރކިން ގްރޫޕުގެ ނިންމުންތައް (ތަރުޖަމާ)

ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައިގެ ހައިކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ޙުކުމް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/132/Cr-Cޤަޟިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް އިސްތިއުނާފް ކޮށްފައިވާ ކަމަށް ބުނެ 17 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނޫސް ބަޔާނެއް ނެރުއްވާފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްވެ ދެންނެވި ނޫސް ބަޔާނުގައި ރައީސް މުޙައްމަދު ނަޝީދާ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރް.އައި ސްކޭން ލަސްނުކުރައްވައި ހައްދަވައިދެއްވުމަށް އަނެއްކާވެސް އެދިވަޑައިގެންފި

ޑޮކްޓަރުގެ ލަފާގެ މަތިން ރައީސް މުޙާއްމަދު ނަޝީދުގެ އެމް.ޢާރު.އައި ސްކޭން ހައްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަރިހުގައި އަނެއްކާވެސް އެދިވަޑައިގެންފިއެވެ. ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފް ސޮއި ކުރައްވައި މިނިސްޓަރ ޢުމަރު ނަޞީރަށް މިއަދު ފޮނުއްވެވި ސިޓީގައި ޑޮކްޓަރު ލަފާ ދެއްވާފައިވާ ގޮތަށް ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރު.އައި... އިތުރަށް ވިދާޅުވޭ