ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެއްވި ދަޢުވާއަކީ ބާޠިލް ދަޢުވާއެއްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރެލް އަރިހުގައި އެދިވަޑައިގެންފި
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެއްވި ބާޠިލު ‘ދަޢުވާ’ އަކީ ބާޠިލު ދަޢުވާއެއްކަން ކަނޑައަޅުއްވައި ދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރެލް އަށް ފޮނުވި ސިޓީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެއްވި ބާޠިލު ‘ދަޢުވާ’ އަކީ ބާޠިލު ދަޢުވާއެއްކަން ކަނޑައަޅުއްވައި ދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރެލް އަށް ފޮނުވި ނުކުތާތައް
އދގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް އާ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްދަލުކުރައްވައިފި
އދ ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ޒެއިދް ރަޢާދް އަލް ހުސެއިން އާ ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްދަލުކުރައްވައިފިއެވެ. ޖެނީވާގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރގެ އޮފީހުގައި ބުދަ ދުވަހު އޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދިވެހިރާއްޖޭގެ ހަނިވެ ހީނަރުވަމުން އަންނަ އިންސާނީ ޙައްޤުތަކުގެ ޙާލަތާމެދުއެވެ. ބޭއިންސާފުން ޝަރީޢަތް ހިންގައި... އިތުރަށް ވިދާޅުވޭ
އީޔޫ ޕާރލިމަންޓުގެ ރައީސް އާ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްދަލުކުރައްވައިފި
ޔޫރަޕިއަން ޕާލިމަންޓުގެ ރައީސް މާރޓިން ޝޯލްޓްޒްއާއި ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ އަންގާރަ ދުވަހުގެ މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. ސްޓްރަސްބޯރގްގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ޤާނޫނު ހަދާ މަޖިލިހުގައި އޮތް މި ބައްދަލުވުމުގައި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އީޔޫ ޕާލިމަންޓުން ފާސްކޮށްފައިވާ ޤާރާރު ފާހަގަ ކުރައްވައި ޤަރާރުގައި ހިމަނާފައިވާ ކަންކަމާމެދު މަޝްވަރާ ކުރެވުނެވެ. ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާ... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށް އިނިގިރޭސިވިލާތުގެ ބޮޑުވަޒީރު ގޮވާލައްވައިފި
ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން މިއަދު ގޮވާލައްވައިފިއެވެ. ރައީސް މުޙައްމަދުގެ އަނބިކަނބަލުން ލައިލާ ޢަލީ އާއި ޤާނޫނީ ވަކީލު އަމާލް ކްލޫނީއާ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިހުގައި ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ބޮޑުވަޒީރު ގޮވާލެއްވިއެވެ. ޑޭވިޑް ކެމެރެންއާއެކު ބައްދަލުކުރައްވައި ލައިލާ ޢަލީ އަދި އަމާލް ކްލުނީ... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީއަށް ދައުލަތުން ސެކިއުރިޓީ ދެއްވުމަށް އިންކާރުކުރެއްވުމަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފް ކަމެއް.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ޤާނޫނުގެ ދަށުން، ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީއަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން 12 ޖޫން 2015 ވަނަ ދުވަހުގެރޭ ފޯރުކޮށްދިނުން ހުއްޓާލާފައިވާކަމީ މިއޮފީހުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ ޢިނާޔަތްތަކާ ބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބުނެފައިވަނީ... އިތުރަށް ވިދާޅުވޭ
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނިންމުން ކުށްވެރިކޮށް ފުލުހުންގެ މުއައްސަސާ އިސްލާޙްކުރުމަށް ކޮމިޝަނަށް ގޮވާލުން
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރެލް އުފުލާފައިވާ ޓެރަރިޒމްގެ ދަޢުވާގެ ފުރަތަމަ އަޑުއެހުމަށް ފުލުހުންގެ ބަންދުގައި ބަހައްޓައި އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިނުވާކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން 2015 މެއި 20 ވަނަ ދުވަހު ނިންމާފައިވާތީ އެކަން ކުށްވެރިކުރަމެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނިންމުމުގައި... އިތުރަށް ވިދާޅުވޭ
