ރާއްޖޭގައި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ސަބަބުން، ރާއްޖޭގައި ވަޒީފާގެ ފުރުޞަތު ދެގުނަވެ، އާމްދަނީ އިތުރުވެ، ރައްޔިތުންގެ ތަނަވަސްކަން އެތައް ތަނަކުން އުފުލިގެންދާނެކަމުގައި، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

ރާއްޖޭގައި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ސަބަބުން، ރާއްޖޭގައި ވަޒީފާގެ ފުރުޞަތު ދެގުނަވެ، އާމްދަނީ އިތުރުވެ، ރައްޔިތުންގެ ތަނަވަސްކަން އެތައް ތަނަކުން އުފުލިގެންދާނެކަމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހަވީރު ލާމު ގަމުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު... އިތުރަށް ވިދާޅުވޭ

ގެސްޓްހައުސް ވިޔަފާރީގެ އެމްޑީޕީގެ ސިޔާސަތު ރައީސް މުޙަންމަދު ނަޝީދު ލ.ގަމުގައި އިފްތިތާޙް ކޮށްދެއްވުމާ ގުޅޭ ހަފްލާތައް 19 އަތޮޅާއި 2 ސިޓީ ހިމެނޭ 22 ރަށެއްގައި އެއްފަހަރާ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، ގެސްޓްހައުސް ވިޔަފާރީގެ އެމްޑީޕީ ސިޔާސަތު މިއަދު ހަވީރު ހަތަރެއް ޖެހިއިރު ލ.ގަމުގައި ބޭއްވުނު ވަރަށް އުފާވެރި ޙަފްލާއެއްގައި އިފްތިތާޙްކޮށްދެއްވައިފިއެވެ. ލ.ގަމުގައި ބޭއްވުނު މިކުލަގަދަ ރަސްމިއްޔާތާ އެކުއެކީގައިހެން، ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީ ހިމެނޭ 22 ރަށެއްގަ އެއްފަހަރާ ބޭއްވުނު ޙަފްލާތަކެއްގައި މި ސިޔާސަތު ވަނީ ތަޢާރަފްކުރެވިފައެވެ. ލ.އަތޮޅު ގަމުގައި... އިތުރަށް ވިދާޅުވޭ

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް ރައީސް ނަޝީދު ލ.އަތޮޅަށް ވަޑައިގަންނަވައިފި

ދިވެހިރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު، ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް މިއަދު ހެނދުނު ވަޑައިގަންނަވައިފިއެވެ. ގެސްޓްހައުސްގެ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ލ.ގަމުގައެވެ. މި ރަސްމިއްޔާތު ބާއްވާ ވަގުތު ރާއްޖޭގެ އެހެން 22 ސަރަޙައްދެއްގައި އެކުއެކީހެން... އިތުރަށް ވިދާޅުވޭ

ކޯޕަންހޭގަން ޔުނިވަރސިޓީގައި ރައީސް ނަޝީދު ތަޤްރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެ

ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް އިޤްތިޞާދެއްގެ ގޮތުގައި ބިނާކުރުމުގެ މައްޗަށް، އަލިއަޅުވާލައްވާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ޑެންމާކްގެ ޔުނިވަރސިޓީ އޮފް ކޮޕަންހޭގަންގައި ތަޤްރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ސަސްޓެއިނަބިލިޓީ ސައިންސް ސެންޓަރ އިން އިންތިޒާމްކޮށްގެން ޔުނިވަރސިޓީ އޮފް ކޮޕަންހޭގަންގައި “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް ގޮތެއްގައި ބިނާކުރާނީ ކިހިނެތް؟”، މި... އިތުރަށް ވިދާޅުވޭ

ތަރައްޤީ ލިބެން އޮތީ އެމްޑީޕީއާ އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރޭ މާލެ އަތޮޅު ތުލުސްތޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ތުލުސްދޫއަކީ އެއަރޕޯޓާ ގާތުގައި އޮތް ރަށަކަށްވެފައި، އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ ފުރުޞަތުތައް ފުޅާވެފައިވާ އަދި އެކަމުގެ ފައިދާ މުޅި ރާއްޖެއަށް ލިބި، އެރަށަކީ ތަރައްޤީވެފައިވާ ރަށެއްކަމުގައިވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.... އިތުރަށް ވިދާޅުވޭ

ކ.ހުރާ އަދި ދިއްފުށީގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ރައީސް ނަޝީދު ފައްޓަވައިދެއްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން މާލެ އަތޮޅު ހުރާގައާއި ދިއްފުށީގައި މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމާއެކު ރައީސް ނަޝީދު މާލެ އަތޮޅު ހުރާއަށާއި ދިއްފުއްޓަށް ވަޑައިގަތީ މިއަދުއެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ، އެ ރަށުގެ އެމްޑީޕީ ކެމްޕެއިން ޓީމުގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ކުރިއަށް... އިތުރަށް ވިދާޅުވޭ

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގައި ރައީސް ނަޝީދު މާލެ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފި

