އަޅުގަނޑުމެންގެ ވެރިކަމުގެ 5 އަހަރު ތެރޭގައި، އައްޑޫ ސިޓީގެ އުފެއްދުންތެރިކަން ދެގުނަ ކޮށްދެއްވާނެކަމަށް، ރައީސް ނަޝީދު ވިދާޅުވެއްޖެ
އަޅުގަނޑުމެންގެ ވެރިކަމުގެ 5 އަހަރު ތެރޭގައި، އައްޑޫ ސިޓީގެ އުފެއްދުންތެރިކަން ދެގުނަ ކޮށްދެއްވާނެކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، “އެމްޑީޕީ އެއްބުރުން” މިނަމުގައި އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ބޭއްވި ޤައުމީ ފެންވަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު... އިތުރަށް ވިދާޅުވޭ
ރައީސް ނަޝީދު އައްޑޫ ސިޓީއަށް މިއަދު ވަޑައިގަންނަވައިފި
“އެމްޑީޕީ އެއްބުރުން” ޤައުމީ ފެންވަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އައްޑޫ ސިޓީއަށް މިއަދު ވަޑައިގަންނަވައިފިއެވެ. އައްޑޫ ސިޓީ ގަމުގެ ވައިގެ ބަނދަރުން އެމަނިކުފާނަށް ވަރަށް ގިނަ ބަޔަކު ވަނީ މަރުޙަބާ ދަންނަވާފައެވެ. އައްޑޫ ސިޓީއަށް އެމަނިކުފާނު މިކުރައްވާ ދަތުރުފުޅުގައި، އެސިޓީގެ ބައެއް ރަށްރަށުގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ޙަރަކާތްތައް ކުރިއަށް... އިތުރަށް ވިދާޅުވޭ
ވާދަވެރި ފަރާތްތަކުން އިއްތިހާދު ވަނީ ވެރިންނާ އެކު ކަމަށާއި އަޅުގަނޑުމެންގެ އިއްތިހާދަކީ ރައްޔިތުންކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ
ވާދަވެރި ފަރާތްތަކުން އިއްތިހާދު ވަނީ ވެރިންނާ އެކު ކަމަށާއި އަޅުގަނޑުމެންގެ އިއްތިހާދަކީ ރައްޔިތުންކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ ޤައުމީ ފެންވަރުގެ ” އެމްޑީޕީ އެއްބުރުން” ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އިއްތިޙާދުގެ ވާހަކަ ރިޔާސީ ނިޒާމެއްގައި ނުދެއްކޭނެކަމަށާއި ރިޔާސީ ނިޒާމެއްގައި އިއްތިހާދު ހަދާ... އިތުރަށް ވިދާޅުވޭ
ފުވައްމުލަކާއި އައްޑޫ ސިޓީގައި ގައި އެމްޑީޕީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ފެންވަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފުވައްވުލަކަށް ވަޑައިގެންފި
ފުވައްމުލަކާއި އައްޑޫ ސިޓީގައި އެމްޑީޕީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ފެންވަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފުވައްވުލަކަށް ވަޑައިގެންފިއެވެ. މިއަދު ހަވީރު، ފުވައްވުލަކަށް ރައީސް ނަޝީދު ވަޑައިގަތުމުން، އެރަށުގެ އެތައް ހާސްބަޔަކު ފުވައްމުލަކު އެއަރޕޯޓުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިމަހުގެ 23 ވަނަ ދުވަހު... އިތުރަށް ވިދާޅުވޭ
ގަލޮޅު ދެކުނު ދާއިރާގެ “ވަޢުދާ ހިނގުން” ރައީސް މުޙަންމަދު ނަޝީދު މިއަދު ފައްޓަވައިދެއްވައިފި.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއާ ގުޅުވައިގެން އެމްޑީޕީއިން ކުރިއަށް ގެންދާ “ވަޢުދާ ހިނގުން”, ގަލޮޅު ދެކުނު ދާއިރާގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފައްޓަވައިދެއްވައިފިއެވެ. ގަލޮޅު ދެކުނު ދާއިރާގެ “ވަޢުދާ ހިނގުން” ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު ގަލޮޅު ހިލްމަންގައި ބޭއްވި ރަސްމިއްޔާތަކަށްފަހުގައެވެ. “ވަޢުދާ ހިނގުމުގެ” ޕްރޮގްރާމްގެ ދަށުން ރައީސް ނަޝީދު ގަލޮޅު ދެކުނު ދާއިރާގެ... އިތުރަށް ވިދާޅުވޭ
އޮސްޓްރޭލިޔާ ސަފީރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޮބިން މުޑީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. މިއަދު ހެނދުނު އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙްގައި މިހާރު ހިނގަމުންދާ ކަންކަމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އެމްޑީޕީގެ ވެރިކަން ބަދަލުވި... އިތުރަށް ވިދާޅުވޭ
