ދިވެހިރާއްޖޭގައި މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫއަށް މިއަދު ވަޑައިގަންނަވައިފި

ދިވެހިރާއްޖޭގައި މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްދެއްވުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ނ.ކެނދިކުޅުދޫއަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދަނީ ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ކުރާ އަދި ހިންގަވާ... އިތުރަށް ވިދާޅުވޭ

އަޅުގަނޑުމެން ރައްޔިތުންގެ ހިތްތަކުގައިވާ ސުވާލަކީ، އެ ރައްޔިތުންގެ ހިތްތަކުގައިވާ އުންމީދުތައް އެއް ބުރުން ޙާޞިލްކުރެވިދާނެތޯ ކުރެވޭ ސުވާލުކަމަށާއި، މިރޭ މިތަނުން ފެންނަ މަންޒަރަކީ އެމްޑީޕީ އިން އިންތިޚާބު އެއް ބުރުން ކާމިޔުބުކޮށް ނިންމި މަންޒަރުކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ.

އަޅުގަނޑުމެން ރައްޔިތުންގެ ހިތްތަކުގައިވާ ސުވާލަކީ، އެ ރައްޔިތުންގެ ހިތްތަކުގައިވާ އުންމީދުތައް އެއް ބުރުން ޙާޞިލްކުރެވިދާނެތޯ ކުރެވޭ ސުވާލުކަމަށާއި، މިރޭ މިތަނުން ފެންނަ މަންޒަރަކީ އެމްޑީޕީ އިން އިންތިޚާބު އެއް ބުރުން ކާމިޔުބުކޮށް ނިންމި މަންޒަރުކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީއާ... އިތުރަށް ވިދާޅުވޭ

ރައީސް މުޙައްމަދު ނަޝީދު ޑެންމާކުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ޤާނޫނު ހަދާ މަޖިލިހުގައި އަދި ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގައި ތަޤްރީރު ކުރެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ޑެންމާކުގެ ޤާނޫނު ހަދާ މަޖިލިހުގެ ދަޢުވަތަށް ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާއި ގުޅޭގޮތުން ވަނީ ތަޤްރީރުކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި ކޯޕަންހޭގަން ޔުނިވަރސިޓީގެ ސަސްޓެއިނަބިލިޓީ ސައިންސް ސެންޓަރ އިން އިންތިޒާމްކޮށްގެން “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް ގޮތެއްގައި... އިތުރަށް ވިދާޅުވޭ

ރައީސް މުޙަންމަދު ނަޝީދު މިހާރު ޑެންމާކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިސްޓަރ ކްރިސްޓިއަން ފްޣިސް ބަކްއާ ބައްދަލުކުރައްވައިފި

ރައީސް މުޙަންމަދު ނަޝީދު މިހާރު ޑެންމާކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިސްޓަރ ކްރިސްޓިއަން ފްޣިސް ބަކްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޑެންމާކުގެ ޚާރިޖީ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މާހައުލާ އަދި ތަރައްޤީގެ ކަންކަމަށް އެހީލިބުމުގައި ހުރި މައްސަލަތަކާ ގުޅޭ މަޢުލޫމާތު ރައީސް ނަޝީދު، ޑެންމާކުގެ ޑިވެލޮޕްމަންޓް މިނިސްޓަރާ ޙިއްޞާ... އިތުރަށް ވިދާޅުވޭ

މިއަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުގެ ކުރިމަގު އުޖާލާކުރުމަށް މުޙިންމުވާ އިންތިޚާބެއް ނޫންކަމަށާއި އެއީ އެއަށްވުރެ މާ މުޙިންމު އިންތިޚާބެއްކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

މިއަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުގެ ކުރިމަގު އުޖާލާކުރުމަށް މުޙިންމުވާ އިންތިޚާބެއް ނޫންކަމަށާއި އެއީ އެއަށްވުރެ މާ މުޙިންމު އިންތިޚާބެއްކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މުޙަންމަދު ނަޝީދު މިހެން ވިދާޅުވީ ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައި މިއަދު ތަޤްރީރުކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ތަޤްރީރުގައި، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު... އިތުރަށް ވިދާޅުވޭ

ހަކަތައިގެ ނުރަނގަޅު ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ސިޔާސީ މާޙައުލުވެސް ތަޣައްޔަރު ވާނެ – ރައީސް ނަޝީދު