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގައި މާލެ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކުފާނާއެކު އެމްޑީޕީގެ ކެމްޕެއިން ޓީމް އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު ހުރައަށެވެ. އެރަށުގައި ރައީސް ނަޝީދު ގެސްޓްހައުސްއެއް ހުޅުއްވައި ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ހުރާގައި ތިބި... އިތުރަށް ވިދާޅުވޭ

އ.ދގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ސީނިއަރ ޕޮލިޓިކަލް އޮފިސަރ މިސްޓަރ ހިޓޯކީ ޑެން، ރައީސް ނަޝީދުގެ އަރިހަށް، މިއަދު އިޚްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

އ.ދގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ސީނިއަރ ޕޮލިޓިކަލް އޮފިސަރ މިސްޓަރ ހިޓޯކީ ޑެން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް، މިއަދު އިޚްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. އެމްޑީޕީީގެ ސެކްރެޓޭރިއޭޓްގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުން ރާއްޖެއާ މެދު ބެއްލެވުން މިހާރަށްވުރެ ބޮަޑަށް އިތުރުކޮށްދެއްވުމަށް ރައީސް މުޙަންމަދު ނަޝީދު އެދިވަޑައިގެންނެވިއެވެ. ރާއްޖޭގެ ސިޔާސީ... އިތުރަށް ވިދާޅުވޭ

ބަޣާވާތަކުން ޕޮލިސް ކޮމިޝަނަރކަމާއި ޙަވާލުވެހުރި ޢަބްދުﷲ ރިޔާޒް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރާދައްވާ ފަސްކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރޭ ބަޔާން

ޢަބްދުﷲ ރިޔާޒް އާއި ދިމާއަށް ރައީސް މުޙައްމަދު ނަޝީދު ބާޣީ އެވިދާޅުވެގެން ރައީސް ނަޝީދުގެ މައްޗަށް ޢަބްދުﷲ ރިޔާޒް ކުރާ އަބުރުގެ ދަޢްވާގެ ޝަރިއްޔަތް މިއަދުވެސް ކެންސެލް ކުރައްވާފައިވާތީ ރައީސް ނަޝީދު ހިތާމަކުރައްވައެވެ. “އަޅުގަނޑުމެންނަށް މިފެންނަނީ ޢަބްދުﷲ ރިޔާޒް އަކީ މުޖްތަމަޢުގައި އަބުރުވެރި މީހެއްކަމަށާއި އޭނާއަކީ ބާޣީ އެއްކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އޭނާގެ އަބުރަށް ގެއްލުމެއް ލިބިފައިވާކަމަށް އޭނާއަށް ސާބިތުކޮށްދެވެން... އިތުރަށް ވިދާޅުވޭ

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކުރުމުގެ ޙަފްލާގެ ދަޢުވަތު ލ.އަތޮޅު ރައްޔިތުންނަށް.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ތަރައްޤީކުރުމުގެ އެމްޑީޕީ ސިޔާސަތު 2013 އެޕްރިލް 5 ވަނަ ދުވަހު ލ.އަތޮޅު ގަމުގައި ބޭއްވޭ ރަސްމިއްޔާތެއްގައި ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާ ގުޅޭ ޙަފްލާގައި ބައިވެރިވެވަޑައިގެން ދެއްވުން އެދިވަޑައިގެން ލ.އަތޮޅުގެ ރައްޔިތުންނަށް ރައީސް މުޙަންމަދު ނަޝީދު ދަޢުވަތު ދެއްވައެވެ.

‫ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ވަކީލުންނަށް ފުލުހުން މެދުވެރިކުރައްވާ ގޯނާކުރެއްވުމަށް ހިންގަވާ އަމަލުތައް ކުށްވެރިކުރުން.‬

‫ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ވަކީލް އަލް އުސްތާޛާ ޙިސާން ޙުސައިންއާއި އެކަމަނާގެ ފިރިކަލުންނަށް ފުލުހުންގެ ފަރާތުން ގޯނާކޮށް ބިރުދެއްކުމަށް ހިންގި އަމަލުތައް ރައީސް މުޙަންމަދު ނަޝީދު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައެވެ. އަދި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށާއި އޭނާގެ ފިރިކަލުންނަށް ފުލުހުންގެ ފަރާތުން ކުރިމަތިކުރުވި ބިރުދެއްކުންތަކާ މެދު، ނުހަނު... އިތުރަށް ވިދާޅުވޭ

ރާއްޖޭގައި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤްވާމީ ފަރާތްޕުޅުތަކުން އަދާކުރައްވަން އޮތް ދައުރު ވަރަށް މުހިންމުކަމުގައި، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ.‬

ރާއްޖޭގައި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤްވާމީ ފަރާތްޕުޅުތަކުން އަދާކުރައްވަން އޮތް ދައުރު ވަރަށް މުހިންމުކަމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝޭލް ޖޭ ސިސޯންއާއި އެކު މިއަދު ހެނދުނު އެމްޑީޕީގެ ސެކްރެޓޭރިއެޓްގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް... އިތުރަށް ވިދާޅުވޭ