ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ޤަސްތުގައި ހުރަސް އަޅުއްވާފައިވާތީ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދަގެ (ހ)އިން ކޮންމެ ދިވެހިރައްޔިތަކަށްމެ ރާއްޖެއިން ފުރައިގެން ދިއުމުގެ ޙައްޤު ލިބިދީފައިވީ ހިނދު، ދިވެހި ސަރުކާރުގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މިއަދު ހުއްޓުވާފަވަނީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށެވެ. އަދި، ރައީސް ނަޝީދުގެ ބައްޕާފުޅުގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނިކޮށް، އެކަމަށް ޤަސްތުގައި ހުރަސް އަޅުއްވައި، މިހާރު މިއޮތް ސަރުކާރުން... އިތުރަށް ވިދާޅުވޭ

ނޫސްބަޔާން

ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް މިއަދު ހެދުނުގެ ވަގުތެއްގައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯރޓަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ނެތް ކަމަށާއި، 18 ޑިސެމްބަރު 2012 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ރައީސް ނަޝީދަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މަނާކޮށް ކޯޓު އަމުރެއް އެބޭފުޅުންނަށް ފޮނުއްވާފައިވާކަމަށް ވިދާޅުވެ، އިމިގްރޭޝަނުން ވަނީ އެމަނިކުފާނު ފުރާވަޑައިގަތުން... އިތުރަށް ވިދާޅުވޭ

ކުދި ރަށްތައް އުވާލުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން – ރައީސް ނަޝީދު

ކުޑަ އާބާދީގެ ރަށްތައް އުވަލައި ބޮޑެތި ރަށްތަކަށް އާބާދީ ބަދަލު ކުރުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސިޔާސަތެއް ނޫން ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމް.ޑީ.ޕީގެ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި ށ.ޅައިމަގަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ މުހާތަބު ކުރެއވަމުންނެވެ. މިފަދަ ރަށްތަކުގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބެލުމެއްނެތި ކުދިކުދި ރަށްތަކުގެ... އިތުރަށް ވިދާޅުވޭ

ބޭނުންވަނީ މާޗް މަހުގެ ކުރިން އިންތިހާބެއް ބާއްވަން – ރައީސް ނަޝީދު

އޮގަސްޓު މަހު ބޭއްވޭނެ އިންތިހާބެއް ގަބޫލު ނުކުރައްވާނެކަމާއި މާޗް މަހުގެ ކުރިން އިންތިހާބެއް ބޭއްވެންޖެހޭނެ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމް.ޑީ.ޕީގެ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި ށ.ޅައިމަގުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މީގެ އިތުރުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައިވެސް މިހެން ވިދާޅުވިއެވެ. ސަރުކާރުގެ ހިންގުމާއި މާލީ ހާލަތައް ފާޑު ވިދާޅުވަމުން... އިތުރަށް ވިދާޅުވޭ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ކުރާން ބުނަ ކަންކަން ކޮށް ނިންމާ ބައެއް – ރައީސް ނަޝީދު

އެމް.ޑީ.ޕީ އަކީ ކުރާން ބުނާ ކަންކަން ނިންމާ ބައެއްކަމާއި ދިވެހިރާއްޖެ ތަރައްގީ ކުރުމުގެ ތަސައްވުރެއް އޮތް ބަޔަކީ އެ ޕާޓީ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމް.ޑީ.ޕީގެ ވައުދުގެ ދަތުރުގައި ށ.ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމް.ޑީ.ޕީން 3 އަހަރުގެ ތެރޭގ ކުރެވުނު މަސައްކަތް ފާއިތުވީ 30 އަހަރުގެ ވެރިކަމާ... އިތުރަށް ވިދާޅުވޭ

ކުރީގެ ސަރުކާރު ބަދަލުކުރަން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ފުލުހުންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިޔުމުން – ރައީސް ނަޝީދު

ރައީސް މައުމޫނުގެ ހުދުމުހުތާރު ވެރިކަން ބަދަލު ކުރުމަށް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ސަބަބަކީ ފުލުހުންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިޔުންމުން ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގެ އިފްތިތާހީ ޖަލްސާގައި ށ.މިލަންދޫގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއި އަލްފާޞިލް އިބްރާހިމް ހުސައިން ޒަކީ އަދި... އިތުރަށް ވިދާޅުވޭ

ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގެ ފުރަތަމަ މަންޒިލް، ށ.މިލަންދޫން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި

ބޮޑުތިލަދުންމަތީގެ ތިން އަތޮޅަކަށް ކުރައްވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ވައުދުގެ ދަތުރުގެ އެންމެ ފުރަތަމަ މަންޒިލް، ށ. މިލަންދޫއަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތީ މިއަދު މެންދުރު 12.30 ގައެވެ. ރަށުގެ ގިނަ ރައްޔިތުންތަކެއް އެމަނިކުފާނަށާއި ވައުދުގެ ދަތުރުގެ ބައިވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. ރައީސް ނަޝީދުގެ އަރިހުގައި އެމް.ޑީ.ޕީގެ ޗެއަރ ޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ... އިތުރަށް ވިދާޅުވޭ

ހިޖްރީ އާއަހަރުގެ ތަހްނިޔާ

ހިޖްރީ އާއަހަރުގެ ތަހްނިޔާ އާއި ހެޔޮއެދުންތައް ހުރިހާ ދިވެހިންނަށާއި އެންމެހާ މުސްލިމުންނަށް އަރިސްކުރަމެވެ. 1 މުޙައްރަމް 1434 މުޙައްމަދު ނަޝީދު

ދިވެހިރާއްޖޭގެ 44 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް އެމް.ޑީ.ޕީ އިން ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދު މުހާތަބުކުރައްވައިފި.

ދިވެހިރާއްޖޭގެ 44 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އިން ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ތަޤްރީރު ކުރައްވައިފިއެވެ. ރޭ ކާނިވަލު ސަރަޙައްދުގައި ބޭއްވުނު މިޖަލްސާގައި ރައީސް ނަޝީދުގެ ވާހަކަފުޅު ފެއްޓެވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހްނިޔާ އާއި ހެޔޮއެދުންތައް ރައްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވަމުންނެވެ. މިޖަލްސާގައި މުހާތަބުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު... އިތުރަށް ވިދާޅުވޭ

ނޫސް ބަޔާން

ޕްރޮސެކިއުޓަރ ޖެނަރަލް ރައީސް ނަޝީދުގެ މައްޗަށް ކުރައްވާ ދަޢްވާ އުފުލާފައިވަނީ ހުޅުމާލޭ ކޯޓްގައިކަމުން، މިމައްސަލައިގައި އުޅުއްވާ ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން މިކޯޓުގެ ޤާނޫނީ ޞައްޙަކަމާއި މެދު ސުވާލު އުފައްދަވާފައިވެއެވެ. ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ދިވެހިރާއްޖޭގެ ހައި ކޯޓްއަށް ހުޅުމާލޭ ކޯޓްގެ ޤާނޫނީ ޞައްޙަ ކަމާމެދު ސުވާލު އުފައްދާ ދަޢްވާ އުފުލުމުން އެމައްސަލާގައި ތަދުއްޚުލްވީ އެއްފަރާތް ކަމަށްވާ ޖުޑީޝަލް ސާރވިސް... އިތުރަށް ވިދާޅުވޭ

ޖުމްހޫރީ ދުވަހުގެ ތަހްނިޔާ

ދިވެހިރާއްޖޭގެ 44 ވަނަ ޖުމްހޫރީ ދުވަހުގެ ތަހްނިޔާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ

އިންޑިޔާ އާއި ދިމާޔަށް ބަދުބަސްބުނެ ބަޔެއް ސިޔާސީ ވެރިން އުޅުއްވުމުން އަޅުގަނޑުމެން ދިވެހިންނަށް ގެއްލުންވާނެ – ރައީސް މުހައްމަދު ނަޝީދު

އަވައްޓެރި ބޮޑެތި ޤައުމުތަކަށް ބަދުބަސްބުނެ ނުރުހުމުގެ ވާހަކަ ދައްކާ ހެދީމަ ދިވެހި ރާއްޖެއަށާއި ދިވެހިންނަށް ގެއްލުންވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ފާދިއްޕޮޅު ނާއިފަރަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމް.ޑީ.ޕީ ގެ ނާއިފަރު ދާއިރާއިން ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‘އިންޑިޔާ އާއި ދިމާލަށް އެއީ ރާއްޖޭގެ ރައްޔިތުންގެ... އިތުރަށް ވިދާޅުވޭ