ހަކަތައިގެ ނުރަނގަޅު ސިޔާސަތުތަކުގެ ސަބަބުން ތަޣައްޔަރު ވާނީ ހަމައެކަނި ތިމާވެށި ނޫން ކަމާއި އެފަދަ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ ސިޔާސީ މާޙައުލާއި ބައިނަލްއަޤްވާމީ ސިޔާސީ މަޝްރަޙް ވެސް ތަޣައްޔަރު ވާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރައްވާ ދަތުރުފުޅުގައި ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ ސަސްޓެއިނަބިލިޓީ ސައިންސް ސެންޓަރ އިން ދަޢުވަތު ދެއްވައިގެން “ދުނިޔޭގެ... އިތުރަށް ވިދާޅުވޭ

ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ކޯޕަންހޭގަންއަށް ވަޑައިގަންނަވައިފި

ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ކޯޕަންހޭގަންއަށް ވަޑައިގަންނަވައިފިއެވެ. ކޯޕަންހޭގަން ގެ އެއަރޕޯޓުން ރައީސް ނަޝީދުއަށް މަރުޙަބާ ދެންނެވީ ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ އިސް ބައެއް ބޭފުޅުންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް އިޤްތިޞާދެއްގެ ގޮތުގައި ބިނާކުރާނީ ކިހިނެތް؟” މި މަޢުޟޫގެ މައްޗަށް... އިތުރަށް ވިދާޅުވޭ

ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގަންނަވައިފި

ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅަކީ ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ ސަސްޓެނިނަބިލިޓީ ސައެންސް ސެންޓަރ އިން އިންތިޒާމްކޮށްގެން، “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް އިޤްތިޞާދެއްގެ ގޮތުގައި ބިނާކުރާނީ ކިހިނެތް؟” މި މަޢުޟޫގެ މައްޗަށް ތަޤްރީރުކުރެއްވުމަށް ލިބިވަޑައިގެންފައިވާ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި، ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައިވެސް... އިތުރަށް ވިދާޅުވޭ

ރައީސް މުޙަންމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުރަސްއަޅުއްވާފައިވާތީ އެކަން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭގަންއަށް ފުރާވަޑައިގަތުމަށް މިއަދު އެއަރޕޯޓަށް ވަޑައިގަތުމުން، އިމިގްރޭޝަން ޑިޕާޓްމަންޓުން އެމަނިކުފާނު ފުރާވަޑައިގަތުމަށް ހުރަސްއަޅުއްވައިފިއެވެ. ރައީސް ނަޝީދަށް މިރޭ ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތުމަށް ހުރަސް އެޅުއްވުމުން ސަރުކާރުގެ މިއަމަލު މި އޮފީހުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. މިއީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ކޮންމެ ދިވެހި ފަރުދަކަށްވެސް... އިތުރަށް ވިދާޅުވޭ

ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެ

ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެއެވެ. ރައީސް މުޙަންމަދު ނަޝީދު ކޯޕަންހޭގަން އަށް ކުރައްވާ މިދަތުރުފުޅަކީ، ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ ސަސްޓެއިނަބިލިޓީ ސައިންސް ސެންޓަރ އިން އިންތިޒާމްކޮށްގެން “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް ގޮތެއްގައި ބިނާކުރާނީ ކިހިނެތް؟ މި މަޢުޟޫގެ މައްޗަށް ތަޤްރީރުކުރެއްވުމަށް ލިބިވަޑައިގެންފައިވާ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ތަޤްރީރުގައި މޫސުމަށް އަންނަ ބަދަލުތަކުގެ... އިތުރަށް ވިދާޅުވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ އެނބުރި މާލެ ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ. ރައީސް މުޙަންމަދު ނަޝީދު މި ދެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފާދިއްޕޮޅުން ހިންނަވަރު، އޮޅުވެލިފުށި، ނައިފަރު، ކުރެންދޫ އަދި މާފިލާފުށްޓަށް ވަޑައިގެންނެވިއެވެ. އަދި މާޅޮސްމަޑުލު ދެކުނުބުރިން ކުޑަރިކިލު، ކިހާދޫ، ކަމަދޫ, ދޮންފަނު،... އިތުރަށް ވިދާޅުވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގެންފިއެވެ. އެގޮތުން އެމަނިކުފާނު މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލިއަށް ވަޑައިގެން އެރަށުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހަރުގެ ހުޅުވައި ދެއްވައި އެމްޑީޕީގެ ބޮޑު ދިދަ ވަނީ ނަންގަވައިދެއްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާއި އެމްޑީޕީގެ... އިތުރަށް ވިދާޅުވޭ