ޑރ. ޢަބްދުއްޞަމަދު އަބްދުﷲ އަވަހާރަވުމާ ގުޅޭގޮތުން ރައީސް ނަޝީދު ހިތާމަފާޅުކުރައްވައިފި
ރޭގެ ވަގުތެއްގައި ޑރ ޢަބްސުއްޞަމަދު ޢަބްދުﷲ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. ޑރ.ޞަމަދަކީ ޕަބްލިކް ހެލްތްގެ ދާއިރާއިން ދިވެހިރާއްޖެއަށް އަގު ނުކުރެވޭވަރުގެ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ބައިނަލްއަޤްވާމީ ސިއްޙަތާ ގުޅޭ އިދާރާގައި މަތީ މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހުވަދު އަތޮޅު ހިރިހަމާތި... އިތުރަށް ވިދާޅުވޭ
އެމްޑީޕީގެ މެނިފެސްޓޯ 2013-2018 ޢިއުލާން ކުރެއްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު
بســم اللّـه الرّحمـن الرّحيــم އަލްޙަމްދުލިﷲ ރައްބިލް ޢާލަމީން. ވައްޞަލާތު ވައްސަލާމް ޢަލާ ސައްޔިދިނާ މުޙައްމަދިން ވަޢަލާ އާލިހީ ވަޞަޙްބިހީ ވަސައްލަމް ދިވެހި ލޮބުވެތި ރައްޔިތުން. ޤައުމެއްގެ ހަޔާތުގައި އަންނާނޭ މުހިއްމު ވަގުތުތަކެއް. އެ ޤައުމު އެއް ހާލަތުން އަނެއް ޙާލަތަށް ބަދަލުވެދާ ދަނޑިވަޅުތަކެއް. ދިވެހިރައްޔިތުންނަށް ވަނީ މިދިޔަ 10 އަހަރު އެފަދަ އެތައް ދަނޑިވަޅުތަކެއް ކުރިމަތިވެ ނުހަނު ގިނަ ފިލާވަޅު... އިތުރަށް ވިދާޅުވޭ
ރަގަޅު ދިރިއުޅުމެއް ލިބުމަށާއި އާމްދަނީ އިތުރުވުމަށްޓަކައި ކޮންމެހެން ބޭނުންވަނީ ރަގަޅު ވެރިކަމުގެ ނިޒާމެއްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ
ރަގަޅު ދިރިއުޅުމެއް ލިބުމަށްޓަކައި އާމްދަނީ އިތުރުވުމަށްޓަކައި ކޮންމެހެން ބޭނުންވަނީ ރަގަޅު ވެރިކަމުގެ ނިޒާމެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ރޭ މިހެން ވިދާޅުވީ ނިލަންދެއަތޮޅު ކުޑަހުވަދޫގައި ރޭ ބޭއްވި އެމްޑީޕީގެ އެއްބުރުން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވެރިކަމުގެ ނިޒާމެއް އުފެދިގެން އަންނަނީ ގިނަ ޕާރޓީ އެކުލެވޭ ވާދަވެރި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ... އިތުރަށް ވިދާޅުވޭ
ދިވެހި ރާއްޖޭގެ ފުލުހުންނާއި މިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއާ ދެމެދު ގުޅުން ކެނޑިފައި އޮވެގެން ނުވާނެ – ރައީސް ނަޝީދު
ދިވެހި ރާއްޖޭގެ ފުލުހުންނާއި މިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއާ ދެމެދު ގުޅުން ކެނޑިފައި އޮވެގެން ނުވާނެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭ ގަލޮޅު ކޮޅުމަޑުލު ޖަގަހަ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ކެމްޕޭނުޓީމް ވަނީ ރާއްޖޭގެ ހުރިހާ ރަށެެއްގެ ގޭގެއަށް ގޮސް... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދު އަރި އަތޮޅާއި ނިލަންދެ އަތޮޅުގެ ބަައެއް ރަށްތަކަށް ފުރާވަޑައިގަންނަވައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމދު ނަޝީދު އަރި އަތޮޅާއި ނިލަންދެ އަތޮޅުގެ ބަައެއް ރަށްތަކަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ މިއަދު ވަޑައިގެންނެވީ އއ. ބޮޑުފުޅަދޫއަށެވެ. ބޮޑުފޮޅުދޫއަށް ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ބޮޑުފުޅަދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުއްވަވައިދެއްވުމަށްފަހު ރައީސް ނަޝީދު އެރަށުގެ ރައްޔިތުންނާ މުޙާތަބުކުރެއްވިއެވެ. ބޮޑުފޮޅުދޫ ސްކޫލަށް ޒިޔާރަތްކުރައްވައި މެހެމާނުން... އިތުރަށް ވިދާޅުވޭ
ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދޭނީ އެމްޑީޕީއަށްކަން އެރައްޔިތުންނަށް އެނގޭ: ރައީސް ނަޝީދު
ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދޭނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރެއްގައިކަން ރައްޔިތުންނަށް އެނގޭކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކ. ގުރައިދޫގައި ބޭއްވުނު ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ 30 އަހަރު ވަމުން ދިޔަ ގޮތާއި، ދެން އައި 3 އަހަރުގެ ތަރައްގީ ރައްޔިތުން އައީ ބަލަމުން ކަމަށާއި އަދި ބަޣާވާތަށްފަހު... އިތުރަށް ވިދާޅުވޭ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ‘ވަރަށް ވެދުން’ގެ ނަމުގައި އާންމު ޚިދުމަތްތެރިންނަށްއެމަނިކުފާނުގެ ސިޓީފުޅު ރައްދުކުރެއްވެމުގެ ޕްރޮގްރާމެއް އިފްތިތާޙް ކޮށްދެއްވައިފި
