ރައީސް މުޙަންމަދު ނަޝީދު ބިދޭސީއަކު ލައްވާ އަވަހާރަކޮށްލުމަށް މަސައްކަތްކުރާކަމުގެ ވާހަކަ ރަސްމީ ފަރާތްތަކަށް އަންގަވައިފި.‬

ބޭރުގެ ކުލީ ސިފައިން ލައްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރެމުންދާކަމުގައި ރައީސް މުޙަންމަދު ނަޝީދުއަށް ތާއީދުކުރައްވާ ނިސްބަތުން ގިނަ ފަރާތްތަކަކުން ގެންދަވަނީ މި އޮފީހަށް އަންގަވަމުންނެވެ. ‬ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަވަހާރަކޮށްލުމަށް ދުރުމީ ހަރުކޮށްފައިވާ ބަޑިއެއް އެތެރެކޮށްފިކަމަށާއި އެކަން ކުރާނެ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ ދެ... އިތުރަށް ވިދާޅުވޭ

ރައީސް މުހަންމަދު ނަޝީދު އެކުވެރި ދައުލަތްތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެއާއިމެދު ބެއްލެވުން އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެންފި

އެކުވެރި ދައުލަތްތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެއާއިމެދު ބެއްލެވުން އިތުރުކޮށްދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު  އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މި މޭރުމުން އެދިވަޑައިގެންފައިވަނީ އިނގިރޭސި ޚާރިޖީ އޮފީހުގެ ދެކުނު އޭޝިޔާއަށާއި އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ މިސްޓަރ ނީލް ކްރޮމްޕްޓަން އެމަނިކުފާނުގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައެވެ. އެމްޑީޕީގެ ސެކްރެޓޭރިއެޓްގައި މިއަދު ހެނދުނު ބޭއްވެވި... އިތުރަށް ވިދާޅުވޭ

އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގެ ރައްޔިތުންގެ ބައިވެރިވުމާއި ގަދަރާއެކީގައި މި ރާއްޖޭގައި ވެރިކަން އުފައްދަންކަމުގައި، ރައީސް ނަޝީދު ވިދާޅުވެއްޖެ

އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގެ ރައްޔިތުންގެ ބައިވެރިވުމާއި ގަދަރާއެކީގައި މި ރާއްޖޭގައި ވެރިކަން އުފައްދަންކަމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް  ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ “ވައުދާ ހިނގުމުގެ” ކެމްޕެއިންގެ ދަށުން ރޭ ހުޅުހެންވޭރު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމަކަށް ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ. އަދި ކުރިއަށް... އިތުރަށް ވިދާޅުވޭ

އޮސްޓްރިއާ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ރައީސް ނަޝީދުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

އޮސްޓްރިއާ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން މިސްޓަރ ރެއިމުންޑް މާރގިސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. އެމްޑީޕީގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކޮށްލެއްވުމުގައި، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު އޮސްޓްރިއާ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން... އިތުރަށް ވިދާޅުވޭ

ކެނެޑާ ސަރުކާރުން ކޮމަންވެލްތައް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ރައީސް ނަޝީދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް ކެނެޑާ ސަރުކާރުން ކޮމަންވެލްތައް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހިއު ސިގާލްއާ މިއަދު އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައި އޮތް މިބައްދަލުވުމުގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއު ސިގުއަލްއަށް ވަނީ ދެއްވާފައެވެ.... އިތުރަށް ވިދާޅުވޭ

ހުޅުހެންވޭރު ދާއިރާގެ ދޮރުން ދޮރަށް ހިނގުން ރައީސް ނަޝީދު މިއަދު ފައްޓަވައިދެއްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުރިއަށް  ގެންދާ “ވަޢުދާއި ހިނގުން” ކެމްޕެއިންގައި ހުޅުހެންވޭރު ދާއިރާގެ ޑޯޓުޑޯ މިއަދު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފައްޓަވައިދެއްވައިފިއެވެ. ހުޅުހެންވޭރު ދާއިރާގެ ޑޯޓުޑޯ ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު ހުޅުހެންވޭރު އެމްޑީޕީ ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަކަށްފަހުގައެވެ. މިއަދުގެ ޑޯޓުޑޯ ކެމްޕޭންގައި ރައީސް މުޙަންމަދު ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖްލީހުގެ ހުޅުހެންވޭރު ދާއިރާގެ... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުރަސްއަޅާފައިވާތީ އެކަން ކުށްވެރިކުރުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނުގެ އާއިލީ ބޭނުންފުޅެއްގައި މިހިނގާ މާރޗްމަހުގެ 27 އިން 31 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް އެދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން، އެ ހުއްދަ ދެވެން ނެތްކަމަށް ބުނެ އެމަނިކުފާނުގެ ޒާތީ މިނިވަންކަމަށް ހުޅުމާލޭ ކޯޓުން އަރައިގަނެފައިވާތީ އެކަން މި އޮފީހުގެ ފަރާތުން އެންމެ... އިތުރަށް ވިދާޅުވޭ

