މަރްހޫމް މަންޑޭލާގެ އާއިލާއާއި ގާތްފަރާތްތަކުގެ ހިތަމާއި މޮޅިވެރިކަމުގައި ބައިވެރިވުންމަ

މިއަދު ހެދުނު ނެލްސަން މަންޑޭލާ އަވަހާރަވިކަމުގެ ހިތާމަވެރި ޚަބަރާއެކު މި ހިތްދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ފިކުރާއި ތަޢުޒިޔާ ހުއްޓިފައި މިހުރީ މަރްހޫމް މަންޑޭލާގެ އާއިލާއާއި ގާތްފަރާތްތަކުގެ ހިތަމާއި މޮޅިވެރިކަމުގައި ބައިވެރިވުމުގެ މައްޗަށެވެ. މަންޑޭލާއަކީ ކުރިއަށް އަރާހުންނެވި ދަންމަރެކެވެ. ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒުގެ ނިޒާމާ ދެކޮޅަށް ފާޅުގައި ނިކުންނެވި ބޭފުޅެކެވެ. އެތައް އަހަރެއް ޖަލުގައި ހޭދަކުރެއްވިއިރު، އޭގެ ތެރެއިން އެތައް އަހަރެއް... އިތުރަށް ވިދާޅުވޭ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް މަރުޙަބާ ދެންނެވުން

ރަށުކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް މެންބަރުން ހޮވުމަށް 18 ޖެނުއަރީ 2014 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވާނެ ފަރާތްތައް ކަނޑައެޅުމަށް ހޮނިހިރު ދުވަހު ބާއްވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ ޕްރައިމެރީގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވަމެވެ. އަދި މި ބޭއްވޭ ޕަރައިމެރީ އަކީ އެމްޑީޕީއަށާއި ދިވެހިރާއްޖޭގެ ގިނަ ޕާޓީ... އިތުރަށް ވިދާޅުވޭ

ސިޔާސީ ވެރިންގެ ވަޒީފާއަކީ ގާނޫނު އަސާސީ ދަމަހައްޓާ، ރައްޔިތުންގެ ވެރިކަން ހޯދައިދިނުން: ރައީސް ނަޝީދު

ސިޔާސީ ވެރިންގެ ވަޒީފާއަކީ ގާނޫނު އަސާސީ ދަމަހައްޓާ، ރައްޔިތުންގެ ވެރިކަން ހޯދައިދިނުންކަމަށްދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އިއްޔެ (3 ނޮވެމްބަރ 2013) ހއ. ދިއްދޫގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަސައްކަތް ފުރިހަމަ ނުކުރެވޭނަމަ ސިޔާސީ ވެރިންގެ ކިބައިން ރައްޔިތުން ބަދަލު ހިފާނޭކަމަށެވެ. ދިއްދޫ... އިތުރަށް ވިދާޅުވޭ

އިންތިޚާބަކާ ނުލައި ރައްޔިތުންގެ މައްޗަށް ވެރިވެނުގަނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ރުހުން ނުލިބި ރައްޔިތުން ގާތު ނާހާ ރައްޔިތުންގެ މައްޗަށް ވެރިވެނުގަނެވޭނެ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިހާރު ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދަ ހަވީރު ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި އެމްޑީޕީގެ “ވޯޓުން އުފާވެރިކަން” ކެމްޕޭން އިފްތިތާޚްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު 9 ދުވަހު އިންތިޚާބު ބޭއްވެން ޖެހޭނެ... އިތުރަށް ވިދާޅުވޭ

ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްޤީ އާއި ބަދަލު ހޯދެން އޮތީ ރައްޔިތުންގެ ވޯޓެއް ލެވިގެން: ރައީސް ނަޝީދު

ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްޤީ އާއި ބަދަލު ހޯދެން އޮތީ ރައްޔިތުންގެ ވޯޓެއް ލެވިގެންކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ށ. މިލަންދޫގައި ރޭ (1 ނޮވެމްބަރ 2013) ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ބާރު... އިތުރަށް ވިދާޅުވޭ

