ޚާރިޖީ ވަޒީރުގެ ވާހަކަފުޅު ކުށްވެރިކުރުން
ރައީސް މުޙަންމަދު ނަޝީދުގެ ހައްޔަރުކުރުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކުން ކަންބޮޑުވުން ފައުޅުކުރުމާ ވިދިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އަންގާރަ ދުވަހު ފައުޅުކަން ބޮޑުގޮތެއްގައި ދެއްކެވީ ޙަޤީޤަތާ ޚިލާފު ވާހަކަތެއްކަން ރައީސް މުޙަންމަދު ނަޝީދުގެ އޮފީހުން ހިތަމަޔާއެކު ފާހަގަކޮށް ކުށްވެރިކުރަމެވެ. ރައީސް ނަޝީދަށް ޢާންމު އުސޫލުގެ މަތިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދީފައިވާނެކަމަށް އަންގާރަ ދުވަހު ދިވެހި... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދުގެ ގެކޮޅުގައި ބަންދު ކުރައްވައިގެން ކޯޓަށް ހާޒިރުކުރުމަށް އެދިވަޑައިގެންފި
ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅުގައި ބަންދު ކުރައްވައިގެން ކޯޓަށް ހާޟިރުކުރުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒަގެ އަރިހުގައި އެމަނިކުފާނުގެ ޤަނޫނީ ވަކީލުން އެދިވަޑައިގެންފިއެވެ. ރައީސް ނަޝީދުގެ ޤަނޫނީ ވަކީލު އަލްއުސްތާޛް ހަސަން ލަތީފް ސޮއި ކުރައްވައި ހޯމް މިނިސްޓަރ އަލްފާޟިލް އުމަރު ނަސީރަށް މިއަދު ފޮނުއްވެވި ސިޓީގައި ވިދާޅުވީ މިގޮތަށް އެދިވަޑައިގަންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ރައީސް ނަޝީދު ހުންނަވަނިކޮށް ފުލުހުންގެ... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދުގެ މައްސަލަ ބައްލަވާ 2 ފަނޑިޔާރުން އެމައްސަލަ ބެއްލެވުމުން ތަނާޒުލުވެ ވަޑައިގަތުމަށް އެދިވަޑައިގެންފި
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޕްރޮސިކިޔުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ 3 ފަނޑިޔާރުންގެ ތެރެއިން އަލްއުސްތާޛް އަބްދުﷲ ދީދީ އާއި އަލްއުސްތާޛް ޢަބްދުލްބާރީ ޔޫސުފް އަކީ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅަން ނިންމާފައިވާ ހެކިންގެ ތެރެއިން 2 ހެކިން ކަމުގައިވާތީ އެމައްސަލަ ބެއްލެވުމުން އެ 2 ފަނޑިޔާރުން ތަނާޒުލުވެ... އިތުރަށް ވިދާޅުވޭ
ހަވާއީގައި ބޭއްވޭ ޕްރީމޯ ކޮންފަރެންސްގައި ރައީސް ނަޝީދު ތަޤްރީރު ކުރައްވަނީ
އެމެރިކާގެ ހަވާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕެސިފިކް ރިސްކް މެނެޖްމަންޓް ކޮންފަރެންސް 2015 ގައި ރައީސް މުޙައްމަދު ނަޝީދު ތަޤްރީރުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިކޮންފަރަންސް އަކީ ތިމާވެއްޓާ، ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރު ދެނެގަނެ އެކަމާ ގުޅޭގޮތުން ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ހޯދައިދީ ސިޔާސަތުތައް ތަރައްޤީ ކުރުމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއެއް ކަމުގައިވާ ރެޑީ އޭޝިޔާ ޕެސިފިކް އަދި ޕްރީމޯ އިން އިންތިޒާމްކޮށްގެން... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ނޫސް ބަޔާން
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސިކިޔުޓަރ ޖެނެރަލް އުފުއްލަވާފައިވާ ޖިނާޢީ ދައުވާ އަނބުރާ ގެންދަވާފައިވާތީ، އެކަމާގުޅޭ ގޮތުން 18 ފެބްރުއަރީ 2015 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ޕްރޮސިކިޔުޓަރ ޖެނެރަލްއަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، އިސްލާމީ ޝަރީޢަތާއި، މިނިވަން ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ހަމަތަކަށް ބަލާއިރު،... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުންގެ ނޫސް ބަޔާން
ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ ދަށުން ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ހައިކޯޓުން މިއަދު ނިންމެވި ނިންމެވުމަކީ އެކޯޓުން ހަމަ މިމައްސަލާގައި މީގެ ކުރިން ނިންމެވި ނިންމެވުމާ ސީދާ އިދިކޮޅު ނިންމެވުމެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައިވަނީ ބެލެނިވެރިކަމުގެ އިޙްތިޞާޞްދެ ސަށުން މަތީ މަރުޙަލާގެ ކޯޓުތަކުން... އިތުރަށް ވިދާޅުވޭ
ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ނޫސް ބަޔާން
