ކްރިމިނަލް ކޯޓުގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގި ޓެރަރިޒަމްގެ ޝަރީޢަތް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ނިންމައިފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޓެރަރިޒަމްގެ ޙުކުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ހައި ކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު މައްސަލާގައި، އެމައްސަލަ ބަލައިގަތުމަށް ހުއްދަ ދެވެން ނެތްކަމަށް ބުނެ، ބުނެވިދިޔަ މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުން ހިންގާފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިރޭ ވަނީ ކަނޑައަޅާފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހެޅި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ހައިކޯޓު މައްސަލައިގެ އިބްތިދާޢީ އަޑުއެހުން މާދަމާ ބޭއްވުމަށް ތާވަލް ކުރައްވައިފި   

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ޙުކުމް ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހުން އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅުއްވުމުން، އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިބްތިދާޢީ އަޑުއެހުން 9 ސެޕްޓެމްބަރު 2015 ދުވަހުގެ މެންދުރު 2 ޖަހާއިރު ހައިކޯޓުގައި ތާވަލް ކޮށްފައިވާ ކަމަށް ރައީސް މުޙައްމަދު ނަޝީދަށް ހައިކޯޓުން މިއަދު ވަނީ އަންގާފައެވެ.... އިތުރަށް ވިދާޅުވޭ

ހައިކޯޓުގެ އިބްތިދާޢީ އަޑުއެހުމާމެދު ގޮތެއް ނިންމެވުމަށް ޤާނޫނީ ވަކީލުންނާއެކު މަޝްވަރާކުރުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފި

  ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ޙުކުމް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިޢުނާފުކޮށްފައިވާކަމަށާއި، އެއިސްތިޢުނާފު ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް އެކޯޓުން އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް ހަމަޖައްސާފައިވާކަމަށާއި، އެއަޑުއެހުމުގައި ރައީސް މުޙަންމަދު ނަޝީދަށްވެސް ބައިވެރިވެޑައިގަތުމުގެ ފުރުސަތު އޮތްކަމަށް 2 ސެޕެޓްބަރު 2015 ގެ ތާރީޚު އޮތް ސިޓީއަކުން އެކޯޓުން އަންގަވާފައިވެއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުން ދިވެހިރާއްޖެއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުން ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުން 10 އަށް ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެއެވެ. ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ފްރީޑަމްނައުގެ ފައުންޑަރ ޖެރެޑް ގެންސަރ އަދި މަޝްހޫރު އިންސާނީ ޙައްޤުތަކުގެ ދާއިރާގެ ޙާއްޞަ ޤާނޫނީ ވަކީލު އަމާލް ކްލޫނީ ދިވެހިރާއްޖެއަށް ވަޑައިގަންނަވަނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ޢާއިލީ ބައްދަލުވުންތަކަށް އަނެއްކާވެސް ހުރަސް އަޅައިފި

ބޭއިންސާފު ޝަރީޢަތެއްގެ ވާސިތާއިން ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ރައީސް މުޙަންމަދު ނަޝީދުގެ ޢާއިލާ އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރުމުގެ ޙައްޤުން މަޙްރޫމުކުރުމަށް ކުރަމުންދާ މަސައްކަތްތައް މިއޮފީހުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. ރައީސް ނަޝީދުގެ ޢާއިލާ ބޭފުޅުންނަށް އެމަނިކުފާނަށް ހަފުތާއަކު އެއްފަހަރު ޒިޔާރަތްކުރުމަށްދީފައިވާ ހަނި ފުރުސަތުގެ ތެރެއިންވެސް، އެމަނިކުފާނުގެ މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ބޭފުޅުންނަށް އެމަނިކުފާނާ ބައްދަލުނުކުރެވޭނަކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރު.އައި ސްކޭން ހެދުމަށް ހޯމް މިނިސްޓަރު އަރިހުގައި އެދިވަޑައިގެންފި

އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގަައި ފަރުވާ ދިނުމަށްފަހު ޑޮކްޓަރު ލަފާ އަރުވާފައިވަނީ 2 ހަފްތާ ފަހުން އެމް.އާރު.އައި ސްކޭން ހެދުމަށެވެ. އެ މުއްދަތު މިއަދު ހަމަވެފައިވާތީ ޑޮކްޓަރުގެ ލަފާއާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރު.އައި ސްކޭން ހައްދަވައިދެއްވުމަށް އެދި އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފް މިނިސްޓަރ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ސިއްޙީ ޙާލުކޮޅާމެދު ކަންބޮޑުވޭ

