އެމްޑީޕީގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިޒަމްގެ ވިޔަފާރި ހިންގާ އަލުން އަނބުރާ އެކަން ތައާރަފްކުރުން
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތަކީ އަދި އެމްޑީޕީއިން ގެނެސްދިން ސިޔާސަތަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިޒަމްގެ ވިޔަފާރި ހިންގާ އަލުން އަނބުރާ އެކަން ތައާރަފްކުރުންކަމަށް އެމްޑީޕީގެ ރިރާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތާގުޅޭ ގޮތުން އިއްޔެ މާލެ އަތޮޅު މާފުށީގައި... އިތުރަށް ވިދާޅުވޭ
ޕްރޮސެކިޔުޓަރ ޖެނެރަލް އަށް ލިބިފައިވާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުތައް ޢާއްމުންނަށް އޮޅޭގޮތަށް އެއްވެސް ބޭފުޅަކު ޢަމަލު ނުކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ދަންނަވާ އިލްތިމާސް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތައް ކަނޑައަޅާފައިވާއިރު، އެމާއްދާގެ (ފ) ގައި ބަޔާންކުރަނީ ޤާނޫނުއަސާސީގެ އެންމެހައިހަމަތަކާއި، ޤާނޫނާއި، އެންމެހައިފަރުދުންގެ ޙައްޤުތަކާއި، މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތެއްކަމުގައެވެ. އަދި ޤާނޫނުއަސާސީގެ 223 ވަނަމާއްދާގެ (އ) ގައި ބުނެފައިވަނީ،ކުށެއްކުރިކަމުގެ ތުހުމަތުކުރެވިފައިވާމީހަކާމެދު ދަޢްވާ އުފުލުމަށް ނުވަތަ ދަޢްވާނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢްވާއެއް... އިތުރަށް ވިދާޅުވޭ
އަބޫދާބީގެ ޑޮކިއުމެންޓަރީ ފިލްމް ކްލަބު ސީޒަން އޯޕަނިންގައި “ދި އައިލެންޑް ޕްރެޒިޑެންޓް” ސްކްރީންކޮށް އޯޕަނިން ޝަރަފުވެރިކުރެއްވުަމަށް ރައީސް ނަޝީދަށް ދައުވަތު އަރުވައިފި
އަބުދާބީ ޑޮކިއުމެންޓަރީ ފިލްމް ކްލަބް ފަރާތުން އިންތިޒާމް ކުރައްވަައިގެން ބާއްވަވާ 2013 ވަނަ އަހަރުގެ ކަލްޗަރަލް ސީޒަން އޯޕަނިން ފިލްމެއްގެ ގޮތުގައި “ދި އައިލެންޑް ޕްރެޒިޑެންޓް” ސްކްރީން ކުރުުމަށް ނިންމަވައި އެރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން ގެ ޕްރައިވެޓް އޮފީހުންނާއި އަނާސީ މީޑިޔާ ޕްރޮޑަކްޝަންސްގެ ފަރާތުން ވަނީ ދަޢުވަތު ލިބިވަޑައިގެންފައެވެ. އަބޫދާބީ ޑޮކިއުމެންޓްރީ... އިތުރަށް ވިދާޅުވޭ
ރާއްޖެ އިސްލާމްވިދުވަހުގެ ތަހުނިޔާ
ރާއްޖެ އިސްލާމްވިދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރަމެވެ.
ނޫސް ބަޔާން: މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް އިތުރަށް ފުޅާވުން
ދިގު 30 އަހަރުގެ ވެރިކަން ކުރެއްވި ބޭފުޅުންނާ، އެބޭފުޅުން ވެރިކަން ކުރެއްވި ގޮތުން ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ މަސްތުވާ ތަކެއްޗަށް ހުޅުވާފައިވާ ދޮރުތަކެވެ. އޭގެ ސަބަބުން ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލާމެދު ރައްޔިތުން ކަންބޮޑުވެ، މައިން ބަފައިނަށް އެމީހުންގެ ހުރިހާ އުންމީދެއް ގުޅިފައިވާ ލޯބިވާދަރިންގެ މުޅި މުސްތަގުބަލު ހުރަގޭގެ އަނދިރި ކަމުގެ ތެރެއަށް ގެއްލިދާތަން ދެކެން ތިބުންނޫން ގޮތެއް... އިތުރަށް ވިދާޅުވޭ
އެމެރިކާ ސަރުކާރުގެ ވަފުދަކާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ހާލަތު ދެނެގަނެ މަޝްވަރާ ކުރައްވަން މިވަގުތު ރާއްޖެ ވަޑައިގެންފައިވާ އެމެރިކާ ސަރުކާރުގެ އިސް ވަފުދަކާ ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުމުގައި މިހާރު ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކާއި، ކޯނީ ރިޕޯޓާއި އަދިވެސް ރާއްޖޭގެ ތަރައްޤީ އާއި ގުޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ބައްދަލުވުމުގައި... އިތުރަށް ވިދާޅުވޭ
