“އެއްބުރުން ކޮޅުމަޑުލު” ދަތުރުފުޅުގައި ރައީސް ނަޝީދު ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

“އެއްބުރުން ކޮޅުމަޑުލު” ޖަލްސާ ތަކުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ކޮޅުމަޑުލަށް މިއަދު ވަޑައިގަންނަވައިފިއެވެ. ކޮޅުމަޑުލަށް މިކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކޮޅުމަޑުލު ވިލުފުށްޓަށެވެ. ވިލުފުށީގައި، ޕެޗް އޭޖެންޓުންނާއި އަދި އެމްޑީޕީ ކައުންސިލަރުންނާއި ރައީސް ނަޝީދު މިރޭ ބައްދަލުކުރައްވާ “ދޭތިން ފަހެތި” ވަރކްޝޮޕް ހިންގަވާނެއެވެ. އަދި އެއަށްފަހު “އެއްބުރުން ވިލުފުށި” ޖަލްސާގައި... އިތުރަށް ވިދާޅުވޭ

ރައީސް މުހައްމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގަންނަވައިފިއެވެ. “އެއްބުރުން ބޮޑުތިލަދުންމަތި” އެމްޑީޕީގެ ކެމްޕޭއިން ދަތުރުފުޅުގައި ރައީސް ނަޝީދުވަނީ މިލަދުންމަޑުލު އުތުރުބުރި ނަރުދޫ އަށާއި މިލަންދޫއަށް ވަޑައިގަންނަވާފައެވެ. އަދި މިލަންދޫގައި “އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތެވެ. ނަރުދޫ އަދި މިލަންދޫގައިވެސް ރައީސް ނަޝީދު އެމްޑީޕީގެ ކެމެޕެއިން... އިތުރަށް ވިދާޅުވޭ

އެމްޑީޕީގެ ސިޔާސަތުތަކާއެކު ބޮޑުތިލަދުންމަތީގެ އާމްދަނީއާއި ތަރައްގީގެ ދުވެލި ދެގުނަވާނެ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރައްޔިތުންނަށް ހުށައަޅާ ސިޔާސަތުތައް ތަންފީޒުވުމުން ބޮޑުތިލަދުންމަތީގެ އާމްދަނީއައި ތަރައްޤީގެ ދުވެލި ދެގުނަވާނެ ކަމުގައި އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ހުކުރުދުވަހުގެރޭ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި ރޭބޭއްވި “އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ފަރާތުން ބޮޑުތިލަދުންމަތީގައި ހިންގުމަށް ހަމަޖެހިފައިވާ ސިޔާސަތުތަކާއި ތަރައްޤީގެ ތަޞަވުރު ހުށައަޅުއްވައިދެއްވަމުން... އިތުރަށް ވިދާޅުވޭ

އެމްޑީޕީން ރައްޔިތުންނަށް ހުށަހަޅަނީ ތަރައްޤީގެ ޗާޓު ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރާއްޖޭގެ ރައްޔިތުންނަށް ހުށަހަޅަނީ ތަރައްޤީގެ ޗާޓް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދިއްދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވީ “އެމްޑީޕީ ރާއްޖޭގެ ރައްޔިތުންނަށް ހުށަހަޅާނީ ސިޔާސަތުތަކެއް. މި ސިޔާސަތުތައް... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތި އުތުރުބުރި އިހަވަންދޫއަށް ވަޑައިގަންނަވައިފި

“އެއްބުރުން ބޮޑުތިލަދުންމަތި” އެމްޑީޕީގެ ކެމްޕެއިން ދަތުރުފުޅުގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫއަށް މިއަދު ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު އިހަވަންދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސް ނަޝީދަށާއި އެމްޑީޕީގެ އިސްފަރާތްތަކަށް މަރުޙަބާ ދެންނެވުމަށް އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ވަޑައިގަތެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އިހަވަންދޫގެ ޒުވާނުންނާއި ބައްދަލުކުރައްވާފައެވެ. ޒުވާނުންނާއި މުހާތަބުކުރައްވައި... އިތުރަށް ވިދާޅުވޭ

އިންތިޚާބު ކާމިޔާބު ކުރައްވާނީ 125،000 ވޯޓުން ކަމަށާއި އެބޮޑު ކާމިޔާބީގެ ޒިންމާ ވަރަށް ބޮޑު ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި 7 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވޭ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ 125،000 ވޯޓުން ކަމަށާއި އެބޮޑު ކާމިޔާބީގެ ޒިންމާ ވަރަށް ބޮޑު ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑެޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރި މިލަންދޫގައި ބުދަ ދުވަހުގެރޭ ބޭއްވި “އެއްބުރުން ބޮޑުތިލަދުންމަތި” އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި... އިތުރަށް ވިދާޅުވޭ

ރަައީސް މުހައްމަދު ނަޝީދު މިލަދުންމަޑުލު އުތުރުބުރި ނަރުދޫއަށާއި މިލަންދޫއަށް ވަޑައިގަންނަވައިފި

