ކުރިއަރާފައިވާ މުޖުތަމައެއްގެ ބިންގަލަކީ ވަށާޖެހޭ ތަޢުލީމު – ރައީސް ނަޝީދު
ކުރިއަރާފައިވާ މުޖުތަމައެއްގެ ބިންގަލަކީ ވަށާޖެހޭ ތަޢުލީމު ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ މުހިއްމު ކަމެއް ދީފައިވަނީ ވަށާޖެހޭ ތަޢުލީމު ފޯރުކޮށްދިނުމަށް ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާ ގުޅިގެންނެވެ. ވަށާ ޖެހޭ ތަޢުލީމު ފޯރުކޮށްދިނުމުގައި ދަރިވަރުންގެ ވިސްނުމާއި ހުނަރާއި އުގެނުން ކުރިއެރުވުމަށް... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދު ހުންނެވީ ޗުއްޓީގައި
ރައީސް މުޙައްމަދު ނަޝީދު 2014 ޑިސެމްބަރ 16 ވަނަ ދުވަހުން ފެށިގެން ހުންނެވީ 3 ހަފްތާގެ މުއްދަތުގެ ޗުއްޓީއެއްގައި ޢާއިލާއާއެކު ރާއްޖޭއިން ބޭރުގައެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ނެރުއްވާ ބަޔާން
މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހެވެ. މިދުވަހު ރާއްޖޭގެ އެންމެ ބޭފުޅުންގެ އަރިހު އަދަބު އިހްތިރާމްއާއި އެކު ދަންނަވަމެވެ. ޒަމާންތަކެއްވަންދެން މިދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުހަނު އަނިޔާއާއި ގެއްލުން ލިބިފައިވެއެވެ. ރާއްޖޭގެ ވެރިންގެ ނުރުހުން ރައްދުވާ ފަރާތްތަކަށް ދެވިފައިވާ އަނިޔާއާއި ގެއްލުމެވެ. ވެރިކަމުގެ ބާރު ބޭނުންކޮށްގެން ސަރުކާރުގެ އިންތިޒާމްގެ ދަށުން ދެވިފައިވާ އަނިޔާއާއި ގެއްލުމެވެ. އަޅުގަނޑު މިއަދު ރައީސްކަމުގައި މިހުރި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް... އިތުރަށް ވިދާޅުވޭ
އިންޑިއާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރއާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވާލްއާއި ބައްދަލުކުރައްވައިފިއެވެ. ހޯމަ ދުވަހު އިންޑިޔާ ހައިކޮމިޝަންގައި އޮތް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އިންޑިއާ ކަނޑުގެ ސުލްޙައާއި ހަމަޖެހުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަސްވެރިކަންކުރަމުން... އިތުރަށް ވިދާޅުވޭ
ރައީސް ޔާމިންގެ އާލާސްކަންފުޅުގެ ވާހަކަ ދެކެވޭހިނދު، ނައިބު ރައީސް ޑޮކްޓަރ ޖަމީލު ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށުމަކީ ރައްޔިތުން ފުންކޮށް ވިސްނަންވެއްޖެ ކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމުގެ އާލާސްކަންފުޅުގެ ވާހަކަ ދެކެވޭހިނދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށުމަކީ ރައްޔިތުން ފުންކޮށް ވިސްނަން ވެއްޖެ ކަމެއްކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ 30 ނޮވެމްބަރ 2014 ވަނަ ދުވަހު “މިނިވަން ރޭޑިއޯ”... އިތުރަށް ވިދާޅުވޭ
ހުވަދޫ ރައްޔިތުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަލުން އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުއްވުމަކީ ޤާނޫނީ ނިޒާމަށް އިޙްތިރާމް ނުކުރެއްވުން – ރައީސް ނަޝީދު
ހުވަދު އަތޮޅުގެ ގިނަ ރައްޔިތުންތަކެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ބާތިލް މައްސަލައެއްކަމަށް ނިންމަވާފައިވަނިކޮށް އަލުން އެ މައްސަލް އެކޯޓުގައި ކުރިއަށްގެންދިއުމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުށަހެޅުއްވުމަކީ ޤަނޫނީ ނިޒާމަށާއި ކޯޓުގެ ހުރުމަތަށް އިހްތިރާމް ނުކުރެއްވުން ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ޑިމޮކްރަޓް ޔޫނިޔަންގެ ޕާޓީތަކުގެ ލީޑަރުންގެ... އިތުރަށް ވިދާޅުވޭ
ސައުތު ކޮރެއާގެ ރައީސާ އާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
އިންޓަރނޭޝަނަލް ޑެމޮކްރަޓް ޔޫނިއަންގެ 12 ވަނަ ޕާޓީ ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ސައުތު ކޮރެއާގެ ސޯލްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުތު ކޮރެއާގެ ރައީސާ ހަރ އެކްސެލެންސީ މެޑަމް ޕަކް ގްން ހެ އާއި ބައްދަލުކުރައްވައިފިއެވެ. ރައީސް ނަޝީދުގެ މި ބައްދަލުކުރެއްވުން އޮތީ ސައުތުކޮރެއާގެ ރައީސް އޮފީހުގައި ބޭއްވެވި ޚާއްސަ ފަރިއްކޮޅަށްފަހުގައެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ކަންކަމާގުޅޭ... އިތުރަށް ވިދާޅުވޭ