ހައިކޯޓުގެ މައްސަލައާ ގުޅޭ ނޫސް ބަޔާން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޕްރޮސެކިޔުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން ހުޅުމާލެ ކޯޓުން އިޖުރާއީ ކަންކަން ރަނގަޅު ނޫން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ. މިކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވަމުން ދަނިކޮށް، މިމައްސަލައިގައި ހިމެނޭ އެއް ނުގުތާއާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން... އިތުރަށް ވިދާޅުވޭ
އިސްތިއުފާ ދިނީ ރައްޔިތުން ގަޔަށް ބަޑި ޖަހާ ބޭރުގެ ނުފޫޒު ދިވެހި ވެރިކަމުގެ ތެރެއަށް ގެނައުމަށް ބޭނުން ނުވާތީ – ރައީސް ނަޝީދު
ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވި މައިގަނޑު އެއްސަބަބަކީ ދިވެހި ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުމަށާއި އަނިޔާވެރިކަމާއި ހަތިޔާރުގެ ބޭނުންކޮށްގެން އަދި ބޭރު ނުފޫޒުން ދިވެހި ރާއްޖޭގެ ވެރިކަން ދެމެހެއްޓުމަށް ބޭނުންވެވަޑައިނުގަންނަވާތީ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އާއްދީއްތަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ބޭއްވެވި ޖަލްސާގައި... އިތުރަށް ވިދާޅުވޭ
ޤައުމީ ދުވަހުގެ ތަހުނިޔާ
“ޤައުމީ ދުވަސް ފާހަގަ ކުރާން ފެށިތާ 70 އަހަރުގެ މުނާސަބަތުގައ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވަން. މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރާއިރު އަޅުގަނޑުމެން މިދަނީ މުޅިން އެހެން ޤައުމިއްޔަތެއް ބިނާކުރަމުން. ދިވެހި ޤައުމިއްޔަތާއި ރައްޔިތުންނަށް އެޤައުމިއްޔަތުން މަންފާއާއި ފައިދާ ލިބޭ ގޮތްތައް ދެނެގަންނަމުން. ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް ރައްޔިތުންގެ މެދުގައި އެއްގޮތްވާ ވަކި ޚާއްސަ ކަންކަން ހުންނަން ޖެހޭ.... އިތުރަށް ވިދާޅުވޭ
އާއަހަރު ގެ މުނާޞަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވަން
ލޮބުވެތި ދިވެހި އެންމެ ރައްޔިތުންނަށް ވަރަށް އުފާވެރި އާއަހަރަކަށް އަޅުގަނޑު އެދެން. 2013 އަކީ އުންމީދުތަކާއި ވައުދުތަކުގެ އިތުބާރާއި ކާމިޔާބީ ތަކުން ފުރިގެންވާ އަހަރެއްކަމުގައި ދިވެހި ރައްޔިތުންނަށް ލައްވަވާށި. 2012 އެއީ އުނދަގޫ ތަކެއްގެ އަހަރެއް ނޫންކަމުގައި ބެލެވޭކަށް ނެތް. އެބައިމީހުންގެ ހަނި ސިޔާސީ މަގްޞަދުތައް ކުރިއަށް ނެރެގެންތިބި ބަޔަކު، މި ލޮބުވެތި ގައުމާމެދު އެންމެބޮޑު ޚިޔާނާތް ހިންގައިގެން، މިދިޔަ ފެބްރުއަރީ... އިތުރަށް ވިދާޅުވޭ
އެއްބައިވަންތަކަމުގެ ދުވަހު ރައީސް މުހަންމަދު ނަޝީދު ނެރުއްވި ބަޔާން
މީގެ އަށް އަހަރު ކުރީން މެދުވެރިކުރުވި ހިތާމަވެރި ސުނާމީގައި، ފުރާނަ ގެއްލިދިޔަ ދިވެހި ރައްޔިތުންގެ ހަނދާންތައް ހިތަށް ގެނައުމުގައި ދިވެހި ލޮބުވެތި ރައްޔިތުންނާ މިއަދު އަޅުގަނޑު ބައިވެރިވަމެވެ. ދިވެހިންނާއި އަވަށްޓެރިން ދަތިޙާލުގައި ޖެހި ދިރިއުޅުން މުޅީންހެން ރޫޅި ނެތިދިއުމާ، ގުނާއަދަދުކޮށް އަގުނުކުރެވޭނެފަދަ ގެއްލުމާއި ހަލާކު ވަނީ އަޅުގަނޑުމެންގެ ހިތްތަކަށް ނުގެނެވޭފަދަ ބިރުވެރި އެ ކާރިސާގައި މެދުވެރިވެފައެވެ. އެ ހަނދާންތަކަކީ އަބަދުމެ އަޅުގަނޑުމެން... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި
ރައީސް މުހައްމަދު ނަޝީދު ވަނީ އަމިއްލަ ދަތުރުފުޅެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ.