ރަައީސް މުހައްމަދު ނަޝީދު މިލަދުންމަޑުލު އުތުރުބުރި ނަރުދޫއާއި މިލަންދޫއަށް މިއަދު ހެނދުނު ވަޑައިގަންނަވައިފިއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ނަރުދޫއަށް މިއަދު ހެނދުނު ވަޑައިގެންނެވުމުން އެރަށުން އެމަނިކްފާނަށް ވަރަށް ހޫނު މަރުޙަބާއްއް ދެންނެވިއެވެ. އެރަށުގައި ރައީސް ނަޝީދުވަނީ ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހާލު އޮޅުން ފިލުވާފައެވެ. އެއައްފަހު ނަރުދޫގައި ކޭބަލް ޓީވީ ނެޓްވޯކެއް އިފްތިތާހް ކޮއްދެއްވިއެވެ. ކޭބަލް... އިތުރަށް ވިދާޅުވޭ

ފެބްރުއަރީ 7 ވަނަ ދުވަހު ޤާނުނާ ޚިލާފް ޢަމަލުތައް ހިންގި ފުލުހުންނާ ސިފައިންގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭނެ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

ފެބްރުއަރީ 7 ވަނަ ދުވަހު ގާނުނާ ހިލާފް އަމަލް ހިންގި ފުލުހުންނާ ސިފައިންގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގި އަދި އެބޭފުޅުންނަށް ހައްގު އަދަބު ދެވޭނެ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން އުސްފަސްގަނޑުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި... އިތުރަށް ވިދާޅުވޭ

“އެއްބުރުން ބޮޑުތިލަދުންމަތި” ދަތުރުފުޅުގައި ރައީސް ނަޝީދު ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

“އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާގތަކުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް މިއަދު ވަޑައިގަންނަވައިފިއެވެ. ބޮޑުތިލަދުންމައްޗަށް މިކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިލަދުންމަޑުލު އުތުރުބުރި ނަރުދޫއަށެވެ.ނަރުދޫގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ރައީސް ނަޝީދު ކުރިއަށް ގެންގޮސްދެއްވާނެއެވެ. އެއަށްފަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ ށ.މިލަންދޫޢަށެވެ. މިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވުމަށް ދޮރުންދޮރަށް ހިންގަވައި އެމްޑީޕީގެ ކެމްޕެއިން... އިތުރަށް ވިދާޅުވޭ

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އދގެ ސެކެޓްރީ ޖެނެރެލްގެ ނައިބު ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސްލެންސީ މިޝެލް ސިސޮންއާއި އދގެ ސެކެޓްރީ ޖެނެރެލްގެ ނައިބު މިސްޓަރ އޮސްކަރ ފަރނެންޑެޒް-ޓަރަންކޯ އާއި އަންގާރަ ދުވަހުގެ ހަވީރު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ވެރިކަން ފުލުހުންނާއި ސިފައިން ނިކުމެ ވައްޓާލުމާ ގުޅޭގޮތުން ތަހުގީގު ކުރުމަށް އެކުލަވާލެވުނު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވާ... އިތުރަށް ވިދާޅުވޭ

ރައީސް މުހައްމަދު ނަޝީދު ހުވަދު އަތޮޅުގެ އިތުރު ރަށްތަކަކަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހުވަދު އަތޮޅުގެް އިތުރު ރަށްތަކަށް މިއަދުވެސް ވަޑައިގަންނަވައިފިއެވެ. މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ. ފަރެސްމާތޮޑާއަށެވެ. ރައީސް ނަޝީދު ގދ. ފަރެސް މާތޮޑާއަށް ވަޑައިގެންނެވުމުން އެރަށުގައި ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ފަރެސް މާތޮޑާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކެމްޕޭން ޖަގަހައެއް ހުޅުއްވައިދެއްވާފައެވެ. އަދި އެމްޑީޕީ... އިތުރަށް ވިދާޅުވޭ

އަޅުގަނޑުމެން އެދެނީ އަދަށްވުރެ ވަކިން މާ ރަނގަޅު މާދަމާއެއް ލިބުން – ރައީސް ނަޝީދު

އަޅުގަނޑުމެންނަށް އަދަށްވުރެ ވަކިން މާ ރަނގަޅޑު މާދަމާއެއް ލިބުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ އެމްޑިޕީގެ ސިޔާސަތު އިފްތތާޙް ކޮށްދެއްވުމަށް ގދ. ތިނަދޫއަށް ވަޑައިގަތުމަށްފަހު ގދ. ވާދޫއަށް ވަޑައިގެން އެރަށުގެ ރައިޔިތުންނާއި ބައްދަލު ކުރެއްވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. “އަޅުގަނޑުމެން އެދެނީ ބޯހިޔާވަހި ކަމަކަށް. އަޅުގަނޑުމެން އެދެނީ ވަޒީފާގެ ފުރުޞަތަކަށް. އަޅުގަނޑުމެން... އިތުރަށް ވިދާޅުވޭ