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާޢީ ދައުވާ ކުރިއަށް ނުގެންދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް ގޮވާލައްވައި، އެމައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރީޢަތްކުރާނެ ޖާގަ ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އަދި އެ ދަޢުވާ ޕްރޮސެކިޔުޓަރ ޖެނެރަލް އަނބުރާ ގެންދެވުމަށް އިލްތިމާސް ދަންނަވާފައިވާތީ އެކަމަށް މަރުހަބާ ދަންނަވަމެވެ. މިނިވަން ކަމާއެކު ފިކުރުކުރުމާއި، އިސްލާމް... އިތުރަށް ވިދާޅުވޭ
ހައިކޯޓުގެ ޝަރީޢަތް ދޮޅުމަސްދުވަހުގެ މުއްދަކަށްފަހު ފެއްޓެވުމަށް އެދިވަޑައިގެންފި
ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުއްވި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތް ހިންގުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗް އެކުލަވާލާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމުގެ މައްސަލައިގެ ޝަރީޢަތާ ގުޅިގެން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން މުހިއްމު ދިރާސާތަކެއް ކުރައްވުމަށް ބޭނުންފުޅުވާތީ، ½1 މަސް ދުވަހުގެ މުއްދަތަކަށްފަހު ޝަރީޢަތުގެ އަޑުއެހުންތައް ފެއްޓެވުމަށް... އިތުރަށް ވިދާޅުވޭ
ރައީސް ސިރިސެނާގެ އަރިހަށް ރައީސް ނަޝީދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އިންތިޚާބުވެވަޑައިގެންނެވި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ރައީސް މުޙައްމަދު ނަޝީދު ކުރައްވައިފިއެވެ. ލަންކާގެ ރައީސް ސިރިސޭނައައާ ރައީސް ނަޝީދު ބައްދަލުކޮށްލެއްވީ މިއަދު ހެނދުނު ސްރީލަންކާގެ ރައީސް އޮފީހުގައެވެ. ލަންކާގެ އިންތިޚާބު އަމާންކަމާ އެކު ބޭއްވި ސުލްޙަވެރިގޮތުގައި ސަރުކާރުގެ ހިންގުން ބަދަލުވެގެން ދިޔަކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ލަންކާގެ އާސަރުކާރަށް މަރުހަބާ... އިތުރަށް ވިދާޅުވޭ
ޤާނޫނު އަސާސީ ނެގެހެއްޓެވުމުގައި ޑީއާރުޕީއަކީ މުހިއްމު ބައިވެރިއެއް – ރައީސް ނަޝީދު
ޤާނޫނު އަސާސީ ނެގެހެއްޓުމުގައި ސިޔާސީ ޕާޓީތަކުން އެކުވެރިވެ އެއްބާރުލެއްވުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމުގައި ޑީއާރުޕީގެ ނަން ވިދާޅުނުވެވިވާތީ އެޕާޓީގެ ރައީސް އެކަން ފާހަގަ ކުރައްވައި ގުޅުއްވާފައިވާތީ އެކަން އެއީ ޤަސްދުގައި ހިނގިކަމެއްނޫންކަން ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ. ރައީސް ނަޝީދުވަނީ އެކަން ފާހަގަކުރައްވައި ޑީއާރުޕީގެ ލީޑަރ މުޙައްމަދު ނަޝީދުއަށް ފޯނު ކުރައްވައި ޤާނޫނު އަސާސީ ނެގެހެއްޓެވުމަށް ޑީއާރުޕީއަކީވެސް ވަރަށް... އިތުރަށް ވިދާޅުވޭ
އާސަރުކާރާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު ސްރީލަންކާއަށް މިއަދު ފުރާވަޑައިގަންނަވާނެ
2015 ޖަނަވަރީ 9 ވަނަ ދުވަހު ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އިންތިޚާބުވެވަޑައިގެންނެވި އާސަރުކާރާ ބައްދަލުކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ކޮލޮމްބޯއަށް ފުރާވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވާނެއެވެ. ހުކުރުދުވަހު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެއްވުމާއެކު ރައީސް ނަޝީދުވަނީ ފޯނުން ގުޅުއްވައި ޔުނައިޓެޑް ނެޝަންލް ޕާޓީގެ ލީޑަރ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް... އިތުރަށް ވިދާޅުވޭ
ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭ ޚަރަދުތައް އޮޅުން ފިލުމަކީ ރައްޔިތުންގެ ޙައްޤެއް – ރައީސް ނަޝީދު
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް ކުރެވޭ އެންމެހައި ޚަރަދުތަކުގެ ތަފްޞީލް އޮޅުން ފިލުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމިންއަމިއްލަފުޅު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ގިނަވެ އަދި އެދަތުރުފުޅުތަކުގެ ތަފްޞީލް ރައްޔިތުންނަށް ހާމަނުކުރައްވާކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ ޓެކްސްއިން ދައުލަތުގެ ބަޖެޓަށް ލިބޭ... އިތުރަށް ވިދާޅުވޭ