އެމްޑީޕީގެ މަސައްކަތަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް، ރައްޔިތުންގެ ސަރުކާރެއް އުފެއްދުމަށް ވޯޓުލުމުގެ ހައްޤު ހޯދައިދިނުން: ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަމާޒަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް، ރައްޔިތުންގެ ސަރުކާރެއް އުފެއްދުމަށް ވޯޓުލުމުގެ ހައްޤު ހޯދައިދިނުންކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިއްޒުއްދީން ޖަގަހައިގައި ރޭ (30 އޮކްޓޯބަރ 2013) ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ އެންމެންވެސް އެދެނީ މިއަދު ލިބޭ އެއްޗަކަށްވުރެ އިތުރަށް މާދަމާ ލިބި، ހާސްކަމެއްނެތި ހަމަޖެހުމުގައި... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް ރާވަމުންދާކަމަށް ބުނެ ލިބޭ މައުލޫމާތު ޑިފެންސް މިނިސްޓްރީގައި ދަންނަވައިފި

ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުން ދާކަމަށާއި އަދި އެކަން ކުރުމަށް އަލްޤައިދާ ޖަމާޢަތުގެ ދެމީހަކު މިހާރު މާލެގައި އެބަތިބިކަމަށް ބައެއްފަރާތްތަކުން ބުނަމުންދާތީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން މިވާހަކަ ވަނީ އެ މިނިސްޓްރީގައި ލިޔުމުން މިއޮފީހުގެ ފަރާތުން ދަންނަވާފައެވެ. އަދި މިކަމުގެ އެއްވެސް މަޢުލޫމާތެއް އެ މިނިސްޓަރީގެ... އިތުރަށް ވިދާޅުވޭ

ވެރިކަން ބަދަލުކުރުމުގެ މަރުހަލާއާ ބެހޭ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އާއި ބައްދަލުކުރައްވައި ވެރިކަން ބަދަލުކުރުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ވާގޮތުގެ މަތިން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާ ބެހޭ ގޮތުން މަޝްވަރކުރައްވައި އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސްދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަރިހުން އެމަނިކުފާނު... އިތުރަށް ވިދާޅުވޭ

ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތަކީ ވޯޓު ދިނުމުގެ ހައްޤު: ރައީސް ނަޝީދު

ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތަކީ ވޯޓު ދިނުމުގެ ހައްޤުކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭ (22 އޮކްޓޯބަރ 2013) ކާނިވާ ސަރަޙައްދުގައި ‘ވޯޓުން ވެރިކަން’ މިނަމުގައި ބޭއްވުނު އެމްޑީޕީގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދޭ ސަރުކާރެއް އެކުލަވާނުލެވި ގައުމު ތަރައްޤީ ނުވާނެކަމަށެވެ. ދިވެހިންގެ... އިތުރަށް ވިދާޅުވޭ

އެމްޑީޕީގެ އެންމެ ބޮޑު މަޝްރޫއުއަކީ ރައްޔިތުންގެ ސަރުކާރެއް އުފެއްދުން: ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ ބޮޑު މަޝްރޫއުއަކީ ރައްޔިތުންގެ ސަރުކާރެއް އުފެއްދުންކަމުގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ފ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި މަގޫދޫއަށް ވަޑައިގެން ރޭ (9 އޮކްޓޯބަރ 2013) ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ތަރައްޤީ ހޯދުމަކީ އުމްރާނީ ބަދަލުތަކެއް އެކަނި ނޫންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު... އިތުރަށް ވިދާޅުވޭ

މުޅި ރާއްޖޭގެ ޖުމްލަ ތަބިއްޔަތު މިސްރާބް ޖަހައިފައިވަނީ ރާއްޖެ ބަދަލުކޮށް ޑިމޮކްރެސީ އާއި ދިމާއަށް: ރައީސް ނަޝީދު

މުޅި ދިވެހިރާއްޖޭގެ ޖުމްލަ ތަބިއްޔަތު މިސްރާބް ޖަހައިފައިވަނީ ރާއްޖެ ބަދަލުކޮށް، ޑިމޮކްރެސީ އާއި ދިމާއަށް ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރޭ (8 އޮކްޓޯބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ބޭއްވުނު ‘އެއްބުރުން’ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގައުމާއި ރައްޔިތުންގެ ތަބިއްޔަތު ބަދަލު ކޮށްލެވޭނެ އިތުރު ފަރާތެއް... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދު ލާމު އަތޮޅަށް ކުރައްވައި ކެމްޕެއިން ދަތުރުފުޅެއް ފައްޓަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ލާމު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް މިއަދު (2 އޮކްޓޯބަރ 2013) ފައްޓަވައިފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު އެމްޑީޕީގެ ކެމްޕެއިން ޖަގަހަތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. ހެނދުނު ކައްދޫ އެއަރޕޯރޓަށް ވަޑައިގަތުމާއެކު ރައީސް ނަޝީދަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފޮނަދޫ ޖަގަހައަށާއި... އިތުރަށް ވިދާޅުވޭ