މިލަދުންމަޑުލު ދެކުނުބުރީގެ އިތުރު ރަށްތަކަކަށް ރައީސް މުޙައްމަދު ނަޝީދު ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު މިލަދުންމަޑުލު ދެކުނުބުރީގެ އިތުރު ރަށްތަކަކށް ވަޑައިގަންނަވާފައެވެ. ރައީސް ނަޝީދު މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ނ.މާފަރަށެވެ. މާފަރަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި އެރަށުގެ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުން... އިތުރަށް ވިދާޅުވޭ

ހައްދު ފަހަނައަޅާފައިވާ ވަޠަނީ ކިބުރުވެރިކަމަކީ ޤައުމިއްޔަތެއް ނޫން ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ހައްދު ފަހަނައަޅާފައިވާ ވަޠަނީ ކިބުރުވެރިކަމަކީ އެއީ ޤައުމިއްޔަތެއް ނޫން ކަމަށާއި ބޭރުގެ ޤައުމުތާކާމެދު ކިބުރުވެރި ވިސްނުން ގެންގުޅުމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅޭނެ ކަމެއްކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި ބުދަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. “ވަޠަނީ ކިބުރުވެރިކަން އަޅުގަނޑުމެންގެ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ، މާޅެންދޫ، ލަންދޫ އަދި ކުޑަފަރީއަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އެއަތޮޅުގެ ހެނބަދޫއަށެވެ. ރައީސް ނަޝީދު ހެނބަދޫއަށް ވަޑައިގެންނެވުމުން ހެނބަދޫގެ ރައްޔިތުން ވަނީ ރައީސް ނަޝީދުއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ރައީސް ނަޝީދު އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައްޔިތުންގެ ޙާލުއަހުވާލު އޮޅުންފިލުއްވިއެވެ. އަދި އެމްޑީޕީ... އިތުރަށް ވިދާޅުވޭ

މިލަދުންމަޑުލު ދެކުނުބުރީ ބައެއް ރަށްރަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޙައްމަދު ނަޝީދު މިއަދު ފުރާވަޑައިގަންނަވައިފި

މިލަދުންމަޑުލު ދެކުނުބުރީ ބައެއް ރަށްރަށް ކުރައްވާ ދަތުރުފުޅެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދު މިލަދުނުްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ނ.ހެނބަދޫއަށެވެ. ހެނބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ކުރިއަށްދާ ދޮރުން ދޮރަށް ޕްރޮގްރާމްގައި ހެނބަދޫ ގޭގެއަށް ޒިޔާރަތް... އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައީސް ނަޝީދު ތިލަދުންމައްޗަށް ވަޑައިގެންނެވީ އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށް ހދ. ކުޅުދުއްފުށިގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށެވެ. ރައީސް ނަޝީދު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ހއ. ކެލާ އަށާއި ހއ. ފިއްލަދޫ އަދި ހއ.ބާރަށަށް... އިތުރަށް ވިދާޅުވޭ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ތިލަދުންމަތީގެ ބައެއް ރަށްރަށަށް ވަޑައިގަންނަވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުހައްމަދު ނަޝީދު މިހާރު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިލަދުންމަތީ އުތުރުބުރީ ބައެއް ރަށްރަށް ވަޑައިގަންނަވައިފިއެވެ. އެގޮތުން މިއަދު ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. ފިއްލަދޫއަށެވެ. ފިއްލަދޫއަށް ރައީސް ނަޝީދު ވަޑައިގަތުން ފިއްލަދޫގެ ރައްޔިތުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ރައީސް ނަޝީދު ފިއްލަދޫއަށް ވަޑައިގެން ފިއްލަދޫގެ ރައްޔިތުންގެ ހާލުބެއްލެވުމަށް ގޭގެއަށް... އިތުރަށް ވިދާޅުވޭ

