ހާސްކަމުން އަރައިގަނެ، ތަރައްޤީގެ މަގުގައި ބާރަށް ކުރިއަށްދިއުމަށް، ރައްޔިތުން އިޚްތިޔާރްކުރައްވަން ޖެހޭނީ އެކަން ކަން ކުރެވޭނެ ބަޔަކުކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ.

ހާސްކަމުން އަރައިގަނެ، ތަރައްޤީގެ މަގުގައި ބާރަށް ކުރިއަށްދިއުމަށް، ރައްޔިތުން އިޚްތިޔާރްކުރައްވަން ޖެހޭނީ އެކަން ކަން ކުރެވޭނެ ބަޔަކުކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަރުރުފުޅުގައި ފާދިއްޕޮޅު ކުރެންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި އެމްޑީޕީގެ “ދޭތިން ފަހެތި”... އިތުރަށް ވިދާޅުވޭ

ދިވެހިރާއްޖެއަށް މިއަދު ވަމުން މިދާ ގޮތް ރަނގަޅަށް ބަލައި، މިރާއްޖެ ރަނގަޅު އައްސޭރިއަކަށް ގެންގޮސްދިނުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖެއަށް މިއަދު ވަމުން މިދާ ގޮތް ރަނގަޅަށް ބަލައި، މިރާއްޖެ ރަނގަޅު އައްސޭރިއަކަށް ގެންގޮސްދިނުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި، ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން އެރަށުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ... އިތުރަށް ވިދާޅުވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގަންނަވައިފިއެވެ. މިއަދު ހަވީރު އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސް ނަޝީދުއަށް ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. ހިންނަވަރަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި އެމްޑީޕީގެ ހަރުގެއެއް ހުޅުވައިދެއްވައި އަދި އެތަނުގައި އެމްޑީޕީގެ ބޮޑު ދިދަ ނަންގަވައިދެއްވާފައެވެ. އަދި “ދޮރުން ދޮރަށް”... އިތުރަށް ވިދާޅުވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަވީރު ފައްޓަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަވީރު ފައްޓަވައިފިއެވެ. ރައީސް މުޙަންމަދު ނަޝީދުގެ މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށްހަމަޖެހިފައިވަނީ ފާދިއްޕޮޅު ހިންނަވަރަށެވެ. އޭގެ އިތުރުން، އެއަތޮޅު ނައިފަރަށާއި އޮޅުވެލިފުއްޓަށާއި ކުރެންދޫ އަދި މާފިލާފުއްޓަށް ވަޑައިގަންނަވާނެއެވެ. މާޅޮސްމަޑުލު ދެކުނުބުރިން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށް... އިތުރަށް ވިދާޅުވޭ

އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ 12000 ގޯތި މާލޭގައި ދިނުމަށްކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބޭނުންވެގެން މިއުޅެނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 12000 ގޯތި ދޭންވެގެންކަމަށް، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ “ވަޢުދާ ހިނގުން” ކެމްޕެއިންގެ ދަށުން މެދު ހެންވޭރު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ދަންނަވަން ބޭނުންފުޅުވަނީ، އަޅުގަނޑުމެން މިއުޅެނީ މިރާއްޖޭ އެކީ އެކައްޗަކަށް ބަދަލުކުރުމަށްކަމަށާއި އަޅުގަނޑުމެން ގެންގަން... އިތުރަށް ވިދާޅުވޭ

