އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުން : ރައީސް ނަޝީދު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުންކަމުގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭ މައްޗަންގޯޅި ދެކުނުގައި ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވަނީ އެޚިދުމަތްތައް ދިނުމަށް އެމްޑީޕީގެ މެނިފެސްޓޯ ބައްޓަންވެފައިވާގޮތަށް އަލިއަޅުވައިލައްވާފައެވެ. އެމްޑީޕީ ސަރުކާރުގައި ދެމުން ގެންދިޔަ ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ މައްޗަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު... އިތުރަށް ވިދާޅުވޭ
ލިވްއެބޯރޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ލިވްއެބޯރޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ބައްދަލުކުރައްވައިފިއެވެ. ދިވެހިރާއްޖޭގައި ސަފާރީތަކުގެ މަސައްކަތްކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް އެބޭފުޅުން ހިއްސާކުރެއްވިއެވެ. ބައުންޑަރީ ރެގިއުލޭޝަންގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ރައްކާތެރިކަމާއެކު ސަފާރީ އޮޑިތައް ބަނދަރު ކުރެވޭނެ ގޮތް ނެތުނީމާ ދިމާވާ ދަތިތައް އެބޭފުޅުން ރައީސް ނަޝީދާ ހިއްސާ ކުރެއްވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި... އިތުރަށް ވިދާޅުވޭ
އެމްޑީޕީ ވެގެންދިޔައީ ދިވެހި ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅަށް އިތުރު ދިރުމެއްދީ، އެއުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ޕާޓީއަށް: ރައީސް ނަޝީދު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވެގެންދިޔައީ ދިވެހި ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅަށް އިތުރު ދިރުމެއްދީ، އެއުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ޕާޓީއަށްކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކާނިވާ ސަރަހައްދުގައި އެމްޑީޕީއަށް ތާއިދުކުރައްވާ ފަރާތްތަކާއެކު ރޭ (14 ސެޕްޓެމްބަރ 2013) ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކާނިވާ ސަރަހައްދުން ފެނިގެންދާ މަންޒަރު ކުރިއަށް އޮތް ފަސް... އިތުރަށް ވިދާޅުވޭ
އައްޑޫ ސިޓީ ކެމްޕޭން ހަރަކާތްތަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު އައްޑޫ ސިޓީގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފިއެވެ. ރައީސް ނަޝީދު މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ އައްޑޫ ސިޓީގެ ހުޅުމީދޫއަށެވެ. ހުޅުމީދޫން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ހުޅުމީދޫގައި ދޮރުންދޮރަށް ހިންގެވިއެވެ. އަދި ވަކިވަކި ރައްޔިތުންނާވެސް ބައްދަލުކުރައްވިއެވެ. ހުޅުމީދޫއަށްފަހު ރައީސް ނަޝީދު ވަޑައިގެންނެވީ... އިތުރަށް ވިދާޅުވޭ
ފުލުހުންނާއި ސިފައިންގެ މުއައްސަސާ ޕްރޮފެޝަނަލް މުއައްސަސާތަކަށް ހައްދަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
އެއްވެސް ތަފާތުކުރުމެއްނެތި ފުލުހުންނާއި ސިފައިންގެ މުއައްސަސާ ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުމަށް މަސައްކަތްކޮށް އަދި ހިތްބަރުކަމެއް ބާއްވާ ނޭއްގާނީ އެއްވެސް ކަމެއް ނުހިންގާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާނޭކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްވިދާޅުވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ގިނަ އާއިލާތަކެއް ދިރިއުޅެމުންދާ ބަނޑޭރި ކޮށި ކައިރީ ކަންމަތީ ޖަލްސާއެއް ރޭ (12 ސެޕްޓެމްބަރ 2013)... އިތުރަށް ވިދާޅުވޭ
ޕެނަލް ފޯ ނެޝަނަލް ހަރމަނީއާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ސިޔާސީ ގޮތުން ހޭލުންތެރިކޮށް މުޖުތަމައުގައި ހަމަޖެހުން ގާއިމްކުރުމަށް އދ.ގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ޕެނަލް ފޯ ނެޝަނަލް ހާމަނީއާއި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. އެމްޑީޕީގެ މައި އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި ޕެނަލް ފޯ ނެޝަނަލް ހާމަނީން ކުރައްވަމުން ގެންދަވާ ހުރިހާ މަސައްކަތަކަށް އެމަނިކުފާނު އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސް... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދު އެމެރިކާ އެމްބެސެޑަރާ ބައްދަލުކުރައްވައިފި
އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހަރ އެކްސެލެންސީ މިޝޭލް ސިސޮންއާއި ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔަ ގޮތާމެދު މަޝްވަރާކުރެވުނެވެ. އަދި 2013 ސެޕްޓެމްބަރ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާއި މެދުވެސް މަޝްވަރާކުރެވުނެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ... އިތުރަށް ވިދާޅުވޭ
95000 ރައްޔިތުން ވޯޓު ދެއްވީ ބަޣާވާތާއި ދެކޮޅު ހަދާ ޑިމޮކްރެސީ އާއި ތަރައްޤީއަށްޓަކައި: ރައީސް ނަޝީދު
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 95000 ރައްޔިތުން ވޯޓު ދެއްވީ ބަޣާވާތާއި ދެކޮޅު ހަދާ ޑިމޮކްރެސީ އާއި ތަރައްޤީއަށްޓަކައިކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރޭ (11 ސެޕްޓެމްބަރ 2013) ކުޑަ ހެންވޭރު ޖަގަހަ ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހިރާއްޖޭގައި ދޭތެރެދޭތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި... އިތުރަށް ވިދާޅުވޭ
އިދިކޮޅު ވާދަވެރިން އެމްޑީޕީއިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
އިދިކޮޅު ވާދަވެރިން އެމްޑީޕީއިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު ގަލޮޅު ދެކުނު ކަންމަތީ ޖަލްސާގައި ރޭ (9 ސެޕްޓެމްބަރ 2013)ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެފަދަ އިއްތިހާދެއް ނުވާނެކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާދަވެރިން އެމްޑީޕީގެ ހަރުގެތަކަށް އައިސް ގުޅެމުން... އިތުރަށް ވިދާޅުވޭ
ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ތެރެއިން ރާއްޖޭގެ ގިނަ ރައްޔިތުން އެދި ގޮވަނީ އެމްޑީޕީއަށް: ރައީސް ނަޝީދު
ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ގިނަ ރައްޔިތުން އެދި ގޮވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އަށް ކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރޭ (8 ސެޕްޓެމްބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ބޭއްވުނު ‘ބާރަށް ކުރިއަށް’ ޖަލްސާގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް އިޝާރާތްކުރައްވަމުންނެވެ. ރައީސް... އިތުރަށް ވިދާޅުވޭ
ސަލާމަތީ ބާރުތަކަށް ރައީސް މުޙަންމަދު ނަޝީދު ފޮނުއްވި “ވަރަށް ވެދުން” ސިޓީއާގުޅޭ.
ރައީސް މުޙަންމަދު ނަޝީދު ދިވެހި ސިފައިންނާއި ފުލުހުންނަށް ފޮނުއްވާފައިވާ “ވަރަށް ވެދުން” ސިޓީތައް މިހާރު ވާނީ ބަޣާވާތުގައި ހަރަކާތްތެރިވި ވިއްސަކަށް ފުލުހުނާއި ސިފައިން ފިޔަވައި އެހެން ހުރިހާ ފުލުހުނާއި ސިފައިނަށް ފުރާތަކުރައްވާފައެވެ. އެހެން ކަމުގައި ވިއަސް މި ސިޓީ ރައްދުވެފައި ނެތް ފުލުހުނާއި ސިފައިން ދަނީ ރައީސް މުޙަންމަދު ނަޝީދަށް ޝަކުވާ އުފުލަމުންނެވެ. މިކަމާ ގުޅޭގޮތުން ރައީސް ނަޝީދުގެ ތަރުޖަމާނު، އަލްއުސްތާޛާ... އިތުރަށް ވިދާޅުވޭ
އިންތިޚާބު ކާމިޔާބުވާ އެންމެ މުހިންމު ސަބަބަކީ އެމްޑީޕީއިން އެކަށައަޅައިފައިވާ ސިޔާސަތުތައް: ރައީސް ނަޝީދު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާ އެންމެ މުހިންމު ސަބަބަކީ އެމްޑީޕީއިން އެކަށައަޅައިފައިވާ ސިޔާސަތުތައް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ސިޔާސީ ވައުދަކީ ކޮބައިކަމާއި، އެވައުދު ވާގޮތާއި، ސިޔާސީ ޕާޓީ ހިންގާ ގޮތާއި، ސިޔާސީ ޕާޓީގެ ސިޔާސަތުތައް ކަނޑައަޅައި އުސޫލުތައް މިރާއްޖެއަށް ތައާރަފްކުރަމުން އަންނަނީ އެމްޑީޕީކަން ރައްޔިތުންނަށް އެނގޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.... އިތުރަށް ވިދާޅުވޭ