“ދި އައިލެންޑް ޕްރެޒިޑެންޓް” ދިވެހި ސަބްޓައިޓްލްސް އާއި އެކު ރައީސް މުޙަންމަދު ނަޝީދު ލޯންޗްކޮށްދެއްވައިފި
މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ލިބެމުން އަންނަ ގެއްލުން ދައްކުވައިދޭ “ދި އިލެންޑް ޕްރެޒިޑެންޓް” ދިވެހި ސަބްޓައިޓްލްސް އާއިއެކު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ރޭ ލޯންޗްކޮށްދެއްވައިފިއެވެ. “ދި އައިލެންޑް ޕްރެޒިޑެންޓް” ގެ ދިވެހި ސަބްޓައިޓްލް ވަރޝަން، ރައީސް ނަޝީދު ލޯންޗްކޮށްދެއްވުން އޮތީ، ރޭ “ރާއްޖެ ޓީވީ” ގެ ފަރާތުން... އިތުރަށް ވިދާޅުވޭ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީގެ ދެ ރަށަކަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު އެނބުރި މާލެ ވަޑައިގަންނަވައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީގެ ދެ ރަށަކަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އެރަށު ކެނދިކުޅުދޫއަށެވެ. ކެނދިކުޅުދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ހިންގުމުގެ އެމްޑީޕީ ސިޔާސަތު ޤައުމީ ފެންވަރުގައި އެރަށުގައި އިފްތިތާޙްކޮށްދެއްވާފައެވެ.... އިތުރަށް ވިދާޅުވޭ
ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށްލާ ކޮންމެ ކަމަކީ ބަޣާވާތެއް – ރައީސް ނަޝީދު
ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށްލާ ހަމަ ކޮންމެ ކަމަކީ ބަޣާވާތެއްކަމަށާއި އެއީ ޑިމޮމޮކްރަސީއާ ދެކޮޅަށް ހިންގޭ އިދިކޮޅު އަމަލެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫގައި ބޭއްވި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. އަދި ޑިމޮކްރަސީއެއްގައި ވޯޓު ވިއްކުމާއި ރިޝްވަތު ހިފުމުގެ މައުޟޫޢުގައި... އިތުރަށް ވިދާޅުވޭ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫއަށް މިއަދު ވަޑައިގަންނަވައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. އެމްޑީޕީއިން ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން މިއަދު ރައީސް ނަޝީދު ވެލިދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ވެލިދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ އަދި އެމްޑީޕީގެ ސަޕޯޓަރުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ.... އިތުރަށް ވިދާޅުވޭ
ދިވެހި ސިފައިންނަށް މިއަދު ގެއްލިފައިވާ ހައްޤު މަޤާމު، އެމްޑީޕީ ވެރިކަމަށް އައިސް އަލުން އަނބުރާ ހޯއްދަވައިދެއްވާނެކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ
ދިވެހި ސިފައިންނަށް މިއަދު ގެއްލިފައިވާ ހައްޤު މަޤާމު، އެމްޑީޕީ ވެރިކަމަށް އައިސް އަލުން އަނބުރާ ހޯއްދަވައިދެއްވާނެކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި އޮތް އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އެތައް ޒަމާނަކަށް ދިގު ދެމިގެން ގޮސްފައިވާ ސިފައިންގޭގެ... އިތުރަށް ވިދާޅުވޭ
ދިވެހިރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑު ފަޅު ގޮވާންކުރުމުގެ 60 މަޝްރޫޢު ހިންގިއްޖެނަމަ، 5 އަހަރު ތެރޭގައި ރާއްޖެއަށް އާމްދަނީގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެއްވޭ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ
ދިވެހިރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑު ފަޅު ގޮވާންކުރުމުގެ 60 މަޝްރޫޢު ހިންގިއްޖެނަމަ، 5 އަހަރު ތެރޭގައި ރާއްޖެއަށް އާމްދަނީގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެއްވޭ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް މިލަދުންމަޑުލު ދެކުނުބުރީ... އިތުރަށް ވިދާޅުވޭ