ކުރީގެ ފަރސްޓް ލޭޑީ ލައިލާ ޢަލީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާއި ބައްދަލުކުރައްވައިފި
ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން އަލްފާޟިލާ ލައިލާ ޢަލީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާއި ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެވުމުގައި ރައީސް މުޙައްމަދު ނަޝީދު ބޭއިންސާފުން ޝަރީޢަތް ހިންގައި 13 އަހަރުގެ މުއްދަތަށް ޖަލަށްލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި އެމަނިކުފާނު މިނިވަން ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ. ޖޯން ކެރީ މިއަންނަ ހަފްތާގެ... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ޤަނޫނީ ވަކީލުންގެ ޕްރެސް ކޮންފަރެންސް
ރައީސް މުޙައްމަދު ނަޝީދުގެ ދިފާޢުގައި ވަކާލާތު ކުރެއްވުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ބައިނަލްއަޤްވާމީ ވަކީލުން އެމަނިކުފާނު ބަންދުކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި އދ. އަށް މިއަދު މައްސަލަ ހުށައަޅުއްވާނެއެވެ. އެކަމާ ގުޅޭގޮތުން އެމެރިކާގެ ވެރިކަން ކުރާ ވޮޝިންޓަން ޑީސީގެ ނެޝަނަލް ޕްރެސް ކްލަބްގައި ޕްރެސް ކޮންފަރެންސެއް އޮންނާނެއެވެ. މި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދު ޤާނޫނީ ވަކީލުންނާ ބައްދަލުކުރެއްވުމަށް ހުރަސް އެޅުމާ ގުޅޭ ނޫސް ބަޔާން
ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރެލް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރައްވައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ބޭއިންސާފުން ޝަރީޢަތް ހިންގަވައި 13 އަހަރުގެ ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންނާ މާފުށީގައި ބައްދަލުކުރުމަށް ސަރުކާރުން ހުރަސް އަޅުއްވަމުން ގެންދަވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ބުދަ ދުވަހު... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދުގެ ދޫކޮށްލުމަށް އެދި ޕެޓިޝަނުގައި ސޮއިކުރުން
ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ވީހާވެސް ގިނަ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް އެދުމަކީ، ރައީސް ނަޝީދު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. އަދި އެކަމަށް އެދި ޕެޓިޝަނުގައި ރައްޔިތުން ސޮއިކުރައްވަމުން ގެންދަވާކަމީ ރައީސް ނަޝީދު ނިހާޔަތަށް ޝުކުރުވެރިވާ ކަމެކެވެ. ޤާނޫނު ނަންބަރު 2010/2 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ އަލީގައި، ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް... އިތުރަށް ވިދާޅުވޭ
ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމެއް ރައީސް މުޙައްމަދު ނަޝީދު އެކުލަވާލައްވައިފި
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ދަޢުވާއާގުޅޭ ގޮތުން، ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމެއް ރައީސް ނަޝީދު އެކުލަވާލައްވައިފިއެވެ. ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމްގެ ފަރާތުން ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރައްވާނެއެވެ. މި ޓީމްގައި ހެމެނިވަޑައިގަންނަވަނީ ޖެރެޑް ޖެންސަރ، ބެން އެމަރސަން (ކިއު.ސީ) އަދި އަމާލް ކްލޫނީއެވެ. ޖެރެޑް ޖެންސަރއަކީ ސިޔަސީ ކުށްވެރިން މިނިވަން ކުރެއްވުމަށް މަސައްކަތް... އިތުރަށް ވިދާޅުވޭ
ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރާއި ރައީސް ނަޝީދުގެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ މައްޗަށް އަބުރުގެ ދަޢުވާ ކުރައްވަން ރައީސް ނަޝީދު ނިންމަވައިފި
2015 މާޗް 23 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ ނޫސްބަޔާނުގައި ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނު ކޯޓުގައި ދެއްކެވި ވާހަކަތައް ތަފްޞީލުކޮށްދޭ ބަޔާނުގައި ސޮއިކުރައްވާން އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. މިއީ ކްރިމިނަލް ކޯޓްއިން ޙާޤީޤަތާއި ޚިިލާފަށް ދައްކަވާފައިވާ ވާހަކައެކެވެ މި މައްސަލައިގެ ފުރަތަމަ ދުވަހުގެ ޝަރިއްޔަތުގެ އަޑުއެހުމަށްފަހުގައި، ރައީސް މުޙައްމަދު ނަޝީދު އެދުވަހު ކޯޓްގައި ދެއްކެވި ވާހަކަފުޅުތައް ކަމަށް ބުނެ... އިތުރަށް ވިދާޅުވޭ