ރަނގަޅު ޤައުމިއްޔަތެއް ބޭނުންނަމަ، ވެރިކަން ބަދަލުވާންޖެހޭނީ އޮމާންކަމާއި ސުލްޙަވެރިކަމާ އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ.

ރަނގަޅު ޤައުމިއްޔަތެއް ބޭނުންނަމަ، ވެރިކަން ބަދަލުވާންޖެހޭނީ އޮމާންކަމާއި ސުލްޙަވެރިކަމާ އެކު ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ބޮޑު ޖަލްސާގައި ރޭ އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިންނަކީ ކޮންމެ ފަހަރަކުވެސް ހަވަރަށްދީގެން ނިމޭ ބަޔަކަށް ވެއްޖެނަމަ ދުވަހަކުވެސް އުޖާލާކަމެއް ޤައުމަށް ނާންނާނެކަމަށެވެ. ދިވެހި... އިތުރަށް ވިދާޅުވޭ

ރިޔާސީ އިންތިޚާބު ނިމެންދެން ރައީސް މުޙަންމަދު ނަޝީދުގެ ޝަރީޢަތާ ގުޅޭ ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްދެއްވުން އެދިވަޑައިގެން ހައިކޯޓަށް ހުށަހަޅުއްވައިފި

ރިޔާސީ އިންތިޚާބު ނިމެންދެން ރައީސް މުޙަންމަދު ނަޝީދުގެ ޝަރީޢަތާ ގުޅޭ ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްދެއްވުން އެދިވަޑައިގެން ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ޓީމުން މިއަދު ހައިކޯޓަށް ހުށަހަޅުއްވައިފިއެވެ ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީޢަތް ފަސްކޮށްދެއްވުން އެދިވަޑައިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި އިލްތިމާސްއާ މެދު 6 މާރޗް 2013 ދުވަހު އެކޯޓުން ނިންމެނީ ހަތަރު ހަފްތާއަށްފަހު ޝަރީޢަތްކުރިއަށް... އިތުރަށް ވިދާޅުވޭ

ބައިނަލްއަޤްވާމީ އާއިލާގައި ރާއްޖެ ހިމެނި އޮތުން މުހިންމުކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

  ބައިނަލްއަޤްވާމީ އާއިލާގައި ރާއްޖެ ހިމެނި އޮތުން މުހިންމުކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއިން ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގައި މިއަދު އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއަށް ވަޑައިގެން އެރށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ތިބި ފަރާތްތަކުން ބައިނަލްއަޤްވާމީ މުޖްތަމަޢުއާ އެކަހެރިވަމުންދާކަމަށެވެ. އެގޮތުން،... އިތުރަށް ވިދާޅުވޭ

ދޭތހިން ފަހެތި އަރި އަތޮޅަށް ރައީސް ނަޝީދު އާއިއެކު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއްގައި އާމްދަނީގެ ފުރުޞަތުތައް އެތައް ގުނައަކުން ހުޅުވިގެންދަނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއިން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގައި މިއަދު ހެނދުނު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ... އިތުރަށް ވިދާޅުވޭ

އިންސާފްގެ ދަތުރު މެކުހަށް

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނިންމެވުންތައް ސުޕްރީމް ކޯޓުން ނާޖާއިޒްގޮތުގައި ބާތިލުކޮށް އެ މަޖިލީހުގެ ބާރުތަކާއި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާތީ، އެކަމާއި އިޚްތިޖާޖް ކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިއަދު މާލޭގައި ބޭއްވި ސުލްޙަވެރި މުޒާހަރާގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މާލޭގެ އުސްފަސްގަނޑު ސަރަޙައްދުން ފެށި މި މުޒާހަރާގައި... އިތުރަށް ވިދާޅުވޭ