ވާދަވެރި ސިޔާސީ ޕާޓީތަކުގެ ވިސްނުމަކީ ދިވެހިންގެ މިލްކުވެރިކަމުގައި ނޫނީ ކަންތައް ކޮށްގެން ނުވާނެ ކަމަށާއި އެމްޑީޕީގެ އަމާޒަކީ ކުރެވޭ މަސައްކަތުން ރައްޔިތުންނަށް ލިބޭ ފައިދާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ވިސްނުމުގައި ހުރީ ދިވެހިންގެ މިލްކުވެރިކަމުގައި ނޫނިއްޔާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމުގެ ވިސްނުން ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ވިސްނުމަކީ އެއީ ނޫން ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ ކުރެވޭ މަސައްކަތަކުން ރައްޔިތުންނަށް ލިބޭ ފައިދާ ކަމަށާއި އަދި ރާއްޖޭގެ އެއްވެސް ބިމެއް މިލްކެއް އެ އޮތްތަނުން އެހެން ތަނަށް ނުގެންދެވޭނެ ކަމަށް... އިތުރަށް ވިދާޅުވޭ

ދަނޑުވެރިކަމުގެ މަސައްކަތް ވިޔަފާރި އުސޫލުން ތަރައްޤީކުރަން ޖެހޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

ދަނޑުވެރިކަމުގެ މަސައްކަތް ވިޔަފާރި އުސޫލުން ތަރައްޤީކުރަން ޖެހޭ ކަމަށާއި ދިވެހިރާއްޖެއަށް މިހާރު އެތެރެކުރާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ބޮޑު މިންވަރެއް ދިވެހިރާއްޖޭގައި އުފައްދައި، ދަނޑުވެރިކަމުގެ ދާއިރާ އެތައް ގުނައަކުން ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އަމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ‘އެގްރި ވިޔަފާރި’ ސިޔާސަތު އިފްތިތާޙްކޮށްދެއްވަމުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ވާހަކަދައްކަވަމުންނެވެ. ދިވެހިރާއްޖެއަކީ ގުދުރަތީ ވަޞީލަތްތައް ލިބިވާ ރާއްޖެއެއް... އިތުރަށް ވިދާޅުވޭ

ދަނޑުވެރިކަމުގެ އެމްޑީޕީ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތި ދެކުނުބުރި ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

“އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މި ނަމުގައި ދަނޑުވެރިކަމުގެ އެމްޑީޕީ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ތިލަދުންމަތި ދެކުނުބުރީ ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަންނަވައިފިއެވެ. ދަނޑުވެރިކަމުގެ އެމްޑީޕީ ސިޔާސަތު ހދ.ކުޅުދުއްފުށީގައި ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރުއެވެ. މި ރަސްމިއްޔާތާ އެކު އެކީހެން،... އިތުރަށް ވިދާޅުވޭ

މައްޗަންގޮޅި ދެކުނު ދާއިރާގެ “ވަޢުދާ ހިނގުން” ރައީސް މުޙައްމަދުނަޝީދު ފައްޓަވައިފި

މައްޗަންގޮޅި ދެކުނު ދާއިރާގައި އެމްޑީޕީގެ ވަޢުދާ ހިނގުން – ދޮރުން ދޮރަށް ކެމްޕެއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ހެނދުނު ފައްޓަވައިދެއްވައިފިއެވެ. މިއަދު ހެނދުނު ވައުދާ ހިނގުން – ދޮރުން ދޮރަށް ރައީސް ނަޝީދު ފައްޓަވައި ދެއްވުން އޮތީ ޗާންދަނީމަގުގައި ހުންނަ މއ. ތަނބުރުމާގެ އިންނެވެ. ވަޢުދާ ހިނގުން ފައްޓަވައި ދެއްވުމުގެ ކުރިން... އިތުރަށް ވިދާޅުވޭ

ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ ހެޑްސް އޮފް ޑިިޕްލޮމެޓިކް މިޝަންސް ރައީސް ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ކޮޅުނބުގައި ހުންނަ ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ ސަފީރުންނާއި ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ފަރެންސޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ މިސްއިޒް ކްރިސްޓީން ރޮބިޝޯން، އިޓަލީ ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ފެބްރީޒިއޯ ޕައޯ އަރޕި، ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސްލެންސީ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު މާލެ ވަޑައިގަންނަވައިިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅު މޫސުން ގޯސްވުމާ ގުޅިގެން މެދުކަނޑާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.