އިންޓަރނޭޝަނަލް ޑެމޮކްރަޓް ޔޫނިޔަންގެ ޕާޓީ ލީޑަރސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ސައުތު ކޮރެއާއަށް ފުރާވަޑައިގަންނަވައިފި
އިންޓަރނޭޝަނަލް ޑެމޮކްރަޓް ޔޫނިޔަންގެ ޕާޓީ ލީޑަރސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ސައުތު ކޮރެއާގެ ސޯލްއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ދުނިޔޭގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތަކުގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާގެ 2014 ވަނަ އަހަރުގެ ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުމުގެ ޗެއަރ އަކީ ސައުތުކޮރެއާގެ ވެރިކަން ކުރާ ސައެނޫރީ ޕާޓީއެވެ. މި ބައްދަލުވުމުގައި ސައުތު ކޮރެއާގެ ފަރާތުން އިންވެސްޓްމަންޓާއި އިޤްތިޞާދާ ގުޅޭ އަދި... އިތުރަށް ވިދާޅުވޭ
ޑރ.ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑާ ރައީސް މުޙައްމަދު ނަޝީދު ހަވާލުވެވަޑައިގަންނަވައިފި
ޑރ.ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑާ ރައީސް މުޙައްމަދު ނަޝީދު ހަވާލުވެވަޑައިގަންނަވައިފިއެވެ. އެެމެރިކާގެ ފްލޮރިޑގައި ކުރިއަށްދާ ބްލޫ އޯޝަންސް ފިލްމް ފެސްޓިވަލް އެންޑް ކޮންސަަރވޭޝަން ސަމިޓުގައި ރައީސް ނަޝީދާ މި އެވޯޑް ހަވާލުކޮށްދެއްވީ މިޝަން ބްލޫގެ ފައުނޑަރ އަދި ކޯ ޗެއަރ ޑރ. ސިލްވިއާ އަރލްއެވެ. ރައީސް ނަޝީދަށް މިޝަން ބްލޫގެ ފަރާތުން އެރުއްވި މި އެވޯޑަކީ އެމަނިކުފާނު ތިމާވެށި ހިމަޔަތްކުރެއްވުަމަށާއި... އިތުރަށް ވިދާޅުވޭ
2014 ވަނަ އަހަރުގެ ‘ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑް’ ރައީސް ނަޝީދަށް ދެއްވައިފި
‘ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑް’ ގެ ނަމުން ޙާއްސަވެފައިވާ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރައްވާ ލީޑަރުންނަށް ދެއްވަމުންގެންދަވާ އެވޯޑު 2014 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދަށް އެރުވުމަށް ނިންމަވާފިއެވެ. މިއީ ތިމާވެއްޓާއި ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ “މިޝަން ބްލޫ” ގެ ފަރާތުން ދެއްވާ އެވޯޑެކެވެ. މިއަހަރުގެ އެވޯޑު ރައީސް ނަޝީދަށް ދެއްވުމަށް ނިންމަވާފައިވަނީ އެމަނިކުފާނު ތިމާވެށި ހިމާޔަތްކުރެއްވުމަށާއި ދުނިޔޭގެ ތިމާވެއްޓަށް... އިތުރަށް ވިދާޅުވޭ
ތިމާވެށީގެ ދިރާސާތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަކީ މުހިއްމުކަމެއް – ރައީސް ނަޝީދު
ތިމާވެށީގެ ބޮޑެތި ދިރާސާތަކާއި މަޝްވަރާތަކުގައި ދިވެހިންގެ ބައިވެރިވުމާއި ހޯދުންތައް އިތުރުކުރުމަކީ މުހިއްމުކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުރީގެ ތިމާވެށީގެ މިނިސްޓަރ މުޙައްމަދު އަސްލަމް ޑެންމާކުގައި މިހާރު ހިނގަމުންދާ “އިމްޕެކްޓް 2 ސީ” ބައްދަލުވުމުގައި ހުށަހެޅުއްވި ދިރާސާ ކަރުދާހަށް... އިތުރަށް ވިދާޅުވޭ
އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުމުގައި ތިމާވެށީގެ ޚާއްސަ ޚިޠާބެއް ދެެއްވުމަށް ރައީސް ނަޝީދު ޖަޕާނަށް ފުރާވަޑައިގަންނަވައިފި
ޝަރުޢީ ދާއިރާގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ އަަހަރީ ބައްދަލުވުމުގެ ތިމާވެއްޓާ ގުޅޭ ޚާއްސަ ޚިޠާބު ދެއްވައި އެބައްދަލުވުން ޝަރަފްވެރިކޮށްދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ޖަޕާނަށް ފުރާވަޑައިގަންނަވައިފިއެވެ. މިޚިޠާބު ދެއްވުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2014 ވަނަ ދުވަހު ޖަޕާންގެ ވެރިކަން ކުރާ ޓޯކިޔޯގައެވެ. މި ބައްދަލުވުމުގެ އިފްތިތާޙީ ޖަލްސާގައި ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އޭބް އަދި... އިތުރަށް ވިދާޅުވޭ