ހުޅުމާލޭ ކޯޓުގެ ބެންޗާ ގުޅޭ ގޮތުން ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދަޢުުވާގެ މައްސަލަ ބައްލަވާ ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކަނޑައާފައިވާ ގޮތާ ގުޅޭ ގޮތުން، ރައީސް ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް އެކޯޓުން ތާވަލްކޮށްފިއެވެ. އެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު ދެ ގަޑި ސުންމިނެޓަށް ދިވެހިރާއްޖޭގެ... އިތުރަށް ވިދާޅުވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އެމްޑީޕީގެ “ވަޢުދާ ހިނގުން” މެދު ހެންވޭރު ދާއިރާގައި މިއަދު ހެނދުނު ފައްޓަވައިދެއްވައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އެމްޑީޕީގެ “ވަޢުދާ ހިނގުން” މެދު ހެންވޭރު ދާއިރާގައި މިއަދު ހެނދުނު ފައްޓަވައިދެއްވައިފިއެވެ. މެދު ހެންވޭރު ދާއިރާގެ “ވަޢުދާ ހިނގުން” ރައީސް ނަޝީދު މިއަދު ފައްޓަވައިދެއްވީ ސޯސަންމަގުގައި ހުންނަ ހެންވޭރު މާދިލްގައި އޮތް ރަސްމިއްޔާތަކަށްފަހުގައެވެ. މިރަސްމިއްޔާތުގައި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ ކެމްޕެއިން އޭޖެންޓުންނާއި އަދި ބްލޮކް އޭޖެންޓުންނާ އެމަނިކުފާނު ބައްދަލުކުރައްވާ... އިތުރަށް ވިދާޅުވޭ

ރައީސް މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މާލެ ވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހައްދުންމަތީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ. ރައީސް ނަޝީދު ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތު ލާމު ގަމުގައި އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ “ދޭތިން ފަހެތި”... އިތުރަށް ވިދާޅުވޭ

އަމާޒަކީ ހައްދުންމަތީގައި ފަސްހާސް ޓޫރިސްޓް އެނދު ތަރައްޤީކުރުން – ރައީސް ނަޝީދު

އަމާޒަކީ ހައްދުންމަތީގައި ފަސްހާސް ޓޫރިސްޓް އެނދު ތަރައްޤީކުރުންކަމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ލާމު ފޮނަދޫއަށް ވަޑައިގެން މިއަދު އެރަށު ރައްޔިތުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ފޮނަދޫ ވެގެންދާނީ ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ އިދާރީ ނާރެސްކަމުގައެވެ. އަދި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތަކީ މިރާއްޖޭގެ ރަށްރަށް ތަރައްޤީކޮށް ވަޒީފާގެ ފުރުޞަތުތައް... އިތުރަށް ވިދާޅުވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން އެންމެ ބޮޑަށް ވަކާލާތުކުރާކަމަކީ، ރާއްޖެ ތަރައްޤީކުރުންކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން އެންމެ ބޮޑަށް ވަކާލާތުކުރާކަމަކީ، ރާއްޖެ ތަރައްޤީކުރުންކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރޭ ލާމު ހިތަދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތީ އުޖާލާ ތަނަވަސް މުސްތަޤްބަލެއްކަމަށާއި އެއީ ރަން ރީނދުލުގެ ދިދައިގެ ހިޔާވަހިކަމުގައި މިރާއްޖެ ތަރައްޤީކޮށް އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެން... އިތުރަށް ވިދާޅުވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުވެސް އެއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު ކުނަހަންދޫއަށް ވަޑައިގަންނަވައިފިއެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި އެމްޑީޕީގެ ބޮޑު ދިދައެއް ނަންގަވައިދެއްވާފައެވެ. އަދި އެ ރަށު އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ހައްޤީ މިހާރު ލިބެމުންދާ މިންވަރު ނޫންކަމަށާއި، ރާއްޖޭގެ... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދު ލާމު އަތޮޅުގެ ގާދޫ، މުންޑޫ، މާބައިދޫ، ދަނބިދޫ، ކަލައިދޫ އަދި އިސްދޫއަށް ވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެއަތޮޅު ގާދޫއަށް ވަޑައިގަންނަވައިފިއެވެ. އެރަށަށް އެމަނިކުފާނު ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ނަޝީދު ގާދޫއަށް ވަޑައިގެން އެރަށުގެ ސިއްޚީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލެއްވިއެވެ. ގާދޫ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި... އިތުރަށް ވިދާޅުވޭ