2015 މާޗް 13 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް މާފުށީ ޖަލުގައި ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް 2015 ޖޫން 23 ވަނަ ދުވަހު ދެ މަސްދުވަހަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގޭބަންދަށް ބަދަލު ކުރީ އެމް.އާރު.އައި. ސްކޭން ހެދުމަށްފަހު ނިއުރޯ ސަރޖަންގެ ލަފާގެ މަތިން ދެ މަސް ދުވަހަށް ފިޒިއޯތެރެޕީ ހެދުމަށާއި ހަމަހިމޭން... އިތުރަށް ވިދާޅުވޭ

ރައީސް މުޙަައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހާޒިރުވުމަށް އަންގަވައިފި

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަތީފް މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހާޒިރުވުމަށް ޗިޓު ފޮނުއްވައިފިއެވެ. 2015 އޮގަސްޓު 25 ވަނަ ދުވަހު 20:30 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އުސާމަތު ސޮއި ކުރައްވައި ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ހަސަން ލަޠީފާ ޗިޓު ހަވާލުކުރެއްވީ މިރޭގެ ވަގުތެއްގައެވެ.... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު އަނބުރާ ޖަލަށް ގެންދިއުމަކީ ޣައިރު ޤަނޫނީ ހައްޔަރެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި

އާދީއްތަ ދުވަހުގެރޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ މ.ޔާގޫތުގެއަށް ވަޑައިގެން އެއްވެސް ލިޔެކިޔުމެއް ނެތި، ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް އަލުން އަނބުރާ ޖަލު ބަންދަށް ގެންދިއުމަކީ ޣައިރު ޤާނޫނީ ބަންދެއްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިް ކްރިމިނަލް ކޯޓަށް ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުން މިއަދު ހެނދުނު މައްސަލަ ހުށަހަޅުއްވައިފިއެވެ. ރައީސް... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤަނޫނީ ވަކީލުން ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ

ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމް އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުން ބެން އެމަރސަން (ކިއު.ސީ)، އަމާލް ކްލޫނީ އަދި ޖެރެޑް ގެންސަރ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ބިޒްނަސް ވިސާ ހަމަޖެހިފައިވާ ކަމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ރައީސް މުޙައްމަދު ނަޝީދުގެ... އިތުރަށް ވިދާޅުވޭ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރައީސް ނަޝީދަށް ސިޓީފުޅެއް ފޮނުއްވަވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ރައީސް މުޙައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވަވައިފިއެވެ. ރައީސް ނަޝީދަށް ފޮނުއްވެވި ސިޓީފުޅުގައި ބޮޑުވަޒީރު ކެމެރަން ވިދާޅުވެފައިވަނީ ނިމިގެންދިޔަ އިންތިޚާބުގައި އެމަނިކުފާނަށާއި އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ކޮންޒަރވެޓިވް ޕާޓީއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބާއެކު ޒިންމާދާރު ކަމާއެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިޔާސަތުތަކާ މެނިފެސްޓޯ ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގައެވެ. ރައީސް ނަޝީދުގެ ތާޢީދާއި... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ދަޢުވާ އަދި ޝަރީޢަތާ ގުޅޭ އިސްތިޢުނާފީ މައްސަލައިގައި ހިމަނުއްވައި ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވާ ނުކުތާތައް މިއަދު ޕްރޮސެކިއުޓަރ ޖެނެރެލްއަށް ފޮނުއްވަވައިފި

13 މާޗް 2015 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާތީއާއި، އެމައްސަލަ އިސްތިއުނާފްކުރައްވަނީ ރައީސް މުޙައްމަދު ނަޝީދަށް އިންސާފު ހޯއްދަވައި ދެއްވުމަށް ކަމަށް ވިދާޅުވެފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާ އިސްތިއުނާފީ މައްސަލައިގައި ހިމަނުއްވައި ދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެން 30 ޖުލައި 2015 ދުވަހު... އިތުރަށް ވިދާޅުވޭ