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ރާއްޖޭގެ އެކިއެކި ދާއިރާތަކުގެ ޙިދްމަތްތެރިންނަށް ފޮނުއްވަވާ ސިޓީފުޅުތައް ރައްދުކުރެއްވުމުގެ ސިލްސިލާ ޕްރޮގްރާމްއެއް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. ރައީސް ނަޝީދުކޮލޮމްބޯގައި ހުންނަވައި ވީޑިއޯގެ ޒަރިއްޔާއިން ޕާޓީގެ ޕާލިއަމަންޓަރީގްރޫޕުގެ ބޭފުޅުންނާއި ގުޅުއްވައިގެން މި ޕްރޮގްރާމް ފައްޓާވައިދެއްވީ މިއަދު (18 އޮގަސްޓް 2013) މެންދުރުފަހު 2:30ގައި އެމްޑީޕީގެ މައި އޮފީހުގައި... އިތުރަށް ވިދާޅުވޭ
އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދޭނަން: ރައީސް ނަޝީދު
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ދިވެހި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދޭނެކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކޮލޮމްބޯގައި ބެޭއްވުނު ޖަލްސާގައި ވާހަަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި 30 އަހަރުގެ ވެރިކަމުގައި މަޑުޖެހިގެން އައި ކުރިއެރުމާއި، އެމްޑީޕީގެ 3 އަހަރު ތެރޭއައި... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގަންނަވައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ހެނދުނު ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު ސްރީލަންކާގެ ކޮޅުނބަށް ކުރައްވާ ދަތުރުފުޅުގެ ބޭނުމަކީ އެތަނުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ސިޔާސަތު ހާމަކޮށް ކުރިއަށް އޮތް ފަސްއަހަރުގައި ކުރުމަށް އެމްޑީޕީން ހުށަހަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ، މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މަސައްކަތްތކުރައްވާ ކެމްޕޭން ހަރަކާތްތެރިންނާއި... އިތުރަށް ވިދާޅުވޭ
އެމްޑީޕީގެ “އޯގާތެރި ސަރުކާރު، އޯގާތެރި މުޖުތަމައު: އިންސާފުވެރި ތަރައްގީ”ގެ ސިޔާސަތުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އިފްތިތާޙްކޮށްދެއްވައިފި
އެމްޑީޕީގެ “އޯގާތެރި ސަރުކާރު، އޯގާތެރި މުޖުތަމައު: އިންސާފުވެރި ތަރައްގީ”ގެ ސިޔާސަތުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއަދު ހަވީރު މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބޭއްވި ޙަފްލާއެއްގައެވެ. މިއަދު ހަވީރު އޯގާތެރި ސަރުކާރު ސިޔާސަތު އިފްތިތާޙްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ 5 އަހަރުގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް 16 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް އެމްޑީޕީން ރާއްވަވާފައިވާކަމުގައެވެ. އަދި... އިތުރަށް ވިދާޅުވޭ
ސިޔާސީ ނިޒާމެއްގެ ތެރެއިން ވެރިކަން ހިންގުމަށް ނިކުމެ ތިބި ބަޔަކީ އެމްޑީޕީކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން ސިޔާސަތުތަކާއެކު ވެރިކަން ހިންގުމަށް ނިކުމެ ތިބި ހަމައެކަނި ބަޔަކީ އެމްޑީޕީކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ތިލަދުންމަތި އުތުރުބުރި އިހަވަންދޫގައި ރޭ ބޭއްވި އެމްޑީޕީގެ އެއްބުރުން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅަނީ ރައްޔިތުންގެ އާމްދަނީ... އިތުރަށް ވިދާޅުވޭ
އިންތިޚާބަކީ ކުރާން އޮތް މަސައްކަތުގައި ގިރާކުރާން އޮތް އެންމެ އޮޅިއެއް – ރައީސް މުޙައްމަދު ނަޝީދު
ރިޔާސީ އިންތިޚާބަކީ އެއަށްފަހު ކުރާން އޮތް މަސައްކަތުގައި ގިރާކުރާން އޮތް އެންމެ އޮޅިއެއްކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި މިއަދު މުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހކަފުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވީ ސަރުކާރެއްގެ އަބަދުވެސް އަމާޒަކަށް... އިތުރަށް ވިދާޅުވޭ
