ޒައިދު ފިރުޗަރ އެނަރޖީ ޕްރައިޒްގެ ޖުރީ ޕެނެލްގެ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ބާނީ ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ހަނދާނުގައި 2009 ވަނަ އަހަރުން ފެށިގެން އިންތިޒާމް ކުރެވޭ ޒައިދު ފިއުޗަރ އެނަރަޖީ ޕްރައިޒްގެ ޖޫރީ ޕެނެލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އާދީއްތަ ދުވަހު އަބޫދާބީއަށް ފުރާވަޑައިގަންނަވާނެއެވެ. ޒައިދް ފިއުޗާރ އެނަރޖީ ޕްރައިޒަކީ އިއާދަކުރަނިވި ހަކަތަ ބޭނުނުކުރުމަށާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް އިންގިރޭސިވިލާތުގެ ފުލުހުން ބަލަނީ

ރައީސް ނަޝީދު ކޮންޒަވޭޓިވް ޕާޓީގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އެމަނިކުފާނު ފޯނަށް ފޮނުވި މަރުގެ އިންޒާރުގެ މައްސަލަ 03 އޮކުޓޫބަރު 2014 ވަނަ ދުވަހުގެ ވަގުތެއްގައި އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސް ސާރވިސްގެ ކައުންޓާރ ޓެރަރިޒަމް ކޮމާންޑަށް އެމަނިކުފާނު ހުށަހަޅުއްވައިފިއެވެ. އިންޒާރުގެ މިމެސެޖަކީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ފޮނުވަމުން އަންނަ ފަދަ އިންޒާރުގެ މެސެޖެކެވެ. އިންޒާރުގެ މިމެސެޖް އެމަނިކުފާނަށް ލިބުމުގެ ކުރިން... އިތުރަށް ވިދާޅުވޭ

ސަން އޮންލައިން އަދި ވަގުތު ނޫހުގައި ހަގީގަތާ ޚިލާފު މައުލޫމާތު ޝާއިއުކުރުން ކުށްވެރިކުރަން.

ދިވެހިރާއްޖޭގައި ހިންގަމުން އަންނަ 2 ނޫހެއްގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިކަމަށް ބުނެ 18 އޯގަސްޓު 2014 ވަނަ ދުވަހު ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ޝާޢިއުކޮށްފައިވުމުން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ. ސަން އޮންލައިން ނޫހުގައި ހޯމަ ދުވަހު ރައީސް ނަޝީދު ވިދާޅުވިކަމަށް ބުނެ ޝާއިއުކޮށްފައިވާ ޚަބަރުގައި ވަނީ”… ގައުމެއް ނެތިއްޔާ ޑިމޮކްރަސީއެއް ނުހޯދޭނެ”. އިންތިހާބަށް ފަހު، ބައިނަލްއަގުވާމީ... އިތުރަށް ވިދާޅުވޭ

އަލަށް އިންތިޚާބުވި އިންޑިޔާގެ ބޮޑު ވަޒީރު ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވައިފި

އިންޑިޔާގައި ކުރިއަށް ގެންދިޔަ ޢާންމު އިންތިޚާބުގައި ތާރީޚީ ކާމިކާބީއެއް ލިބިވަޑައިގަތް، އިންޑިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމު ދެން ފުރުއްވުމަށް ހުންނެވި އުންމީދުވާރު، ނަރެންދްރަ މޯދީއަށް ރައީސް ނަޝީދު މުބާރަކްބާދީ ފޮނުއްވުމާ ގުޅިގެން ރައީސް ނަޝީދަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ. ހުކުރުދުވަހުގެ ރޭ ދެބޭފުޅުންގެ ދެމެދުގައި ބަދަލު ކުރެވުނު ޓްވީޓްތަކެއްގެ ޒަރިއްޔާއިން ރައީސް ނަޝީދު ވިދާޅުވީ ބޮޑު ވަޒީރު މޯދީއާއެކު “ވަރުގަދަ ދެކުނު އޭޝިޔާއެއް”... އިތުރަށް ވިދާޅުވޭ

މެލޭޝިޔާގައި ބާއްވާ އިސްލާމީ ކޮންވެންޝަންގައި ރައީސް މުޙައްމަދު ނަޝީދު ފުރަމާނަ ޚިތާބެއް ދެއްވަން ހަމަޖެހުން

އަންނަ ޖޫންމަހު މެލޭޝިޔާގައި ބާއްވާ އިސްލާމީ ކޮންވެންޝަންގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ފުރަމާނަ ޚިޠާބެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ. އެމަނިކުފާނާއެކު މި ކޮންވެންޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރޭގައި މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤާއި އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުޙައްމަދާއި އެމެރިކާގެ ރައީސް ބެރެކް އޮބާމާގެ ބޭބޭފުޅު، އަދި “ބެރެކް އެޗް. އޮބާމާ ފައުންޑޭޝަން” ގެ ޗެއާރމަން މާލިކް... އިތުރަށް ވިދާޅުވޭ

ހުޅުމާލެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދާ ޝަރީޢަތް އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފި

ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިންގަމުން ގެންދާ ޝަރީޢަތުގެ ޤަޟިއްޔާ ބެއްލެވުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ފަނޑިޔާރުންގެ ބެންޗް އެކުލަވާލާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކޯޓުތަކާ ބެހޭ ޤާނޫނާއި، ފަނޑިޔާރުންނާ ބެހޭ ޤާނޫނާއި، ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ޤާނޫނާއި، މިނިވަން ދިމިޤްރާޠީ މުޖްތަމަޢުތަކުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށްވާތީ، އެބެންޗަކީ... އިތުރަށް ވިދާޅުވޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ޙަޤީގަތާ ޚީލާފު މަޢުލޫމާތު ކުށްވެރިކޮށްނެރޭ ނޫސްބަޔާން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ޙަޤީގަތާ ޚީލާފު މަޢުލޫމާތު ހިމަނާފައިވާތީ އެކަންކުށްވެރިކުރަމެވެ. 11 ނޮވެމްބަރު 2008 ދުވަހުން ފެށިގެން 7 ފެބްރުއަރީ 2012 ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚަރަދުތައްކޮށްފައިވާނީ ޤާނޫނުގެ އިމުގެތެރެއިންކަން ފާހަގަކުރަމެވެ. ޤާނޫނު ނަންބަރު 2009/11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންނާއި... އިތުރަށް ވިދާޅުވޭ

މެމްބަރު އަލްހާން ފަހުމީއަށް ދިން އަނިޔާވެރި ހަމަލާ ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛު އަލްހާން ފަހުމީއަށް ރޭ އިރާކޮޅުގެ ވަގުތެއްގައި ތޫނު އެއްޗަކުން ދިން ހަމާލާއާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ. އާންމުން ގިނައިން އެއްވެ ޢާއިލާއާއެކު ވަގުތު ހޭދަކުރާ އަރޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ކެފޭއެއްގައި އަލްހާން ފަހުމީ ހުންނަވަނިކޮށް އެތަނަށް ބަޔަކު ވަދެ އަލްހާނަށް ހަމަލާ ދީފައިވަނީ ކުރިން... އިތުރަށް ވިދާޅުވޭ

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް އަދި ޒައިދު ފިއުޗަރ އެނަރޖީ ޕްރައިޒް ދިނުމުގެ ޙަފްލާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި

ޖަނަވަރީ 20-23 އަށް އަބޫދާބީގައި ކުރިއަށްދާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގެ ގްލޯބަލް ލީޑާރަސް ސަމިޓާއި ޒައިދު ފިއުޗަރ އެނަރޖީ ޕްރައިޒް ދިނުމުގެ ޙަފްލާގައި ބުދަ ދުވަހު ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފިއެވެ. އިޔާދަކުރަނިވި ހަކަތަ އުފެއްދުމާއި އަދި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ އުފެއްދުމަށް ބާރު އެޅުމަށް މުޅި ދުނިޔޭގެ އެކިއެކި ދާއިރާގެ އިންވެސްޓަރުންނަށް ހުޅުވާލެވިގެން ބޭއްވުނު އެކިއެކި ޙަފްލާތަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދު މިރޭ އަބޫދާބީއަށް ފުރާވަޑައިގަންނަވާނެ

ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ހަނދާނުގައި 2009 ވަނަ އަހަރުން ފެށިގެން އިންތިޒާމް ކުރެވޭ ޒައިދު ފިއުޗަރ އެނަރަޖީ ޕްރައިޒްގެ ޕްރައިޒް އެވޯޑިން ޙަފްލާއަށާއި އަބޫދާބީ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާރސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު މިރޭ އަބޫދާބީއަށް ފުރާވަޑައިގަންނަވާނެއެވެ. ޒައިދް ފިއުޗާރ އެނަރޖީ ޕްރައިޒައަކީ އިއާދަކުރަނިވި ހަކަތަ ބޭނުނުކުރުމަށާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ފުރާވަޑައިގަންނަވައިފި

ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބު އައްޑޫ ސިޓީގައި އިފްތިތާޙްކޮށްދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު އައްޑޫ ސިޓީއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ރައީސް ނަޝީދު ވަޑައިގަންނަވާނެއެވެ. އަދި ކޮންމެ އަވަށެއްގައިވެސް ސިޓީ ކައުންސިލް އިންތިޚާބުގައި ބައިވެރިވަޑައިގަންނަވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވާނެއެވެ. އަދި ކޮންމެ އަވަށެއްގެ އެމްޑީޕީގެ ކެމްޕޭން ޓީމާއެކު... އިތުރަށް ވިދާޅުވޭ

މަންޑޭލާގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ރައީސް ނަޝީދު ސޮއިކުރައްވައިފި

މަންޑޭލާގެ ހަނދާނުގައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި މިއަދު މެންދުރު ރައީސް ނަޝީދު ސޮއިކުރައްވައިފިއެވެ. އެ ދަފްތަރުގައި ލިއުއްވި ތައުޒިޔާގެ މެސެޖުގައި މަރްހޫމް މަންޑޭލާގެ އާއިލާއާއި ގާތްފަރާތްތަކުގެ ހިތަމާއި މޮޅިވެރިކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސް މަންޑޭލާއަކީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމުގައި ކުރިއަށް އަރާ ހުންނެވި ދަންމަރެއް ކަމުގައި ވިދާޅުވިއެވެ. ދެކުނު... އިތުރަށް ވިދާޅުވޭ